Roadha Mihaaru
ފައިސާ ޗާޕްކުރުމުގެ މައްސަލަ އަލުން ކޮމިޓީއަކަށް

ފައިސާ ޗާޕުކުރުމުގެ މައްސަލަ ޚާއްސަ ކޮމިޓީއަކަށް ފޮނުވަން ފާސްކޮށްފި

21 އެޕްރީލް 2021

މަރުކަޒީ ބޭންކް އެމްއެމްއޭގެ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަށް ނުވަތަ އިތުރަށް ފައިސާ ޗާޕްކުރަން ސަރުކާރަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށްދޭން ފިނޭންސް މިނިސްޓްރީން އެެދިފައިވާ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށްް އަލުން އެޖެންޑާކޮށް، ޚާއްސަ ކޮމިޓީއަކަށް ފޮނުވަން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މަރުކަޒީ ބޭންކް އެމްއެމްއޭގެ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަށް ނުވަތަ އިތުރަށް ފައިސާ ޗާޕްކުރަން ސަރުކާރަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށްދޭން ފިނޭންސް މިނިސްޓްރީން އެެދިފައިވާ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށްް އަލުން އެޖެންޑާކޮށް، ޚާއްސަ ކޮމިޓީއަކަށް ފޮނުވަން މިއަދު ފާސްކޮށްފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހޯމަދުވަހު މަޖިލީހަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައި އޮތީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) ސަސްޕެންޑް އެއް އަހަރު ދުވަހަށް ސަސްޕެންޑް ކުރުމަށްް މަޖިލީހުން މިދިޔަ އަހަރު ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށްދިނުމަށެވެ. ކޮވިޑްގެ އިގުތިސާދީ އަދި މާލީ ގެއްލުމާއި ހެދި މިދިޔަ އަހަރު އެ ހުއްދަ ދިނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. ހުއްދައިގެ މުއްދަތު އިތުރުކޮށްދޭން ފިނޭންސުން އެދުނީ އަންނަ ހޯމަ ދުވަހު އެ ހުއްދައިގެ އެއް އަހަރު ހަމަވާތީ އެވެ.

ރިޔާސަތުން އަންގާ އެންގުމެެއްގެ ގޮތުގައި އެޖެންޑާކޮށްގެން އިއްޔެ އާއި އޭގެ ކުރީ ދުވަހު ފިނޭންސްގެ ސިޓީގެ މައްސަލަ ކުރިއަށް ގެންދިޔަ ނަމަވެސް އިއްޔެގެ ވޯޓުގަޑިއާ ހަމައަަށް އައި އިރު އެ މައްސަލައިގައި ތާއީދު ލިބިފައި އޮތީ އެންމެ ހުށަހެޅުމެކެވެ. އެއީ އެ މައްސަލަ ހާއްސަަ ކޮމިޓީއަކަށް ގެންގޮސްގެން ބަލަން، ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ހުށަހެޅުއްވި ހުށަހެޅުމެކެވެ. އިއްޔެގެ ޖަލްސާގައި އެ ހުށަހެޅުން ފާސްނުވުމުން ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުން ބެލެވުނީ މައްސަލަ ވަކިގޮތަަކަށް ފާސްނުވެ ނިމިގެން ދިޔައީ ކަމަށެވެ.

ނަމަވެސް މަޖިލީހުގެ މިއަދު ޖަލްސާއަށް އެ މައްސަލަ އެޖެންޑާ ކުރެއްވުމަށް ފަހު އެ މަނިކުފާނު ވިދާޅުވީ އެ މައްސަލަ ކުރިއަށް ގެންދެވޭނީ މެމްބަރުން ހުށަހެޅުއްވުމެއް ހުށަހަޅުއްވައި ފާސްކޮށްގެން ކަމަށެވެ.

މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި އަލިފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވީ ނުވަ މެމްބަރުންގެ ވަގުތީ ކޮމިޓީއަކުން މަސައްލަ ދިރާސާކުރުމަށް ފަހު ގޮތެއް ނިންމުމަށެވެ. މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ތާއީދުކުރެއްވި އެ ހުށަހެޅުން ފާސްކުރީ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެމްބަރުންގެ އިއްތިފާގުންނެވެ.