Roadha Mihaaru
ކޮވިޑް ކޭސްތައް ގިނަވެ، އައިޕީއެލް މެދުކަނޑާލައިފި

ކޮވިޑް ކޭސްތައް ގިނަވެ، އައިޕީއެލް މެދުކަނޑާލައިފި

04 މެއި 2021

ނިއު ދިއްލީ (5 މެއި) - އިންޑިއާގެ މަގްބޫލު ކްރިކެޓް ލީގެއް ކަމަށްވާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ކުޅެމުންދާ ކުޅުންތެރިންނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދު އިތުރުވަމުންދާތީ، އައިޕީއެލްގރ ކުޅުން މެދުކަނޑާލައިފި އެވެ.

ނިއު ދިއްލީ (5 މެއި) - އިންޑިއާގެ މަގްބޫލު ކްރިކެޓް ލީގެއް ކަމަށްވާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ކުޅެމުންދާ ކުޅުންތެރިންނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދު އިތުރުވަމުންދާތީ، އައިޕީއެލްގރ ކުޅުން މެދުކަނޑާލައިފި އެވެ.

އައިޕީއެލްގައި މިއަދު މުމްބާއީ އިންޑިއަންސްއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން، ސަންރައިޒާސް ހައިދަރުއާބާދުގެ ކުޅުންތެރިއެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އައިޕީއެލްގައި ރޭ ކޮލްކަޓާ ނައިޓް ރައިޑާސް އާއި ރޯޔަލް ޗެލެންޖާސް ބެންގަލޯ ބައްދަލުކުރަން އޮތް މެޗު ފަސްކުރީ ކޮލްކަޓާ ނައިޓް ރައިޑާސްގެ ދެ ކުޅުންތެރިއެއް ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ.

އައިޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ އައިޕީއެލްގެ ޓީމުތަކުން ކޮވިޑްގެ ކޭސްތައް ފެންނަމުންދާތީ، މި މުބާރާތް ވަކި މުއްދަތެއް ނެތި ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށެވެ.

"ބީސީސީއައި (އިންޑިއާގެ ކްރިކެޓް ބޯޑު) އިން ބޭނުމެއް ނުވޭ އެއްވެސް ކުޅުންތެރިއެއް، އޮފިޝަލެއް ނުވަތަ މުބާރާތް އިންތިޒާމްކުރުމަށް ބައިވެރިވާ އެއްވެސް ފަރާތެއްގެ ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާކަށް،" އައިޕީއެލް އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އައިޕީއެލްގައި މިދިޔަ ބުދަ ދުވަހު ޗެންނާއީ ސުޕަ ކިންގްސް އާއި ރާޖިސްތާން ރޯޔަލްސް ބައްދަލުކުރަން އޮތް މެޗު ފަސްކުރީ ޗެންނާއީގެ ބޯލިން ކޯޗު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ.

މި އަހަރުގެ އައިޕީއެލް ފެށީ ރައްކާތެރި ފިޔަވަޅުތަކާއެކު އެވެ. މެޗުތައް ކުޅުމަށް ޓީމުތައް ދަތުރުކުރަމުންދިޔައީ ޗާޓަރު ފްލައިޓްތަކުގަ އެވެ. އަދި މެޗުތައް ކުޅޭ ސިޓީތަކުގައި ޓީމުތައް "ބަބަލް"އެއް ގޮތުގައި ތިބެނީ ވަކި ހޮޓާތަކާއި ރިސޯޓްތަކުގަ އެވެ.

އިންޑިއާގައި ކޮވިޑްގެ ކޭސްތައް އިންތިހާ އަށް ގިނަވެ، އެ ގައުމުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. -- އޭއެފްޕީ