Roadha Mihaaru
ރަޝިޔާގެ ވަޒީރަކަށް ދެ މިލިއަން ޑޮލަރުގެ ރިޝްވަތެއް

ދެ މިލިއަން ޑޮލަރުގެ ރިޝްވަތުގެ މައްސަލާގައި ރަޝިޔާގެ އިކޮނޮމިކް މިނިސްޓަރު ހައްޔަރުކޮށްފި

15 ނޮވެމްބަރ 2016

މޮސްކޯ (ނޮވެމްބަރު 15) - ސަރުކާރުގެ ތެޔޮ ކުންފުންޏެއްގެ ހިއްސާ ވިއްކާލުމުގައި ދެ މިލިއަން ޑޮލަރުގެ ރިޝްވަތު ނަގާފައިވާ ކަމަށް ބުނެ ރަޝިޔާގެ އިކޮނޮމިކް މިނިސްޓަރު ހައްޔަރުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މޮސްކޯ (ނޮވެމްބަރު 15) - ސަރުކާރުގެ ތެޔޮ ކުންފުންޏެއްގެ ހިއްސާ ވިއްކާލުމުގައި ދެ މިލިއަން ޑޮލަރުގެ ރިޝްވަތު ނަގާފައިވާ ކަމަށް ބުނެ ރަޝިޔާގެ އިކޮނޮމިކް މިނިސްޓަރު ހައްޔަރުކޮށްފި އެވެ.

ރަޝިޔާގެ އެންޓި ކޮރަޕްޝަން ކޮމިޝަން، އިންވެސްޓިގޭޓިވް ކޮމިޓީ (އެސްކޭ) އިން ބުނެފައި ވަނީ އެލެކްސެއި އުލިޔުކަޔޭވް ރިޝްވަތު ނެގި ކަމުގެ ސާފު ހެކި ލިބިފައިވާ ކަމަށެވެ. އަދި މި ރިޝްވަތު އިއްޔެ ނަގަނިކޮށް ރެޑް ހޭންޑްކޮށް ހިފާފައިވާ ކަމަށް ވެސް އެސްކޭ އިން ބުނެފައިވެ އެވެ. މިއީ ރައީސް ލަޑިމިއާ ޕުޓިންގެ ވެރިކަމުގައި ކޮރަޕްޝަނުގެ ކުށުގައި ހައްޔަރުކުރި ފުރަތަމަ ވަޒީރެވެ.

ރަޝިޔާގެ އިކޮނޮމިކް މިސްޓަރު އުލިޔުކަޔޭވްއާ ރައީސް ޕުޓިން ބައްދަލު ކުރައްވަނީ. --ފައިލް ފޮޓޯ

ރަޝިޔާގެ އިކޮނޮމިކް މިސްޓަރު އުލިޔުކަޔޭވްއާ ރައީސް ޕުޓިން ބައްދަލު ކުރައްވަނީ. --ފައިލް ފޮޓޯ

އުލިޔުކަޔޭވްގެ ވަކީލް ވިދާޅުވީ އެއްވެސް ފައިސާއެއްގެ ބޭނުންކޮށްފައި ނުވާނެ ކަމަށާއި މިއީ "ސަރުކާރުގެ އޮފިޝަލަކާ ދެކޮޅަށް ޖައްސައިގެން އުޅޭ މައްސަލައެއް" ކަމަށެވެ.

އުލިޔުކަޔޭވް ހައްޔަރުކޮށްފައި ވަނީ އެތައް ދުވަހެއް ވަންދެން އޭނާ އަށް ފާރަލުމަށް ފަހު ކަމަށްވެ އެވެ. މި ގޮތުން އޭނާގެ ފޯނުތައް އަޑު އަހާ އަދި މި އޮޕަރޭޝަނުގައި ވަނީ ސިއްރު ފުލުހުންގެ އެހީތެރިކަން ވެސް ބޭނުންކޮށްފަ އެވެ.

މި މައްސަލާގައި ކުށްވެރިވެއްޖެ ނަމަ އުލިޔުކަޔޭވް، 60، ގެ މައްޗަށް 8-15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.