Roadha Mihaaru
ދިރާގުން ހިއްސާއަކަށް 6.20ރ. ބަހަން ފާސްކޮށްފި

ދިރާގުން ހިއްސާއަކަށް 6.20ރ. ބަހަން ފާސްކޮށްފި

24 މާޗް 2022

ދިރާގުން މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަަށް 6.20ރ. ބަހަން، މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި ފާސްކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދިރާގުން މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަަށް 6.20ރ. ބަހަން، މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި ފާސްކޮށްފި އެވެ.

ކްރޮސްރޯޑްސްގައި ބޭއްވި ޖަލްސާގައި ހިއްސާގެ ފައިދާ ބަހަން ފާސްވީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ އަޣުލަބިއްޔަތުންނެވެ. ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ފާސްކުރި އަދަދުގެ ތެރޭގައި ބޯޑުން ހިއްސާއަަކަށް ހުށަހެޅި 4.13 ރ. ގެ ފައިނަަލް ޑިވިޑެންޑާއި މިއަހަރުގެ ކުރީކޮޅު އިއުލާން ކުރި 2.07ރ. ގެ އިންޓެރިމް ޑިވިޑެންޑް ހިމެނެ އެވެ.

އެ ޖަލްސާގައި ދިރާގުގެ 86 ހިއްސާދާރުން ބައިވެެރިވި އެވެ. އެއީ 71،392،583 ހިއްސާ ތަމްސީލްކުރާ ހިއްސާދާރުންނެވެ.

އަހަރީ އާއްމު ޖަލްސާގައި ދިރާގުގެ އާއްމު ހިއްސާދާރުންގެ ތެރެއިން އަހުމަދު މުހައްމަދު ދީދީ ވަނީ ބޯޑަށް އައްޔަން ކޮށްފަ އެވެ. އޭނާ ބޯޑަށް ހޮވުނީ 84 ހިއްސާދާރުންގެ ވޯޓާއެކުގަ އެވެ.

މިއަހަރުގެ އެ ކުންފުނީގެ އޮޑިޓަރަކަށް 49،500 ޑޮލަރުގެ އުޖޫރައަކާއެކު އައްޔަން ކޮށްފައިވަނީ ކޭޕީއެމްޖީ އެވެ.

މިދިޔަ އަހަރު ދިރާގުގެ އާމްދަނީ އާއި ސާފު ފައިދާ ވެސް ވަނީ އިތުރުވެފަ އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު ސާފު ފައިދާގެ ގޮތުގައި 813 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ރަނގަޅު ފައިދާއަކާ އެކު މިއަހަރު ވެސް ނިންމާލެވޭނެ ކަމަށް ދިރާގުން ލަފާ ކުރެ އެވެ.