Roadha Mihaaru
ކަރަންޓް އުފައްދަން އެނބުރޭ ފްލޯޓިން ހޮޓަލެއް

ކަރަންޓް އުފައްދަން އެނބުރޭ ފްލޯޓިން ހޮޓަލެއް

14 އެޕްރީލް 2021

ފްލޯޓިން ހޮޓާ ހެދުމާއި އެފަދަ ޕްރޮޖެކްޓްތަކާ ގުޅޭ ފަހުގެ ޑިޒައިންތަކުގެ ވާހަކަ މިހާރު ވަރަށް ގިނައިން ދެކެވެ އެވެ. ގަތަރާއި ޔޫއޭއީގެ ދުބާއީ ފަދަ ތަންތަނަކީ މިފަދަ ކޮންސެޕްޓްތައް ދިރުވަން މިހާރު ވެސް އެންމެ ބޮޑަށް މަސައްކަތްކުރާ ދެ ތަނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފްލޯޓިން ހޮޓާ ހެދުމާއި އެފަދަ ޕްރޮޖެކްޓްތަކާ ގުޅޭ ފަހުގެ ޑިޒައިންތަކުގެ ވާހަކަ މިހާރު ވަރަށް ގިނައިން ދެކެވެ އެވެ. ގަތަރާއި ޔޫއޭއީގެ ދުބާއީ ފަދަ ތަންތަނަކީ މިފަދަ ކޮންސެޕްޓްތައް ދިރުވަން މިހާރު ވެސް އެންމެ ބޮޑަށް މަސައްކަތްކުރާ ދެ ތަނެވެ.

އެކަމަކު މި ފަހަރު ތުރުކީންނެވެ. މި ފްލޯޓިން ހޮޓަލުގެ މައިގަނޑު ތަފާތަކީ އެނބުރޭ ފްލޯޓިން ހޮޓަލަކަށްވުމެވެ. ހޮޓަލަޑް ބޭނުންވާ ހަކަތަ އުފައްދަނީ މި އެނބުރުންތަކުންނެވެ. އެގޮތުން ހޮޓާ އޮންނަ ތަނުގައި އެ އެނބުރޭ ގޮތާއި އެތަނުގެ އޮއިވަރާ އެކު ހަކަތަ އުފައްދާނެ އެވެ.

ޖުމްލަ 152 ކޮޓަރިއާ އެކު ޒަމާނީ ވަސީލަތްތައް ހިމަނައިގެން މި ފްލޯޓިން ހޮޓާ ޑިޒައިންކޮށްފައި ތުރުކީގެ ކުންފުންޏެއް ކަމަށްވާ ހޭރީ އަތާކް އާކިޓެކްޗުރަލް ޑިޒައިން ސްޓޫޑިއޯ (އެޗްއޭއޭޑީއެސް) އިންނެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ޑިޒައިނަކީ ކަމުގެ ވަރަށް ގިނަ ތަޖުރިބާކާރުންގެ ލަފަ އާއި މަޝްވަރާ ހޯދައިގެން ގެނެސްދީފައިވާ ޑިޒައިނެކެވެ.

އެޗްއޭއޭޑީއެސްގެ ފްލޯޓިން ހޮޓާ ޑިޒައިންކޮށްފައި ވަނީ އޭގައި ބޭނުންކުރާ ފެނާއި އެއްކުރާ ވާރޭ ފެނާއި ކާބޯތަކެތީގެ ވޭސްޓް ވެސް އެއްކޮށްގެން އެހީގެ އެހީ ވެސް ހަކަތަ އުފައްދަން ބޭނުންކުރެވޭ ގޮތަށެވެ. އަދި ހޮޓާ ފަރުމާކޮށްފައި ވަނީ "މޫވަބަލް ފީޗާތަކާ" އެކީ ކަމަށްވާތީ މިއީ ބޭނުން ދިމާއަކަށް ފަސޭހަ އިން ގެންދެވޭނެ އަދި ހުރިހާ ގޮތަކުން ވެސް ތިމާވެއްޓާ ވަރަށް ރައްޓެހި ޑިޒައިނެއް ކަމަށް ބުންޏެވެ.

އެކަމަކު އެންމެ ބޮޑު ސުވާލަކީ އެނބުރޭ ހޮޓަލެއްގައި ތިބޭ އިރު އަބަދު 24 ގަޑި އިރު 360 ޑިގްރީ އަށް އެނބުރޭ ނަމަ އޭގައި ތިބޭ މީހުންނަށް ވާކީ ކިހިނެއްތޯ އެވެ؟

އެޗްއޭއޭޑީއެސް އިން ބުނީ މިއީ އެނބުރޭ ފަރުމާއަކަށް ވިޔަސް، އެތެރޭގައި ތިބޭ އިރު އެކަން އެއްވެސް ވަރަކަށް އިހުސާސް ނުކުރެވޭނެކަމެވެ. އެހެންވެ ހަމަ ބިމެއްގައި ހުރި ހޮޓަލެއްގައި ތިބުމެކޭ އެނބުރޭ ފްލޯޓިން ހޮޓަލުގައި ތިބުމެކޭ ތަފާތެއް އިހުސާސް ނުކުރެވޭނެ ކަމަށް ބުނެ އެވެ.

އެޗްއޭއޭޑީއެސްގެ މި ފްލޯޓިން ހޮޓާ ފަރުމާކޮށްފައި ވަނީ ލޯންޗަކުން ނުވަތަ ހެލިކޮޕްޓަރަކުން ކަމަށް ވިޔަސް ފަސޭހައިން އެއަށް އެކްސެސްވެވޭނެ ގޮތަށެވެ.

ދެން އޮތް ސުވާލަކީ މި ފަރުމާ އަށް ކައިރި މުސްތަގުބަލެއްގައި ފްލޯޓިން ހޮޓަލެއް ހަގީގަތަކަށް ވެދާނެ ހެއްޔެވެ؟ ރިޕޯޓްތައް ބުނާ ގޮތުން މި ފަރުމާ އަށް ހޮޓާ ހަދާނެ ފުރަތަމަ ތަނަކަށް ގަތަރު ވެދާނެ އެވެ. އެޗްއޭއޭޑީއެސް ބުނެފައިވާ ގޮތުގައި އެ މީހުންގެ ފަރުމާ އަދިވެސް ފުރިހަމަކޮށް، އިތުރަށް ވަރުގަދަކުރަން އަންނަނީ މަސައްކަތް ކުރެވެމުންނެވެ. އެހެންވެ ފައިނަލް ޑިޒައިން ދޭނީ 2025 ހިސާބުގަ އެވެ.

އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ވެސް ހާއްސަކޮށްގެން ގަތަރުން މިހާރު ވެސް އަންނަނީ 16 ލަގްޒަރީ ފްލޯޓިން ހޮޓަލެއް ތަރައްގީކުރުމުގެ މަސައްކަތްކުރަމުންނެވެ. އަދި ދުބާއީ އިން އަންނަނީ 164 މިލިއަން ޑޮލަރު ހަރަދުކޮށްގެން ސީ ޕެލަސް ފްލޯޓިން ރިސޯޓެއް ތަރައްގީކުރަމުންނެވެ.