Roadha Mihaaru
ގާޒާ ބޯޑަރުގައި ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

ގާޒާ ބޯޑަރުގައި އިޒްރޭލުން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

31 މާޗް 2018

ފަލަސްތީނުގެ ގާޒޯ ބޯޑަރު ސަރަހައްދުގައި އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ ބަޔަކު ޝަހީދު ކޮށްލި ހާދިސާ ރާއްޖެ އިން މިރޭ ކުށްވެރިކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފަލަސްތީނުގެ ގާޒޯ ބޯޑަރު ސަރަހައްދުގައި އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ ބަޔަކު ޝަހީދު ކޮށްލި ހާދިސާ ރާއްޖެ އިން މިރޭ ކުށްވެރިކޮށްފި އެވެ.

ގާޒާ ބޯޑަރު ސަރަހައްދުގައި އިޒްރޭލުން އިއްޔެ ދިން ހަމަލާތަކުގައި 16 މީހަކު ޝަހީދު ކޮށްލި ހާދިސާ އަކީ 2014 ގައި އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކަށް ފަހު، އެންމެ ގިނަ މީހުން ޝަހީދު ކޮށްލި ހާދިސާ އެވެ.

އެކަމާ ގުޅިގެން ފަލަސްތީނުގެ ފޮރިން މިނިސްޓަރު ޑރ. ރިޔާޒް މާލިކީ އަށް ރާއްޖޭގެ ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ފޮނުއްވި މެސެޖްގައި، އެ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށާއި އެ ހާދިސާގައި ޝަހީދުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ފަލަސްތީނާ އެކު ރާއްޖެ އިން އަބަދުވެސް ސާބިތުވެ އޮންނާނެ ކަމަށާއި ފަލަސްތީނުގެ ހައްްގުގައި ބައިނަލްއަގްވާމީ މުޖްތަމައުގައި ރާއްޖެ ދެމި އޮންނާނެ ކަމަށް ވެސް އާސިމް ވިދާޅުވި އެވެ.

އިޒްރޭލުން އިއްޔެ ދިން ހަމަލާތައް އދ. ގެ ސަލާމަތީ މަޖިލީހުން ވެސް ވަނީ ކުށްވެރި ކޮށްފަ އެވެ.