Roadha Mihaaru

ލަވައެއްގެ ޅެން ކޮޕީކުރުމުން ބަދަލަށް 1.2 މިލިއަން ޑޮލަރު ދޭން ޖެހިއްޖެ

ދެހާސް ނަވާރައިގައި އޮސްޓްރޭލިއާގައި ބޭއްވި ފެޑެރެލް އިލެކްޝަންގެ ކެމްޕޭނުގައި އެ ގައުމުގެ ނުފޫޒު ގަދަ ވިޔަފާވެރިޔާ ކްލައިވް ޕާމާ، އެމެރިކާ ބޭންޑް ޓްވިސްޓެޑް ސިސްޓާގެ ލަވައެއްގެ ޅެން ކޮޕީކުރުމުން ކުރި ދައުވާއާ ގުޅިގެން ބަދަލަށް 1.5 އޮސްޓްރޭލިއަން ޑޮލަރު (1.2 މިލިއަން ޑޮލަރު) ދޭން ހުކުރު ދުވަހު އޮސްޓްރޭލިއާގެ ފެޑެރަލް ކޯޓުން ހުކުމްކޮށްފި އެވެ.

ލަވައެއްގެ ޅެން ކޮޕީކުރުމުން 1.2 މިލިއަން ދޭން ޖެހިއްޖެ
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

01 މެއި 2021

ދެހާސް ނަވާރައިގައި އޮސްޓްރޭލިއާގައި ބޭއްވި ފެޑެރެލް އިލެކްޝަންގެ ކެމްޕޭނުގައި އެ ގައުމުގެ ނުފޫޒު ގަދަ ވިޔަފާވެރިޔާ ކްލައިވް ޕާމާ، އެމެރިކާ ބޭންޑް ޓްވިސްޓެޑް ސިސްޓާގެ ލަވައެއްގެ ޅެން ކޮޕީކުރުމުން ކުރި ދައުވާއާ ގުޅިގެން ބަދަލަށް 1.5 އޮސްޓްރޭލިއަން ޑޮލަރު (1.2 މިލިއަން ޑޮލަރު) ދޭން ހުކުރު ދުވަހު އޮސްޓްރޭލިއާގެ ފެޑެރަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ ހުކުމާ އެކު ލިބުނު ކާމިޔާބީ ފާހަގަކޮށް، އޮރިޖިނަލް ލަވަ ލިޔުނު އަދި ބޭންޑްގެ ލީޑް ވޯކަލިސްޓް ޑީ ސްނައިޑާ އެ ވާހަކަ ޓްވިޓާގައި ވެސް ހިއްސާކޮށް އުފާފާޅުކޮށްފައިވެ އެވެ. އޭނާގެ ލަވަ "ވީ އާ ނޮޓް ގޮނާ ޓޭކް އިޓް" ގެ ޅެން ކޮޕީކޮށްގެން ކްލައިވްގެ ކެމްޕޭން ލަވަ ގެނެސްދިނީ "އޮސީޒް ނޮޓް ގޮނާ ކޮޕް އިޓް" ގެ ނަމުގަ އެވެ.

މުޅި ލަވަ އަށް ބަލާއިރު އެ ލަވައިގެ މުޅި މައިގަނޑު އޮތީ ޓްވިސްޓެޑް ސިސްޓާޒްގެ ލަވައިގެ ޅެން ކޮޕީކޮށްފައިކަން ޝައްކެއް ނެތް މިންވަރަށް ސާފުވާ ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރު އަނާ ކެޓްޒްމަން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކްލައިވް ލަވައިގެ ޅެމަކީ ޓްވިސްޓެޑް ސިސްޓާޒް އިން 1984 ގައި ނެރުނު ލަވައިގެ ކޮޕީއެއްކަން ސާފުކޮށް އެނގެން އޮތުމާ އެކު، ކޮޕީކުރިކަން ސާބިތުވެ އެވެ. އެހެންވެ ބަދަލަށް 1.5 މިލިއަން އޮސްޓްރޭލިއަން ޑޮލަރު ދޭން ޖެހެ އެވެ.

ލަވައިގެ ޅެން ކޮޕީކުރި މައްސަލަ ކްލައިވްގެ މައްޗަށް ސާބިތުވި އިރު އެ ލަވަ އަކީ ޓްވިސްޓެޑް ސިސްޓާޒްގެ "ވީ އާ ނޮޓް ގޮނާ ޓޭކް އިޓް" ގެ ކޮޕީއެއް ނޫންކަން ސާބިތުކޮށް ދިނުމަށް ބައެއް ހެކިތަކެއް ވެސް ހުށަހެޅި އެވެ. އެކަމަކު ހެކިތައް ކޯޓުން ބަލައިގެންފައެއް ނުވެ އެވެ. ކްލައިވް ބުނެފައިވާ ގޮތުގައި ކެމްޕޭން ލަވައިގެ އިންސްޕިރޭޝަނަކީ 1976 ގެ ފިލްމު "ނެޓްވޯކް" ގައި ޕީޓާ ފިންޗް ކުޅުނު ހޮވާޑް ބީލްގެ ކެރެކްޓާ އެވެ.

ކޯޓުން ބުނެފައިވާ ގޮތުގައި ލަވައިގެ ސައްހަކަން ކަށަވަރުކޮށް ދޭން ކޯޓަށް ހުށަހެޅި އެކި ތަކުގައި ވެސް އަސްލެއް ނެތެވެ.

މައިނިންގެ ވިޔަފާރިން ބިލިއަނަރަކަށްވި އަދި 2013-2016 އަށް އޮސްޓްރޭލިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރިކަން ވެސް ކުރި ކްލައިވް، 67 އާންމުންގެ ތެރޭގައި އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ 2012 ގައި އެޓްލާންޓިކް ކަނޑަށް ފެތުނު ބޯޓް "ޓައިޓޭނިކް" ގެ ނަކަލެއް "ޓައިޓޭނިކް 2" ގެ ނަމުގައި ބަންނަން އިއުލާންކުރި ހިސާބުންނެވެ. އެކަމަކު އެ ޕްރޮޖެކްޓްގެ އެއްވެސް މަސައްކަތެއް މިހާތަނަކަށް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.