ދިރާގުގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 20 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
03 މެއި 2021
ދިރާގުގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 20 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
ދިރާގުން ކުރި އިއުލާނެއްގައި ބުނީ މި ޖަލްސާ ބާއްވާނީ 20 ވަނަ ދުވަހުގެ މެންދުރު 1:00ގައި ކަމަށެވެ. މި ޖަލްސާ ބާއްވާނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީގެ "ފަހިވޯޓު" ޕޯޓަލް މެދުވެރިކޮށެވެ.
މި ޖަލްސާގައި އެ ކުންފުނިން ހިއްސާގެ ފައިދާގެ ގޮތުގައި ކަނޑައަޅާ އަދަދު ފާސް ކުރާނެ އެވެ. އެ ކުންފުނީގެ ބޯޑުން ވަނީ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 7.23 ރުފިޔާ ބަހަން ހުށަހަޅައިފަ އެވެ. އެގޮތުން، ޖުމްލަ 549.48 މިލިއަން ރުފިޔާ ބަހަން ވަނީ ނިންމައިފަ އެވެ.
ދިރާގު އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ މީހުންނަށެވެ. ހިއްސާދާރެއްގެ ބަދަލުގައި މީހަކު ބައިވެރިވާނަމަ ޕްރޮކްސީ ހުށަހަޅަން ޖެހޭނެ އެވެ.
މި ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ދިރާގުގެ އަހަރީ އާއްމު ޖަލްސާ މި މަހު 24 ގައި
ދިރާގުން ހިއްސާއަކަށް 7.23ރ. ބަހަން ފާސްކޮށްފި
ދިރާގު ހިއްސާގެ ފައިދާއަށް 661 މިލިއަން ބަހަނީ
މިދިޔަ އަހަރު ދިރާގަށް މާލީ ކުރިއެރުން
ދިރާގުގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 ގައި
ދިރާގުގެ ހިއްސާ އަކަށް 7.33ރ. ބަހަން ފާސްކޮށްފި
ދިރާގުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 20 ގައި
ދިރާގުން ހިއްސާއަކަށް 6.20ރ. ބަހަން ފާސްކޮށްފި
ދިރާގުން ހިއްސާއަކަށް 12ރ. ބަހަން ފާސްކޮށްފި
ދިރާގު އަހަރީ އާންމު ޖަލްސާ މިފަހަރު އޮންލައިންކޮށް