މި ވަގުތު ދުނިޔޭގެ އެންމެ އުސް އިމާރާތަކީ ދުބާއީގެ ބުރުޖް ޚަލީފާ އެވެ. އެންމެ އުސް އިމާރާތުގެ ރެކޯޑް ހެދުމަކީ ގައުމުތަކުގައި ވާދަވެރި ކަމެކެވެ. ދެހާސް ހަތަރެއްގައި މަސައްކަތް ފަށައި، ދެހާސް ނުވައެއްގައި ހުޅުވި ބުރުޖު ޚަލީފާގެ އުސްމިނަކީ 282 މީޓަރު (2،717 މީޓަރު) އެވެ.
29 މެއި 2021
މި ވަގުތު ދުނިޔޭގެ އެންމެ އުސް އިމާރާތަކީ ދުބާއީގެ ބުރުޖް ޚަލީފާ އެވެ. އެންމެ އުސް އިމާރާތުގެ ރެކޯޑް ހެދުމަކީ ގައުމުތަކުގައި ވާދަވެރި ކަމެކެވެ. ދެހާސް ހަތަރެއްގައި މަސައްކަތް ފަށައި، ދެހާސް ނުވައެއްގައި ހުޅުވި ބުރުޖު ޚަލީފާގެ އުސްމިނަކީ 282 މީޓަރު (2،717 މީޓަރު) އެވެ.
އެ އިމާރާތުގެ ރެކޯޑް މިހާތަނަށް އެހެން ގައުމަކަށް މުގުރައިނުލެވުނަސް ރަޝިއާ އިން މިހާރު އަމާޒު ހިފާފައި ވަނީ، ދެވަނަ އަށް އެންމެ އުސް އިމާރާތް ހެދުމަށެވެ. ސްކޮޓްލެންޑްގެ ކުންފުންޏަކާ ހަވާލުކޮށްގެން ހަދަން ނިންމާފައިވާ މި އިމާރާތުގެ ކޮންސެޕްޓް ޑިޒައިން ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.
މި އިމާރާތުގެ އުސްމިނަކީ 703 މީޓަރު (2،306 ފޫޓް) އެވެ.
ސްކޮޓްލެންޑްގެ އާކިޓެކްޗާ ކުންފުނި ކެޓްލް ކަލެކްޓިވުން ހަދާ އިމާރާތް ހުންނާނީ ދުރުން ބަލައިލާ އިރު ލައިޓްހައުސްއަކާ ވައްތަރު ގޮތަކަށެވެ. އެކަމަކު މީގެ ހިޔާލީ މަންޒަރުތަކަށް ބަލާ އިރު ބޭރު ފެންނަނީ ވަރަށް ޑީޓެއިލް ގިނަ ސިފަތަކެއް އެކުލެވޭ ގޮތަށް ވަރަށް ޗާލުކޮށެވެ.
ކެޓްލް ކަލެކްޓިވުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި "ދަ ލަކްޓާ ސެންޓަ 2" ގެ ނަން ދޭ ޓަވަރު ހުންނާނީ ލަކްޓާ ސެންޓަރާ ކައިރީގަ އެވެ. އެ އިމާރާތަކީ މިހާރު ވެސް ޔޫރަޕްގައި ހުރި އެންމެ އުސް އިމާރާތެވެ. އެތަނުގެ އުސްމިނަކީ 426 މީޓަރު (1،546 ފޫޓް) އެވެ. އެއި ރަޝިއާސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ މަޝްހޫރު ހަކަތަ ކުންފުނި ގޭޒްޕްރޮމްގެ ހެޑްކުއާޓަރު ވެސް ހުންނަ ލަކްޓާ އިމާރާތެވެ.
މި ވަގުތު ދުނިޔޭގައި ދެވަނަ އަށް އެންމެ އުސް އިމާރާތަކީ ޗައިނާގެ ޝަންހާއީ ޓަވަރެވެ. އެތަނުގެ އުސްމިނަކީ 632 މީޓަރު (2،073 ފޫޓް) އެވެ. ތިން ވަނަ އަށް އެންމެ އުހީ އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ 310 މީޓަރު (1،017 ފޫޓް) ގެ ދަ ޝާޑެވެ.
ރަޝިއާގައި ހަދާ ދުނިޔޭގައި ދެވަނަ އަށް އެންމެ އުސް އިމާރާތުގެ ހިޔާލީ މަންޒަރެއް.
ކެޓްލް ކަލެކްޓިވުން ބުނި ގޮތުގައި ދެވަނަ އަށް އެންމެ އުސް އިމާރާތުގެ ރެކޯޑް ހަދަން ރަޝިއާގައި އިމާރާތްކުރަނީ 150 ބުރީގެ ތަނެކެވެ. އަދި އެތަން އިމާރާތްކުރާނީ އެންމެ މި ޒަމާނުގެ ވަސީލަތްތަކާއި ޓެކްނޮލޮޖީ ވެސް ބޭނުންކޮށްގެން ކަމަށް ބުންޏެވެ.
"މުޅި ދުނިޔެ އަށް ނަމޫނާއަކަށް ވާ ކަހަލަ ތަނަކަށް އެތަން ވާނެ. ތިމާވެއްޓަށް ވަރަށް ބޮޑަށް އިސްކަންދީގެން މި ޕްރޮޖެކްޓް ކުރިއަށް ގެންދާނީ،" ކެޓްލް ކަލެކްޓިވުން ބުންޏެވެ.
މި އިމާރާތަށް ހޭދަވާ ފައިސާގެ އަދަދެއް އަދި ހާމައެއް ނުކުރެ އެވެ.
ދެވަނަ އަށް އެންމެ އުސް އިމާރާތް މެލޭޝިއާގައި
ގައުމުން ބޭރުގައި ގެތައް ހުންނަ ބޮލީވުޑްގެ ތަރިން
އެންމެ މަގުބޫލު ސިޓީ އަކީ ބެންކޮކް
ޔޫކޭ ރެޑް ލިސްޓުން ނެގުމުން "ދުނިޔޭގެ އެންމެ އުހަށް"
އެންމެ ފުން ޕޫލް ދުބާއީގައި؛ 196 ފޫޓު
އެންމެ ބޮޑު ކެންވަސް ކުރެހުމަށް 62 މިލިއަން ޑޮލަރު
"ޕަތާން"ގެ އެކްޝަން މަންޒަރުތަކެއް ބުރުޖް ޚަލީފާގައި
ސްކޮޓްލެންޑަށް ފަހު "ބެލް ބޮޓަމް" ލަންޑަނަށް
ދަރިފުޅުގެ ޖިންސު އިއުލާންކުރީ ބުރުޖް ޚަލީފާ ދިއްލައިގެން
ޓިކްޓޮކްގެ ހެޑްކުއާޓަރު ވެސް ދާނެ ދިމާލެއް ނޭނގޭ