16 މެއި 2021
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ދައުވާލިބޭ ޓީޗަރަކު ބަންދުން ދޫކޮށްލާފައި ވަނިކޮށް އޭނާ އަލުން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ދައުވާލިބޭ ޓީޗަރަކު ބަންދުން ދޫކޮށްލާފައި ވަނިކޮށް އޭނާ އަލުން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ރަށެއްގައި ޓީޗަރަކު ތިން ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވީ މިދިޔަ އަހަރު އެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ޝަރުތުތަކާ އެކު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ މިދިޔަ މަހު އެވެ. އޭނާ ދޫކޮށްލީ ކުށުގެ ރެކޯޑެއް ނެތުމާއި އޭނާއަކީ އެރަށުގައި އިހްތިރާމް ލިބިގެންވާ މީހަކަށް ވާތީ އޭނާގެ ފަރާތުން ހެކިންނަށް ނުފޫޒު ފޯރުވުމާއި މުޖްތަމައުއަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު ނެތް ކަމަށް ބުނެ އެވެ. އޭނާގެ ނަމާއި ރަށް ޚަބަރުގައި ހާމަ ކޮށްފައި ނުވަނީ އަނިޔާ ލިބުނު ކުދިންގެ މައުލޫމާތު ހާމަވިޔަ ނުދިނުމަށެވެ.
އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތެއް ކަމަށް ވާތީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެ ހާދިސާ ހިނގި ރަށުގައި އޭނާ ނޫޅުނަސް، އެ ފުރުސަތު އޮންނާނެ ކަމަށާއި އަދި ތުހުމަތު ކުރެވެނީ ޖިނާއީ ބޮޑު ކުށަކަށް ކަމަށް ވާތީ އޭނާ ހުންނަން ޖެހޭނީ ބަންދުގައި ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އެ މީހާ ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލް ކުރާ ކަމަށެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުސައިން މަޒީދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަފީއު އެވެ.
ތަހުގީގުކުރި ގޮތުން ބޮޑު ހުކުމަކުން ސަލާމަތްވެއްޖެ
ކާފަދަރިއާ ބެހުނުކަމުގެ ދައުވާލިބޭމީހަކު ދޫކޮށްލުން ގޯސް
ޔުނާން ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް: ހައި ކޯޓް
ތިން އަހަރުގެ ކުއްޖަކާ ބެހުނު މީހާ ސަލާމަތެއްނުވި
ޖިންސީ ގޯނާގެ ތުހުމަތުވި ދުވަސްވީ މީހާ ދޫކޮށްލައިފި
ރޭޕްކުރުމުގެ ތުހުމަތުވާ މީހަކު ދޫކޮށްލި އަމުރު ބާތިލް
ކުއްޖާގެ ބަޔާން ބަދަލު ކުރިޔަސް، ސަލާމަތެއް ނުވި
ޖިންސީ ގޯނާގެ ތުހުމަތުވާ ފުލުސްމީހާ ސަސްޕެންޑްކޮށްފި
ކުއްޖަކާ ބެހުނުކަމަށް ތުހުމަތުވާ ބައްޕަ އަލުން ބަންދަށް
އެއް ކަމެއް، ދެ ނިންމުމެއް: އޮޅުން ބޮޅުމަކަށް