މިދިޔަ މަހުގެ ދިހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑު އާއި ފުވައްމުލަކު އަދި ހދ. ކުޅުދުއްފުށީގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގަތް ތިން ބޭފުޅުން މަގާމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.
17 މެއި 2021
މިދިޔަ މަހުގެ ދިހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑު އާއި ފުވައްމުލަކު އަދި ހދ. ކުޅުދުއްފުށީގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގަތް ތިން ބޭފުޅުން މަގާމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.
އައްޑޫގެ މޭޔަރު ކަމަށް އިންތިހާބުވެ ވަޑައިިގެން، އެމްޑީޕީގެ ކެންޑިޑޭޓު އަލީ ނިޒާރު މަގާމުގެ ހުވާކުރެއްވީ، އައްޑޫ ހައި ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އައްޑޫ ސިޓީ ކައުންސިލަށް އިންތިހާބުވި މެމްބަރުންނާ އެކު ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔައިރު އެ ސިޓީ އަށް އަދި ޑެޕިއުޓީ މޭޔަރަކު އިންތިހާބުކުރީ މެންދުރު ފަހު ބޭއްވި ބައްދަލުވުމެއްގަ އެވެ. ޑެޕިއުޓީ މޭޔަރަކަށް އިންތިހާބުވެވަޑައިގަތީ މުހައްމަދު ޝުއާއު އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންގެ ހުވާކުރުން-- ފޮޓޯ: އައްޑޫލައިވް
އައްޑޫގެ އިތުރުން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް އިންތިހާބުވި ބޭފުޅުން ވެސް މިހާރު ވަނީ ހުވާ ކުރައްވައިފަ އެވެ. ފުރަތަމަ ފަހަރަށް ކުޅުދުއްފުށީ މޭޔަރުކަމުގެ މަގާމު ލިބިވަޑައިގަތީ އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރެއްވި މުހައްމަދު އާތިފަށެވެ.
އެމްޑީޕީ އަށް ސުޕަ މެޖޯރިޓީ ލިބިފައި އޮތް ކުޅުދުއްފުށީގެ ޑެޕިއުޓީ މޭޔަރަކު އިންތިހާބުކުރުން އޮތީ މިއަދު މެންދުރު 14:30 ގައި ކަމަށް މައުލޫމާތު ލިބެ އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅުން ވެސް މިއަދު ހެނދުނު މަގާމުގެ ހުވާކުރެއްވި އެވެ.
އެ ސިޓީގެ މޭޔަރަކަށް އެމްޑީޕީގެ ކެންޑިޑޭޓް އިސްމާއިލް ރަފީގް އިންތިހާބުވެ ވަޑައިގަތް އިރު އެ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް އިންތިހާބުވެވަޑައިގަތީ، މުހައްމަދު ފިކްރީ އެވެ.
މި ތިން ސިޓީގެ ވެސް މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. އެކަމަކު ފެށުނީއްސުރެ އެމްޑީޕީ އަށް މެޖޯރިޓީ އޮތް މާލޭގެ މޭޔަރުކަން މިފަހަރު ލިބުނީ ޕީޕީއެމްއަށެވެ.
މޭޔަރުކަމަށް ގާބިލް ކެންޑިޑޭޓުން ކުރިމަތިލި: ޕީޕީއެމް
ސިޓީތަކުން އަވަހަށް ޕާސްޕޯޓް ދޫކުރަނީ
ހަކަތަ މަޝްރޫއުގެ ބީލަމުގެ މުއްދަތު އިތުރުކޮށްފި
"ގެއްލުނު މީހާ ހޯދުން ހުއްޓާލި ކަމަށް ބުނީ އޮޅިގެން"
ބޯޓަކުން ކަނޑަށް ގެއްލުނު މީހާ އަދިވެސް ނުފެނޭ
އައްޑު އާއި ފުވައްމުލަކުގެ ނޭޗާ ޕާކް މަރާމާތުކުރަނީ
ފުވައްމުލަކުގެ މަގު ބައްތިތައް ސްމާޓް ލައިޓިންއަށް
ކައުންސިލްތަކުގެ ހަރަދު ކުޑަކުރަން ހާއްސަ ފިޔަވަޅުތަކެއް
ރައީސް މުއިއްޒު ދެކުނުގެ ހަތަރު އަތޮޅަށް
އައްޑޫގެ އެހީއާއެކު ފުވައްމުލަކު 2އަވަށަށް ކަރަންޓްދީފި