Roadha Mihaaru
މާލެ އާއި ކާޑެއްދޫއާ ދެމެދު ފްލައިމީގެ ދަތުރުތަކެއް

މާލެ އާއި ކާޑެއްދޫއާ ދެމެދު ފްލައިމީގެ ދަތުރުތަކެއް

15 ނޮވެމްބަރ 2016

ވިލާ އެއާ އިން އޮޕަރޭޓްކުރާ ފްލައިމީ އިން ޖެނުއަރީ މަހުގެ ނިޔަލަށް މާލެ އާއި ގދ. ކާޑެއްދޫއާ ދެމެދު ކުރުމަށް ހަމަޖެހިފައިވާ ދަތުރުތަކެއް އިއްޔެ ފަށައިފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ވިލާ އެއާ އިން އޮޕަރޭޓްކުރާ ފްލައިމީ އިން ޖެނުއަރީ މަހުގެ ނިޔަލަށް މާލެ އާއި ގދ. ކާޑެއްދޫއާ ދެމެދު ކުރުމަށް ހަމަޖެހިފައިވާ ދަތުރުތަކެއް އިއްޔެ ފަށައިފި އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ވިލާ އެއާ އިން ނެރުނު ބަޔާނެއްގައި ބުނީ ސީޒަނަލް މި ދަތުރުތައް ޖެނުއަރީ މަހުގެ ނިޔަލަށް ކުރާއިރު މާލެއިން ފުރާނީ ކޮންމެ ދުވަހަކު ހެނދުނު 8:00 ގައި ކަމަށެވެ. ކާޑެއްދޫ އިން ފުރާ ގަޑިއަކީ ހެނދުނު 9:40 އެވެ.

ފްލައިމީގެ ބޯޓަށް ކާޑެއްދޫ އެއާޕޯޓުން އިއްޔެ މީހުން އަރަން ތައްޔާރުވަނީ: ފްލައިމީން މިހާރު ވެސް ހަފުތާ އަކު ކޮންމެ ދުވަހަކު އދ. މާމިގިއްޔާއި ބ. ދަރަވަންދޫ އަށް ޝެޑިއުލް ފްލައިޓުތައް ބާއްވާ. -- ފޮޓޯ: ވިލާ އެއާ

ވިލާ އެއާ އިން ބުނި ގޮތުގައި އެ ކުންފުނިން ހިންގާ ކާޑެއްދޫ އެއާޕޯޓަށް ކުރާ ދަތުރުތަކަށް ހާއްސަ އަގެއްގައި ޓިކެޓު ލިބޭނެ އެވެ. އެގޮތުން، 888ރ. އަށް ކާޑެއްދޫ އަށް ޓިކެޓު ވިއްކާ އިރު، އެ އަތޮޅު މަޑަވެލި، ހޯޑެއްދޫ އަދި ތިނަދޫ އަށް ދާން ބޭނުންވާ މީހުންނަށް ފެރީ ޓިކެޓާ އެކު 1010ރ. އަށް ޓިކެޓު ލިބެން ހުންނާނެ ކަމަށް ވެސް ބުންޏެވެ.

ފްލައިމީން މިހާރު ވެސް ހަފުތާ އަކު ކޮންމެ ދުވަހަކު އދ. މާމިގިއްޔާއި ބ. ދަރަވަންދޫ އަށް ޝެޑިއުލް ފްލައިޓުތައް ބާއްވަ އެވެ. މި ދަތުރުތަކަށް އެ އެއާލައިނުން ބޭނުން ކުރަނީ 68 ފަސިންޖަރުންގެ ޖާގައިގެ 500-72 ATR ގެ ދެ މަތިންދާބޯޓެވެ.