11 އެޕްރީލް 2021
ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖޭގެ ގުޅައިލުމަށް ބޭނުންވާ ފެރީތައް ބަންނަން ގަލްފް ކްރާފްޓް މޯލްޑިވްސްއާ އެމްޓީސީސީން މިއަދު ހަވާލުކޮށްފި އެވެ.
ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖޭގެ ގުޅައިލުމަށް ބޭނުންވާ ފެރީތައް ބަންނަން ގަލްފް ކްރާފްޓް މޯލްޑިވްސްއާ އެމްޓީސީސީން މިއަދު ހަވާލުކޮށްފި އެވެ.
ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. ގަލްފް ކްރާފްޓުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުޏިގެ ޗެއާމަން މުހައްމަދު ހުސައިން އަލްޝާލީ އެވެ.
މި ޕްރޮޖެކްޓު އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 107 މިލިއަން ރުފިޔާ އަށެެވެ.
ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅައިލުމަށް ބޭނުންވާ ފެރީތައް ބަންނަން 107 މިލިއަން ރުފިޔާ އަށް ގަލްފް ކްރާފްޓާ ހަވާލު ކޮށްފައިވަނީ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު"ގެ ފުރަތަމަ ފިޔަވަހީގައި ދަތުރުކުރަން ބޭނުންވާ 17 ފެރީއެކެވެ. ކޮންމެ ފެރީއަކީ 50 މީހުންގެ ޖާގަ ހުންނަ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަރައިފައިބަން ފަސޭހަ ފެރީތަކަކަށް ވާން ޖެހޭނެ އެވެ.
މި ޕްރޮޖެކްޓުގެ ދަށުން ދަތުރު ކުރުމަށް ބޭނުންކުރާ ފެރީތަކަކީ 30 ނޮޓުގެ ބާރުމިނުގައި ދުވާ ފެރީތަކެކެވެ. އެހެންކަމުން މިހާރު އެމްޓީސީސީން ބޭނުން ކުރާ ފެރީތަކާ އަޅާ ބަލާއިރު ތިން ގުނަ ބާރު މިނުގައި މި ފެރީތައް ދަތުރު ކުރާނެ އެވެ.
އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ ފުރަތަމަ މަރުޙަލާގެ ދަށުން ފެރީގެ ހިދުމަތް ދޭނީ ހއ، ހދ އަދި ށ އަތޮޅުގަ އެވެ. މި އަތޮޅުތަކުގައި ފެރީ ޓާމިނަލް ހެދުމުގެ މަސައްކަތް ވެސް އެމްޓީސީސީން މިހާރު ވަނީ ފަށައިފަ އެވެ.، ހއ. ހޯރަފުށީގެ ފެރީ ޓާމިނަލުގެ ބިންގާ މިހާރު ވަނީ އަޅައިފަ އެވެ.
"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" އަކީ މުޅި ރާއްޖެ އަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތަށް، ނޭޝަނަލް ސްޕެޝަލް ޕްލޭން (2020-2040) ގައި ހިމެނޭ ތިން ޒޯނާއި ހަ ރީޖަން ގުޅާލުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ. މި ފެރީ ނެޓްވޯކުން ހަ ރީޖަންގެ ހުރިހާ ރަށެއް ގުޅާލާއިރު، އެއް ރީޖަން އަނެއް ރީޖަނާ ވެސް ގުޅުވާލާނެ އެވެ.
ގަލްފްކްރާފްޓުން ބަން އެމްޓީސީސީގެ ފެރީތައް ހަވާލުކޮށްފި
ނ، ރ. ބ. ގައި އާރުޓީއެލް ފެރީ ހިދުމަތް ފަށަނީ
ޅ. އަތޮޅު ފެރީ ހިދުމަތުން އަގު ނަގަން ފަށަނީ
ޅ. ފެރީ ދަތުރުތައް ހިލޭ ކުރެވޭ މުއްދަތު އިތުރުކޮށްފި
އާރްޓީއެލް ސްޕީޑް ފެރީ ހިދުމަތް ޅ. އަތޮޅުގައި ފަށަނީ
ދަތުރުފަތުރުގެ އިންގިލާބީ ބަދަލު އިފްތިތާހްކޮށްދެއްވައިފި
އާރްޓީއެލް ލޯންޗުތައް ބަނުން އަލް ޝާލީ މެރިން އަށް
ފެރީ/ބަހުގެ ހިދުމަތް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި
ހއ. އަށް އާރުޓީއެލް ފެރީތައް މާދަމާ ފަށަނީ
އާރްޓީއެލް ފެރީ އާދިއްތަ ދުވަހު ހއ. ގައި ފަށަނީ