ހޮން ކޮންގް (އެޕްރީލް 20) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީން ހޮން ކޮންގަށް ދަތުރުކުރި މަތިންދާ ބޯޓަކުން 53 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ އެވެ.
20 އެޕްރީލް 2021
ހޮން ކޮންގް (އެޕްރީލް 20) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީން ހޮން ކޮންގަށް ދަތުރުކުރި މަތިންދާ ބޯޓަކުން 53 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ އެވެ.
އިންޑިއާގައި ކޮރޯނާވައިރަހުގެ ކޭސްތައް އާދަޔާޚިލާފަށް އިތުރުވާން ފެށުމުން ހޮން ކޮންގުން މިހާރު ވަނީ އިންޑިއާ އިން ދަތުރުކުރާ ފްލައިޓްތައް މަނާކޮށްފަ އެވެ. ޕާކިސްތާނާއި ފިލިޕީންސް އިން ހޮން ކޮންގަށް ދަތުރުކުރުން ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ.
ގިނަ އަދަދެއްގެ ފަސިންޖަރުން ޕޮޒިޓިވްވެފައި ވަނީ އެޕްރީލް 4 ވަނަ ދުވަހުން ދިއްލީން ހޮން ކޮންގަށް ދަތުރުކުރި ވިސްޓާރާ އިން އޮޕަރޭޓްކުރާ ބޯޓަކުންނެވެ. ވިސްޓާރާގެ ބޯޓުން ހޮން ކޮންގަށް ދަތުރުކުރީ ކިތައް ފަސިންޖަރުން ކަމެއް ނޭނގެ އެވެ. ނަމަވެސް އެއީ 188 މީހުން އުފުލޭ ބޯޓެއް ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ.
ފަސިންޖަރުން ޕޮޒިޓިވްކަން އެނގުނީ ހޮން ކޮންގަށް ދަތުރުކުރާ މީހުން ތިބެން ޖެހޭ ތިން ހަފުތާގެ ކަރަންޓީން މުއްދަތުގެ ތެރޭގަ އެވެ.
ހޮން ކޮންގަކީ ކޮރޯނާވައިރަސް ދުނިޔޭގައި ފެތުރެން ފެށިއިރު އެ ބަލި ފުރަތަމަ ފެނުނު އެއް ތަނެވެ. ނަމަވެސް ހަރުކަށި ފިޔަވަޅުތައް އަޅައިގެން ހޮން ކޮންގުގައި ވައިރަސް ވަނީ ކޮންޓްރޯލްކޮށްފަ އެވެ. އެ ޓެރިޓަރީން މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ 11،700 މީހުންނެވެ. މަރުވި މީހުންގެ އަދަދަކީ 209 އެވެ. ހޮން ކޮންގުގެ 7.5 މިލިއަން އާބާދީގެ 9.8 ޕަސެންޓަށް މިހާތަނަށް ވަނީ ވެކްސިން ދީފަ އެވެ.
އެއާ އިންޑިއާގެ ބޯޓަކަށް މައްސަލައެއް ކުރިމަތިވެއްޖެ
ދިއްލީގައި ކާރު ގޮއްވާލީ އަމިއްލައަށް މަރުވެގެން!
ދިއްލީގައި ދިނީ ޓެރަރިސްޓް ހަމަލާއެއް: އިންޑިއާ
ދިއްލީގެ ބާރުގަދަ ގޮވުމުގެ ހަގީގަތެއް އަދި ނޭނގެ
ދިއްލީގެ ރެޑް ފޯޓްގައި ކާރެއް ގޮވައި ބަޔަކު މަރުވެއްޖެ
ދިއްލީގެ ނަން އިންދްރަޕްރަސްތާ އަށް ބަދަލުކުރަން އެދެފި
ދިއްލީގެ މަގުތަކުން ކުއްތާ ހިފަން ކޯޓު އަމުރެއް
ދިއްލީގައި ތެޔޮ އަޅަންދާ ދުވަސްވީ ކާރުތައް ނައްތާލަނީ
ދިއްލީގައި 15 އަހަރުވީ ކާރަށް ތެޔޮ އަޅައިދިނުން މަނާ
އިންޑިއާގެ ނިއު ދިއްލީއަށް ބިންހެލުމެއް