Roadha Mihaaru
އައިލެންޑާސް ސްކޫލުތަކުގެ ޖާގަ ހޯދަން ބޮޑު ތަރުހީބެއް

އައިލެންޑާސްގެ ސްކޫލުތަކުގެ ގްރޭޑް އެކަކުން ޖާގަ ހޯދަން ބޮޑު ތަރުހީބެއް

28 އެޕްރީލް 2021

ފިންލެންޑް އިންޓަނޭޝަނަލް ސްކޫލާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑު އެކަކުން ޖާގަ ހޯދަން ހުޅުވާލިތާ 12 ގަޑިއިރުގެ ތެރޭގައި ގިނަ ޖާގަތައް ފުރިއްޖެ އެވެ.

ފިންލެންޑް އިންޓަނޭޝަނަލް ސްކޫލާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑު އެކަކުން ޖާގަ ހޯދަން ހުޅުވާލިތާ 12 ގަޑިއިރުގެ ތެރޭގައި ގިނަ ޖާގަތައް ފުރިއްޖެ އެވެ.

އެ ސްކޫލުތައް ހިންގާ އައިލެންޑާސް އެޑިއުކޭޝަނުން މިއަދު ބުނީ މިދިޔަ އާދިއްތަ ދުވަހު ހުޅުވައިލި 122 ޖާގަ އިން މިހާރު ބާކީ ހުރީ ހަތަރު ޖާގަ ކަމަށެވެ.

އައިލެންޑާސް އިން ބުނީ ޖާގަތައް ފުރޭ މިންވަރާ ގާތަށް އެޕްލިކޭޝަންތައް ލިބުނަސް ސްކޫލަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު އަދި ވެސް އެބައޮތް ކަމަށެވެ. އެއީ ފޯމުތައް ކަށަވަރުކުރުމުގެ މަރުހަލާގައި ބައެއް ޖާގަތައް ހުސްވާތީ އެވެ. އެހެންވެ، އެ ދެ ސްކޫލުން ޖާގަ ހޯދަން ބޭނުންވާ ބެލެނިވެރިން ވީހާ ވެސް އަވަހަކަށް ފޯމު ހުށަހެޅުމަށް އެދެ އެވެ.

ފިންލެންޑް ސްކޫލުގެ ޕްރިންސިޕަލް ޑރ. އޭޔާ ވެލާންނޭ ވިދާޅުވީ، ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އެހެން ފަހަރުތަކާ ހިލާފަށް މި އަހަރު ދިގުލައިގެންދާނެ ކަމަށް ބެލެވުނަސް ބެލެނިވެރިންގެ ފަރާތުން ހޫނު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

"...މިއަދާ ޖެހެންދެން ވެސް އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ ސްކޫލުގެ ނަމާ އެއްގޮތަށް ފިންލެންޑު ސްކޫލަކުން ދަރިވަރުންނަށް ލިބޭނެ ފަދަ ތަޖުރިބާ އާއި ތަރުބިއްޔަތެއް ރާއްޖޭގައި މި ސްކޫލުން ފޯރުކޮށްދިނުން. މީގެ އެންމެ ހާއްސަ ކަމަކީ އަޅުގަނޑުމެން މިކަން ކުރަނީ ރާއްޖޭގެ ދީނާއި ސަގާފަތާއި އާދަކާދަ އަށް ކަރިކިއުލަމް ފައްތައިގެން،" ޑރ. އޭޔާ ވިދާޅުވި އެވެ.

"މި ލިބުނު ހޫނު ތަރުހީބަކީ ސްކޫލުގެ މުދައްރިސުންގެ މަސައްކަތާ މެދު ބެލެނިވެރިން ކުރައްވާ އިތުބާރުގެ ހެއްކެއް."

ފިންލެންޑާއި ބިލަންބޮންގްގެ ގްރޭޑް އެކެއްގެ އެޑްމިޝަނާ ގުޅޭ ހުރިހާ މައުލޫމާތެއް އައިލެންޑާސް އަދި އެ ސްކޫލުތަކުގެ ވެބްސައިޓުން ލިބޭނެ އެވެ.