Roadha Mihaaru
އިތިއޯޕިއާ އިން އައި މީހެއްގެ އަތުން 3 ކިލޯ ޑްރަގްސް

އިތިއޯޕިއާ އިން އައި އިނގިރޭސި ވިލާތު މީހެއްގެ އަތުން 10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި

09 މެއި 2021

އިތިއޯޕިއާ އިން ރާއްޖެ އައި އިނގިރޭސި ވިލާތު މީހެއްގެ އަތުން 3.4 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިތިއޯޕިއާ އިން ރާއްޖެ އައި އިނގިރޭސި ވިލާތު މީހެއްގެ އަތުން 3.4 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ މި މަސްތުވާތަކެތީގެ މަގުމަތީ އަގު 10 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވައިގެ މަގުން އެތެރެވާން އުޅުނު، 30 އަހަރުގެ އެ މީހާގެ އަތުން މަސްތުވާތަކެތި އަތުލައިގަތީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ކަމަށެވެ.

އެތަނުން ބުނީ، އޭނާ ރާއްޖެ އައިސްފައިވާ ރޫޓާއި އަމަލުތައް ހުރި ގޮތުން އޭނާއާ މެދު ޝައްކުކުރެވިގެން، އޭނާގެ ލަގެޖު ބަލައި ފާސްކުރީ ކަމަށެވެ. އޭގެ ތެރެއިން ފެނުނު ތަކެތި ޓެސްޓުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ޕޮޒިޓީވްވެފައިވެ އެވެ.

މި ތަކެތި އެތެރެކުރި މީހާ މިހާރު ވަނީ ތަހުގީގަށް ފުލުހުންނާ ހަވާލުކޮށްފަ އެވެ.