ލ. ގަމު ތުނޑީ އަވަށުގެ މިސްކިތެއްގެ އިމާމު ރޭ ދަމުނަމާދަށް ހުއްޓާ މީހަކު އޭނާ އަށް މީހަކު ހަމަލާ ދީފި އެވެ.
09 މެއި 2021
ލ. ގަމު ތުނޑީ އަވަށުގެ މިސްކިތެއްގެ އިމާމު ރޭ ދަމުނަމާދަށް ހުއްޓާ މީހަކު އޭނާ އަށް މީހަކު ހަމަލާ ދީފި އެވެ.
ގަމު ކައުންސިލް ރައީސް މުހައްމަދު ޝިޔާމް "މިހާރު" އަށް މިއަދު ވިދާޅުވީ ރޭ ދަންވަރު 2:50 ހާއިރު ދަމުނަމާދު ކުރަމުން ދިޔަ ވަގުތު މީހަކު އެ މިސްކިތަށް ވަދެ އިމާމުގެ މައިކު އަތުލައި ހަމަލާދިން ކަމަށެވެ. ނަމާދު ނިމެންދެން އިމާމު މީހާ ކައިރީ ހުރެ ހަޅޭއް ވެސް ލެވި ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"އެ މީހާ މިސްކިތަށް ވަދެގެން އައީ ސީދާ އިމާމަށް ހަމަލާ ދޭން. އައިސް އިމާމު މީހާ ސަޖިދަ އަށް ދިޔަ ވަގުތުގައި ޖެހީ. އަދި މައިކު އަތުލައި އެތަނުގައި ހަޅޭއްލަވަން ހުރީ ނަމާދު ނިމެންދެން،" ޝިޔާމް ވިދާޅުވި އެވެ.
ސޯޓެއް ލައިގެން ހުރި އެ މީހާ އެ ވަގުތު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ޝިޔާމް ތުހުމަތު ކުރައްވަ އެވެ. ނަމާދަށް ފަހު ޖަމާއަތުގައި ތިބި އެހެން މީހުން އޭނާ މިސްކިތުން ނެރެފައިވާ ކަމަށާއި އެ އަށް ފަހު ފުލުހުން ގޮސް އޭނާ ހައްޔަރު ކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"ހަތަރު ގަޑިއިރެއް ފަހުން ދޫކޮށްލި. އެކަމަކު އަދި ހައްޔަރު ކުރާނެ ކަމަށް ބެލެވެނީ،" އޭނާ ވިދާޅުވި އެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވެސް ކަށަވަރު ކޮށްދެ އެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ދާދި ފަހުން އެހެން ރަށެއްގައި މިސްކިތެއްގައި ބަހައްޓާފައި ހުރި ފަންޑު ފޮއްޓެއް ވަގަށް ނެގި މައްސަލައެއް ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.
އިމާމަށް ހަމަލާދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މިސްކިތުގައި ހަމަލާދިން މީހާގެ ބަންދަށް 10 ދުވަސް
ދުވަސްވީ މީހަކަށް ހަމަލާދިން ބިދޭސީއަކު ހައްޔަރުކޮށްފި
މިސްކިތަށް ގެއްލުން ދީގެން ހައްޔަރުކުރި މީހާ ދޫކޮށްފި
ގާބުރިއެއް އެއްލައި ފުރުގާން މިސްކިތަށް ގެއްލުން ދީފި
ގެއަކަށް ވަދެ، މާރާމާރީ ހިންގި މީހަކު ހައްުޔަރުކޮށްފި
ހިތަދޫގައި މާރާމާރީ ހިންގައި މީހަކު ޒަހަމްކޮށްލައިފި
އަމުރަށް ތަނާބުވެ،ސައިކަލްގައި ޖައްސައި ޒަހަމްކޮށްލައިފި
ކުރީގެ ފިރިމީހާ އާއި މިހާރު ލޯބިވެރިޔާއާދެމެދު މާރާމާރީ
ޕީޖީ ޝަމީމަށް ހަމަލާދިން މީހުން ސަލާމަތްވެއްޖެ