Roadha Mihaaru
އަފްރާހު: ފުދުންތެރި ބަޔަކަށް ހަދައިދޭނެ

އަފްރާހު: ފުދުންތެރި ބަޔަކަށް ހަދައިދޭނެ

09 އެޕްރީލް 2021

ރިސޯޓް ދާއިރާގައި މަސައްކަތް ކުރެއްވުމަށްފަހު މުހައްމަދު އަފްރާހު 2017 ވަނަ އަހަރު ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތީ އަތޮޅަށް ހިދުމަތްކުރުމުގެ ބޭނުމުގަ އެވެ. އެކަމަކު ލާމަރުކަޒީ ނިޒާމު އޭރު އޮތްގޮތުންނާއި ބާރުތައް ލިބިފައި ނެތުމުން، ބ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި މި ވަގުތު ހުންނެވި އަފްރާހަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނެވެ.

ރިސޯޓް ދާއިރާގައި މަސައްކަތް ކުރެއްވުމަށްފަހު މުހައްމަދު އަފްރާހު 2017 ވަނަ އަހަރު ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތީ އަތޮޅަށް ހިދުމަތްކުރުމުގެ ބޭނުމުގަ އެވެ. އެކަމަކު ލާމަރުކަޒީ ނިޒާމު އޭރު އޮތްގޮތުންނާއި ބާރުތައް ލިބިފައި ނެތުމުން، ބ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި މި ވަގުތު ހުންނެވި އަފްރާހަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނެވެ.

އެކަމަކު، ތުޅާދު އަށް އުފަން އަފްރާހު އަތޮޅުގެ ކައުންސިލްގެ ރައީސްގެ މަގާމަށް މި ފަހަރު ނުކުމެވަޑައިގެންނެވީ އާ ބާރުތަކާއެކު އަތޮޅުގެ 13 ރަށުގެ ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާ އެކުގަ އެވެ.

"ބަދަލުވަމުން މި އައި ލާމަރުކަޒީ ގާނޫނާ އެއްގޮތަށް ހަމަ ގައިމު ވެސް މި އަތޮޅުގެ މާލީ ފުދުންތެރިކަމާއި އަދި ހުރި ފުރުސަތުތައް ރައްޔިތުންނަށް ހޯދައިދިނުމުގެ ބޭނުމުގައި ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލައިގެން އެ މަސައްކަތް ކުރަމުން އަންނަނީ،" ހައުސް ކީޕިން އެންޑް ހޮޓެލް މެނޭޖްމަންޓް އިން ތަމްރީނު ހޯއްދަވާފައިވާ އަފްރާހު ވިދާޅުވި އެވެ.

އަތޮޅުގެ ރައްޔިތުންނަށް ހަމަ އެ އަތޮޅުން މަންފާ ލިބިގެން، އަތޮޅު ތަރައްގީ ކުރެވޭނެ ކަން ވަރަށް ބޮޑަށް ގަބޫލުކުރެވޭ،"

ރައްޔިތުންގެ ބަސް ހޯދާނަން، މުޅި އަތޮޅަށް ފައިދާވާނެ

އަލަށް ގެނައި ބަދަލުން ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދައިގެން ކައުންސިލްތަކަށް ވިޔަފާރިކުރެވެ އެވެ. ރަށު ކައުންސިލްގެ ރައީސުންނަކީ އަތޮޅު ކައުންސިލްގެ މެމްބަރުންނަށް ވާއިރު، އަފްރާހު ވިދާޅުވީ އޭނާ ހޮވިވަޑައިގެންފިނަމަ ކައުންސިލުން ވިޔަފާރިކުރާނީ އެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް މަޝްވަރާކުރުމަށް ފަހުގަ އެވެ.

