މީގެ ދެ އަހަރު ކުރިން މަރުވި ޖަރުމަންގެ މަޝްހޫރު ފެޝަން ޑިޒައިނަރު ކާލް ލެގަފެލްޑްގެ ވާހަކަ ކިޔައިދޭ ސީރީޒެއް ޑިޒްނީ ޕްލަސް އަށް ގެންނަން ނިންމައިފި އެވެ.
02 ސެޕްޓެމްބަރ 2021
މީގެ ދެ އަހަރު ކުރިން މަރުވި ޖަރުމަންގެ މަޝްހޫރު ފެޝަން ޑިޒައިނަރު ކާލް ލެގަފެލްޑްގެ ވާހަކަ ކިޔައިދޭ ސީރީޒެއް ޑިޒްނީ ޕްލަސް އަށް ގެންނަން ނިންމައިފި އެވެ.
ފެޝަންގެ ދުނިޔޭގައި އެންމެ ނުފޫޒު ގަދަ ޑިޒައިނަރުންގެ ތެރޭގައި ހިމެނުނު ކާލް އުމުރުން 85 އަހަރުގައި މަރުވީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
ސްޓާ އޮރިޖޮނަލްގެ ތައްގަނޑުގައި ހަދަން ނިންމާފައިވާ ސީރީޒްގައި ކާލްގެ ކެރިއަރުގެ އުސްއަލިތައް 1972 އިން ފެށިގެން މަރުވުމާ ހަމައަށް ސީރިޒްގައި ކިޔައިދޭނެ އެވެ. ކާލް އަކީ ފްރާންސްގެ މަޝްހޫރު ފެޝަން ބްރޭންޑް، ޝެނެލްގައި 1983 އިން ފެށިގެން ކްރިއޭޓިވް ޑިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރި މީހެކެވެ.
އޭނާގެ ސީރީޒް ހަދަން ނިންމާފައި ވަނީ ކާލްއާ ބެހޭ ގޮތުން ލިޔުންތެރިޔާ ރަފޭލް ބެކީ މިދިޔަ އަހަރު ނެރުނު ބައޮގްރަފީ "ކެއިޒާ ކާލް: ދަ ލައިފް އޮފް ކާލް ލެގަފެލްޑް" އަށް ބިނާކޮށެވެ.
މި ޕްރޮޖެކްޓާ ބެހޭ ގޮތުން ޑިޒްނީގެ ޕްރެޒިޑެންޓް ޖެން ކޮއެޕެން ވިދާޅުވީ ވަރަށް ވެސް ފުރިހަމަ އަށް ކާލްގެ ވާހަކަ އަށް ސީރީޒްގައި އިންސާފުކޮށްދޭނެ ކަމަށެވެ.
"މިއީ މިހާތަނަށް ކާލްއާ ބެހޭ ގޮތުން އެންމެ ފުރިހަމަ އަށް ގެނެސްދޭ އުފެއްދުމަށް ވާނެ. އަދި އަހަރެމެން ގަބޫލުކުރަނީ ފެޝަނުގެ ދުނިޔޭގައި ކާލް ހުރި މަސައްކަތްތަކަށް ހައްގުވާ ކްރެޑިޓް މި ސީރީޒްގެ ސަބަބުން އޭނާ އަށް ދެވިގެން ދާނެ ކަމަށް." އޭނާ ވިދާޅުވި އެވެ.
ސީރީޒްގެ ތައްޔާރީތައް ވަމުން ދިޔަ ނަމަވެސް އޭގައި ކާލްގެ ރޯލު ކުޅޭނެ މީހަކާއި މީގެ ޑައިރެކްޓަރާއި ބެލުންތެރިންނަށް ސީރީޒް ދޫކޮށްލާނެ އިރެއް އަދި ހާމައެއްނުކުރެ އެވެ. އެކަމަކު ބެލެވެނީ އަންނަ އަހަރު އެ ގެނެސްދޭނެ ކަމަށެވެ.
"ބްލެކް ޕެންތާ" ގެ ނަމުގައި ސްކޮލަޝިޕެއް
މައިކަލް ޝޫމާކާގެ ވާހަކަ ނެޓްފްލިކްސް އަށް
ހޫގޯ ބޮސްގެ ގްލޯބަލް އެމްބެސެޑަރަކަށް ހެމްސްވޯތު
މަސާބާއަށް އަންހެން ކުއްޖަކު ލިބިއްޖެ
ބޮލީވުޑްގެ ވަރުގަދަ ކާސްޓަކާ އެކު "ދަ ރޯޔަލްސް"
އުރްފީ އާއި އޭނާގެ އާއިލާގެ ދިރިއުޅުން ދައްކާ ޝޯއެއް
ކާންސްގައި އައިޝްވާރިޔާ ލީ ހެދުންތަކަށް ސަމާލުކަން
މިފަހަރުގެ މެޓް ގާލާގައި ވިދާލީ ޒެންޑާޔާ އާއި ޖީޖީ
ޑެޕް އަލުން ޑިޒްނީ އަށް؟
ކިމް މެޓްގާލާ އަށް ލީ ހެދުން ހަލާކުވެއްޖެ