ބީއެމްއެލްގެ "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑުގެ ދަށުން ފުވައްމުލަކުގައި އަލަށް ހުޅުވި ލައިބްރަރީ އަށް ފޮތް ހަދިޔާ ކޮށްފި އެވެ.
17 އެޕްރީލް 2021
ބީއެމްއެލްގެ "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑުގެ ދަށުން ފުވައްމުލަކުގައި އަލަށް ހުޅުވި ލައިބްރަރީ އަށް ފޮތް ހަދިޔާ ކޮށްފި އެވެ.
އެ ބޭންކުން ބުނީ، މި ޕްރޮޖެކްޓުގެ ދަށުން އެ ސިޓީގެ ލައިބްރަރީ އަށް 400 އަށް ވުރެ ގިނަ ފޮތް ހަދިޔާކުރި ކަމަށެވެ. އޭހެ ތެރޭގައި ހުރިހާ އުމުރުފުރާއަކާ ގުޅޭ ފޮތްތައް ހިމެނެ އެވެ. އިނގިރޭސި، ދިވެހި އަދި ދީނީ ފޮތްތަކުގެ އިތުރުން އޭލެވެލުން މަތީގެ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ހަދިޔާކުރި ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
މި ޕްރޮޖެކްޓު ކާމިޔާބުކުރި ފާތިމަތު ރަޝީދު ބުނިގޮތުގައި، ފުވައްމުލަކުގައި މިހާތަނަށް ލައިބްރަރީއެއް ނެތުމުން އެ ސިޓީގައި ކިޔަވާ ދަރިވަރުންނަށް ދަތިތަކާ ދިމާވެ އެވެ. ނަމަވެސް ބީއެމްއެލްގެ އެހީގައި ފޮތްތައް ލިބި، ފުވައްމުލަކުގެ ކުދިންނަށް ކިޔެވުމުގައި މިހާރު އިތުރު މައުލޫމާތު ހޯދަން ފަސޭހަވާނެ ކަމަށް އޭނާ ބުންޏެވެ.
"މި ރަށުގައި 2،464 ދަރިވަރުން ދަނީ އެކި ގްރޭޑް ތަކުގައި ކިޔަވަމުން. އަދި ކޮލެޖް ކެމްޕަހުގައި ވެސް 500 އަށް ވުރެ ގިނަ ދަރިވަރުން ދަނީ ކިޔަވަމުން. ރަށުގައި ލައިބްރަރީއެއް ނުވަތަ ރަނގަޅު ފެންވަރުގެ ފޮތް ވިއްކާ ފިހާރައެއް ނެތުމުގެ ސަބަބުން ގިނަ ކުދިން ކިޔެވުމުގެ މާހައުލުގައި ބޭނުންވާ އިތުރު މައުލޫމާތު ހޯދައި، ދެނެގަތުމަށް ފޮތް ކިޔުމުގެ ފުރުސަތު ނުލިބޭ،" ފާތިމަތު ބުންޏެވެ.
"އެހެން ކަމުން އަޅުގަނޑުގެ އަމާޒަކަށް ވީ މި ފުރުސަތު ހުރިހާ ކުދިންނަށް ވެސް ފަހިކޮށްދިނުން."
"އަހަރެންގެ ބޭންކް ކޮމިއުނިޓީ" ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޕޯސަލްތަކެކެވެ. މި ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ކުއާޓަރެއްގައި ފަސް ޕްރޮޕޯސަލް ހޮވައި އެ ޕްރޮޖެކްޓަށް ކޮމިއުނިޓީ ފަންޑުން އެހީތެރިކަން ފޯރުކޮށްދެ އެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް އެދުމުގެ ފުރުސަތު!
ބީއެމްއެލްގެ އެހީ ގޮއިދު އަށް
ބީއެމްއެލްގެ ފަންޑުން އިތުރު ރަށްރަށަށް އެހީވަނީ
ބީއެމްއެލުން އާކަށް 60،000ރ. ދީފި
ބީއެމްއެލް އިން 60 މީހަކަށް ވީލްޗެއާ ހަދިޔާކޮށްފި
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން ފަސް ރަށަކަށް އެހީވަނީ
ބީއެމްއެލުން އިހަވަންދޫގެ 4 މީހަކަށް ވީލްޗެއާ ދީފި
ރަށްރަށަށް ބީއެމްއެލްގެ އެހީ އިތުރުކުރަން ނިންމައިފި
ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމް ފުވައްމުލަކަށް
ބީއެމްއެލް އިން ކެންސަ ސޮސައިޓީ އަށް 30،000ރ