"މީހުން ދިރިއުޅޭ 13 ރަށުގެ ރައީސުންނާއެކު މަޝްވަރާކުރުމަށް ފަހު ފައިނަލްކުރާނަން އަދި އަތޮޅުގެ ރައްޔިތުންނަށް ލާބަ އާއި މަންފާ ލިބޭނީ ކޮން މަސައްކަތެއްތޯ ކޮން ގޮތަކަށް ކޮށްގެންތޯ ބަލައި މި ކަންކަމުގައި ފުޅާ ދާއިރާގައި މަޝްވަރާކޮށްގެން ނޫނީ އެއްވެސް ކަމެއް ނުކުރާނަން،" އަފްރާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާބިލް ކައުންސިލަރުންތަކެއް މީގެ ކުރިން ހޮވުނު ކަމުގައި ވިޔަސް ގާނޫނަކުން އޮތީ މަސައްކަތްކުރުމުގެ ފުރުސަތު ނުދީ ވަރަށް ބޮޑަށް ހިފަހައްޓައިފަ އެވެ. އެކަމަކު ކައުންސިލްތަކުން މަސައްކަތްކުރަންވީ ގޮތާއި ލިބިފައި ހުރި ބާރުތައް މި ފަހަރު ކަނޑައެޅިފައިވާކަން ފާހަގަކުރެއްވި އެވެ.

"ރައްޔިތުންނާ ކައިރިން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ދިނުމަށް އެ ރަށަކުން ނޫނީ އެ އަތޮޅަކުން ދިނުމަށް މައި ސަރުކާރަށް ކުރަންޖެހޭ އާދޭސްކުރުން ނައްތާލައި ރައްޔިތުން ތިބި ތަނަކުން ހިދުމަތް ހޯދައި އެ ހިދުމަތެއް ދިނުމަކީ އެންމެ ދެކެން ބޭނުންވާ ދުވަސް. އިރާދަކުރެއްވިއްޔާ އެކަން ހާސިލްކުރާނަން،" ޕްރައިމަރީގައި ވާދަކޮށް ޓިކެޓު ހޯއްދެވި އަފްރާހު ވިދާޅުވި އެވެ.

މަތީ ފެންވަރުގެ ރިސޯޓުތަކާ އެކު ބ. އަތޮޅަކީ އެންމެ މުއްސަނދި އެއް އަތޮޅެވެ. އެ އަތޮޅުގައި މިހާރު ވެސް 19 ރިސޯޓު އެބަ ހިންގަ އެވެ.

އަފްރާހު ވިދާޅުވީ ބ. އަތޮޅު މިހާތަނަށް ފެނިފައިވަނީ ތަރައްގީގެ ގޮތުން ވަރަށް ދަށުގައި އޮތް ތަނެވެ. މާލީގޮތުން ރައްޔިތުން ހަމަ އިސްކޮޅަށް ތެދުވެފައި ނެތަސް މިހާރު އެ ބަދަލުތައް އަންނަކަމަށް ވިދާޅުވި އެވެ.

ކައުންސިލްތަކަށް ލިބިފައިވާ އާ ބާރުތައް އަފްރާހު ސިފަކުރެއްވީ "ކޮށީގައި ތިބި ދޫނިތަކެއް އޭގެ މިނިވަންކަމާއެކު އުދުހެމުންދާ" މަންޒަރު ސިފަވަމުންދާ ކަމުގަ އެވެ. މި ފެށޭ ދައުރުގައި ލާމަރުކަޒީ ގާނޫނުގެ ފޮނި މީރުކަން އިހުސާސްކުރެވޭނެ އިހުސާސްކުރެވޭނެ ކަމުގެ ޔަގީންކަމާއެކު އަފްރާހު ހުންނެވީ ކައުންސިލްތަކަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެގެންދާނެ ކަމަށެވެ.

އެޑިޓަރުގެ ނޯޓު: މިއީ ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުންނަށް "މިހާރު" އިން ހާއްސަކުރި ޕެކޭޖެއްގައި ހިމެނޭ ކޮންޓެންޓްގެ ބައެކެވެ.