Roadha Mihaaru
ލެގޯއިން ކަސްޓަމައިޒް ކޮށްލެވޭ އެޑިޑާސްގެ ބޫޓެއް

ލެގޯ ބްރިކްސްއިން ކަސްޓަމައިޒް ކޮށްލެވޭ އެޑިޑާސް ބޫޓެއް ނެރެފި

09 އެޕްރީލް 2021

މަޝްހޫރު ކުންފުނި އެޑިޑާސްގެ ބޫޓެއް ލެގޯ ބްރިކްސް އިން ކަސްޓަމައިޒްކޮށްލެވޭ ގޮތަށް ހަދައި، ބުރާސްފަތި ދުވަހު ވިއްކަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަޝްހޫރު ކުންފުނި އެޑިޑާސްގެ ބޫޓެއް ލެގޯ ބްރިކްސް އިން ކަސްޓަމައިޒްކޮށްލެވޭ ގޮތަށް ހަދައި، ބުރާސްފަތި ދުވަހު ވިއްކަން ފަށައިފި އެވެ.

"އެޑިޑާސް އަލްޓްރާބޫސްޓް ޑީއެންއޭ އެކްސް ލެގޯ ޕްލޭޓްސް" ގެ ނަން ދީފައިވާ މި ބޫޓަކީ މިދިޔަ އަހަރު ލެގޯ އާއި އެޑިޑާސްއާ ގުޅިގެން އުފެއްދުންތަކެއް ގެނެސްދޭން ހެދި އެއްބަސްވުމުގެ ދަށުން މި އަހަރު ނެރުނު ފުރަތަމަ އުފެއްދުމެވެ.

އަލަށް ނެރުނު ބޫޓްގައި ދެ ކުންފުނީގެ ލޯގޯ ވެސް ހިމަނާފައިވާ އިރު، ބޫޓުގައި ލެގޯ ބްރިކްސް އިން ކަސްޓަމައިޒްކޮށްލެވޭ ގޮތަށް އިންނަނީ ބޫޓް ކިބައިގެ އަރިމަތިން ހިމަނާފައި އިންނަ އެތެރެ ފެންނަ ޕްލާސްޓިކް ތިން ސްލޮޓެއްގަ އެވެ. އެ ސްލޮޓްތަކުގެ ތެރެއަށް ލެގޯ ބްރިކްސް ލެވޭނެ އެވެ. މިގޮތަށް ބޫޓު ކަސްޓަމައިޒްކޮށްލައި، އިތުރު ފުރިހަމަކަމެއް ގެންނަ އިރު، އެ މީހަކު ބޭނުންވާ ކުލަތަކެއް ހިމަނައިގެން ލެގޯ ބްރިކްސް ބޫޓް ކަސްޓަމައިޒްކޮށްލެވޭނެ އެވެ. އެ ވަގުތެއްގެ މޫޑާއި ހާލަތާ ގުޅޭ ކުލައަކުން ވެސް ބޫޓް ލެގޯ ކަސްޓަމައިޒްކޮށްލެވުމަކީ ތަފާތު ކަމަކަށް ވާނެ އެވެ.

"އެޑިޑާސް އަލްޓްރާބޫސްޓް ޑީއެންއޭ އެކްސް ލެގޯ ޕްލޭޓްސް" މިހާރު އެޑިޑާސްގެ ވެބްސައިޓުން ވިއްކަނީ 200 ޑޮލަރު (3،092ރ.) އަށެވެ.

އެޑިޑާސް އާއި ލެގޯ އަކީ ކުރިން ވެސް ގުޅިގެން މަސައްކަތްކޮށްފައިވާ ދެ ކުންފުންޏެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހެދި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރު އުފެއްދުންތައް ނެރޭނެ އެވެ.

އޭގެ ތެރޭގައި ކުޑަކުދިންނަށް ހާއްސަ އުފެއްދުންތައް ވެސް ހިމެނޭނެ އެވެ. މިދިޔަ އަހަރު ވެސް ބައެއް އުފެއްދުންތައް ނެރެފައިވެ އެވެ.