އެސްޓީއޯގެ ސްޓޮކްގައި މިހާރު ހުރި ބިސް ކޭހެއް 100ރ. އަށް ވިއްކި ނަމަވެސް އަލަށް ގެންނަ ބިސް ކޭހެއްގެ އަގަކީ އެންމެ ކުރިއެކޭ އެއްގޮތަށް 255ރ. ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
05 މެއި 2021
އެސްޓީއޯގެ ސްޓޮކްގައި މިހާރު ހުރި ބިސް ކޭހެއް 100ރ. އަށް ވިއްކި ނަމަވެސް އަލަށް ގެންނަ ބިސް ކޭހެއްގެ އަގަކީ އެންމެ ކުރިއެކޭ އެއްގޮތަށް 255ރ. ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެސްޓީއޯ އިން "މިހާރު" އަށް ބުނީ އިއްޔެ އިން ފެށިގެން 100ރ. އަށް ވިއްކަމުން އަންނަނީ މުއްދަތު ހަމަވާން ކައިރިވެފައިވާ ބިސް ކޭސްތައް ކަމަށެވެ. މި ކޭސްތަކުގެ މުއްދަތު މި މަހުގެ 15 އަށް ހަމަވި ނަމަވެސް ގިނަ ބިސްތައް އަދިވެސް ރަނގަޅުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މުއްދަތު ހަމަވާން ކައިރިވެފައިވާ ބިސް ކޭހުގެ އަގު ހެޔޮ ކުރީ ރެސްޓޯރެންޓުތައް ފަދަ އެއްފަހަރާ ގިނަ ބިސް ބޭނުންކުރާ ވިޔަފާރިތަކަށް އަގުހެޔޮކޮށް ބިސް ފޯރުކޮށްދީ، އެސްޓީއޯގައި ހުރި ސްޓޮކް ހުސްކުރުމަށް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
އާއްމުކޮށް ބިސް ކޭހެއްގެ މުއްދަތު ހަމަވާނީ ދެ މަސް ދުވަހުގެ ތެރޭގަ އެވެ. ނަމަވެސް ބިހަކީ ހަލާކުވާން ވަކި މުއްދަތެއް އޮންނަ އެއްޗަކަށް ނުވާތީ ބިސް ކޭހުގެ މުއްދަތު ހަމަވިޔަސް އޭގައި ހުންނަ ރަނގަޅު ބިސް ފިހާރަތަކުގައި ވަކިން ވިއްކަ އެވެ.
ބިސް ކޭހެއް އެހާ ހެޔޮ އަގުގައި ވިއްކަން ފެށުމުން، އެއީ މުއްދަތު ހަމަވާން ކައިރިވެފައި ހުރި، އަދި އޭގެ ތެރޭގައި ވަރަށް ގިނަ އަދަދަކަށް ކުނިވެފައި ހުރި ބިސް ހުންނަ ކަމަށް ބުނެ އާންމުން ވަނީ ޝަކުވާ ކޮށްފަ އެވެ.
އެސްޓީއޯއިން ބުނިގޮތުގައި، އެ ކުންފުނިން ބިސް ވިއްކުމުގައި ކަސްޓަމަރުންނަށް އޮޅުވާލައިފައެއް ނުވާނެ އެވެ. ހުރިހާ ކަސްޓަމަރުން ކައިރީގައި ވެސް ބިސް ކޭހުގެ މުއްދަތު މިއަދަށް ހަމަވާނެ ކަމަށް ބުނެފައިވާނެ ކަމަށް ބުންޏެވެ.
ނަމަވެސް، ބިސް ކޭހެއްގެ އަގު 100ރ. އަށް ބަދަލުކޮށް، އެސްޓީއޯ އިން ރޭ ކުރި ޓްވީޓްގައި އެއީ ކިހިނެއް ވެފައި ހުރި ބިސް ކޭސްތަކެއް ބުނެފައެއް ނުވެ އެވެ.
އެސްޓީއޯގެ ރޯދަ ސްޓޮކް: ބިހާއި އަލުވި ވެސް ބާޒާރަށް
އެސްޓީއޯ އިން ބިސް ކޭހެއް 100ރ. އަށް
ބިސް ކޭހެއްގެ އަގު 450ރ. އަށް ބޮޑުވެއްޖެ
އެސްޓީއޯއިން ބިސް ވިއްކަނީ ހެލްތުން އަންގާފައިވާ ގޮތަށް
ރޯދައަށް އެސްޓީއޯއިން ކާބޯތަކެތި އަގު ހެޔޮކޮށް ވިއްކާނެ
އެސްޓީއޯއިން ހޯލްސޭލުކޮށް ކާށި ވިއްކަނީ
އެސްޓީއޯއިން ވިއްކަނީ މީހަކަށް ލޮނުމެދު ކިލޯއެއް
އެސްޓީއޯއިން ލޮނުމެދު ކިލޯއެއް 45ރ. އަށް
ހުޅުމާލޭގައި އެސްޓީއޯގެ ހޯލްސޭލް ސެންޓަރެއް
އެސްޓީއޯގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި