ށ. ގޮއިދޫގައި އިޔާދަ ކުރަނިވި ހަކަތަ އިން ދިއްލޭ ބައްތި ހަރުކުރުމަށް ބީއެމްއެލުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
08 އެޕްރީލް 2021
ށ. ގޮއިދޫގައި އިޔާދަ ކުރަނިވި ހަކަތަ އިން ދިއްލޭ ބައްތި ހަރުކުރުމަށް ބީއެމްއެލުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
"އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑު ޕްރޮޖެކްޓްގެ ދަށުން ގޮއިދޫގެ ޕާކުތަކާއި ޕިކްނިކް ސަރަހައްދަށް ދިއުމަށް ބޭނުންކުރާ މައި މަގުގެ ދެ ކިލޯމީޓަރުގެ ސަރަހައްދެއްގައި 50 ބައްތި ވަނީ ހަރުކޮށްފަ އެވެ.
މި ޕްރޮޖެކްޓު ހިންގަން ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅީ ގޮއިދޫގެ އިބްރާހިމް ނިޝާމް އަހުމަދު އެވެ.
އޭނާ ބުނިގޮތުގައި، ޕްރޮޕޯސަލް ހުށަހެޅީ ރޭގަނޑު އެ ސަރަހައްދު އަދިރިކޮށް އޮތުމުން ދަތިތަކާ ދިމާވާތީ އެވެ. މި ޕްރޮޖެކްޓުގެ އަމަލީ ހުރިހާ މަސައްކަތެއްގައި ރަށުގެ ޒުވާނުން ބައިވެރިވި ކަމަށް އޭނާ ބުންޏެވެ.
"މީގެ ކުރިން މި ސަރަހައްދުގައި އެއްވެސް ލައިޓެއް ނުހުރޭ. މި ޕްރޮޖެކްޓްގެ ސަބަބުން މި ރަށުގެ ދަނޑުވެރިންނާއި ފަންވިޔާ ފަރާތްތަކާއި ކަނަމަދު އެއްކޮށް އެކަމުގެ މަސައްކަތްކުރާ ފަރާތްތަކާއި ފަތިހާއި ރޭގަނޑު ކަސްރަތަށް މި މަގު ބޭނުންކުރާ ފަރާތްތަކަށާއި ޕާކުތަކާއި ޕިކްނިކްދާ މީހުންނަށް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ،" ނިޝާމް ބުންޏެވެ.
ބީއެމްއެލުން ވަނީ ކޮމިއުނިޓީ ފަންޑުގެ ދަށުން ހދ. ކުމުންދޫގެ މަގު ބައްތިތައް ސޯލާ ބައްތިތަކަށް ބަދަލުކޮށް، އަލަށް މީހުން އާބާދުވަމުންދާ ސަރަހައްދުގެ ބޮޑު މަގުގެ ބައްތިތައް އިޔާދަ ކުރަނިވި ހަކަތަ އިން ދިއްލޭ ބައްތިތަކަށް ބަދަލުކޮށްފަ އެވެ.
ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ފިޔަވައްސަކު ފަސް ޕްރޮޖެކްޓަކަށް ބޭންކުން އެހީތެރިކަން ފޯރުކޮށްދެ އެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް އެދުމުގެ ފުރުސަތު!
ބީއެމްއެލްގެ އެހީ ފުވައްމުލަކު ލައިބްރަރީ އަށް
ބީއެމްއެލްގެ ފަންޑުން އިތުރު ރަށްރަށަށް އެހީވަނީ
ބީއެމްއެލުން އާކަށް 60،000ރ. ދީފި
ބީއެމްއެލް އިން 60 މީހަކަށް ވީލްޗެއާ ހަދިޔާކޮށްފި
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން ފަސް ރަށަކަށް އެހީވަނީ
ބީއެމްއެލުން އިހަވަންދޫގެ 4 މީހަކަށް ވީލްޗެއާ ދީފި
ރަށްރަށަށް ބީއެމްއެލްގެ އެހީ އިތުރުކުރަން ނިންމައިފި
ބީއެމްއެލް އިން ކެންސަ ސޮސައިޓީ އަށް 30،000ރ
އަހަރެންގެ ބޭންކް: ބީއެމްއެލް އިން ދިވެހިންނާ ގާތަށް