އިޒްރޭލުން ފަލަސްތީނަށް ހަމަލަދީ، ހިންގަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު އަމަލުތަކެއް ކަމަށާއި ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދަން ރާއްޖެ އިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
16 މެއި 2021
އިޒްރޭލުން ފަލަސްތީނަށް ހަމަލަދީ، ހިންގަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު އަމަލުތަކެއް ކަމަށާއި ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދަން ރާއްޖެ އިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
އިޒްރޭލުން މިހާރު ގެންދަނީ ފަލަސްތީނުގެ ގާޒާ އަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެ ހަމަލާތަކުގައި ފަލަސްތީނުގެ 140 އަށް ވުރެ ގިނަ މީހުން މަރުވެ، 900 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ.
އެކަމާ ގުޅިގެން މިއަދު ބޭއްވި އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން މިނިވަންކަން ހޯދަން މަސައްކަތް ކުރާތާ އެތައް އަހަރެއް ވެފައިވާ ކަމަށާއި އެކަން ކިހާ މުއްދަތަކަށް އަދިވެސް ދެމިގެންދާނެތޯ ސުވާލު އުފެދޭ ކަމަށެވެ. ނިމިދިޔަ ރޯދަމަހާއި އީދު ދުވަހު ވެސް ފަލަސްތީނުގެ ރައްޔިތުން ތިބީ ބިރުވެރިކަމުގައި ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށް ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލް އަގްސާ މިސްކިތުގައި ތިބި އާންމުންނަށް ހަމަލާ ދިނުމާއި ގޭގެ އާއި އާންމުންނަށް އަމާޒުކޮށްދީ، ގޭގެއިން މީހުން ނެރުމަށް ކުރަމުންދާ މަސައްކަތްތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން ހިންގަމުންދާ އަމަލުތަކެއް ކަމަށެވެ.
ޝާހިދު ވިދާޅުވި ގޮތުގައި އިރުމަތީ ގުދުސް ހިމެނޭހެން ފަލަސްތީނުގެ އިން ވަކިކޮށް، މިނިވަން ދައުލަތެއްގެ ދަރަޖަ ލިބެންޖެހެ އެވެ. އަދި އެކަމަށް ވަކާލާތު ކުރުމުގައި ރާއްޖެއިން އަބަދުވެސް ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އޯއައިސީގެެ މިއަދުގެ ބައްދަލުވުމުގައި މެމްބަރު ގައުމުތަކުން ވަނީ އިޒްރޭލުގެ އަމަލުތައް ކުށްވެރި ކުރުމާ އެކު، ހަމަލާތައް ހުއްޓާލަން ގޮވާލާ ބަޔާން ނެރުމަށް ނިންމައިފަ އެވެ.
އިތުރު ބިންތަކަށް އެރުމަކީ ހަމަޖެހުން ނަގާލުމުގެ ބައެއް
އޯއައިސީގެ ބައްދަލުވުމަށް ޝާހިދު ސައުދީއަށް ވަޑައިގެންފި
ގާޒާ ހޮސްޕިޓަލް ހަމަލާ އިންސާނިއްޔަތާ ހިލާފު: ސަރުކާރު
އިޒްރޭލްގެ އުދުވާން އޯއައިސީގައި ވެސް ކުށްވެރިކޮށްފި
ގާޒާ ބޯޑަރުގައި ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
ނަތަންޔާހޫ ދެއްކި ވާހަކަތައް ރާއްޖެއިން ކުށްވެރިކޮށްފި
އދ. ގެ އޮފީސް އިޒްރޭލުން އަތުލުން ކުށްވެރިކޮށްފި
ގާޒާ ސްކޫލަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
ފެނަށް ޖެއްސުން އެކަނި އިޒްރޭލާ ދެކޮޅު ހެއްކަކަށް ފުދޭ
ފަލަސްތީނުގެ ހައްގުގައި ރާއްޖޭން އައިސީޖޭގައި ބަޔާންދެނީ