Roadha Mihaaru

ވައިގެމަގުން އެތެރެކުރަން އުޅުނު ދެ މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ކެނަބިސް ފަތް އަތުލައިގެންފި އެވެ.

ދެމިލިއަން ރުފިޔާގެ ކެނަބިސް ވީއައިއޭއިން އަތުލައިގެންފި
އިފްރާޒް އަލީ
އިފްރާޒް އަލީ

15 ޑިސެމްބަރ 2025

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ކެނަބިސް ފަތް އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް އިން މިއަދު ބުނީ ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެލާނާ އެއާޕޯޓުން މިދިޔަ ހޮނިހިރު ދުވަހު އަތުލައިގެންފައިވާ ކަމަށެވެ. އެއީ ތިން ކިލޯގެ ކެނަބިސް ފަތް ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެ ތަކެތީގެ މަގުމަތީ އަގު 2.4 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރުކުރި ކަމެއް އަދި ނޭނގެ އެވެ.

ވަކި އަދަދަކަށް ވުރެ ގިނައިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހު ވަނީ ތަސްދީގު ކުރައްވައިފަ އެވެ.