ރައީސް ޑރ. މުހައްމަދު މުއިއްޒު ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ފުވައްމުލަކާއި އައްޑު އަށް މިއަދު ފުރާވަޑައިގެންފި އެވެ.
04 ނޮވެމްބަރ 2025
ރައީސް ޑރ. މުހައްމަދު މުއިއްޒު ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ފުވައްމުލަކާއި އައްޑު އަށް މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ރައީސް އެންމެ ފުރަތަމަ ވަޑައިގަންނަވާ ގޮތަށް ހަމަޖައްސާފައި ވަނީ މިއަދު ފުވައްމުލަކަށެވެ.
މާދަމާ އައްޑު އަށް ވަޑައިގެން އެ ސިޓީގެ ގުޅިފައިވާ ރަށްރަށާއި ވަކިން އޮންނަ ހުޅުދު އާއި މީދޫގެ ރައްޔިތުންނާ އެ މަނިކުފާނު ބައްދަލު ކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
ފުވައްމުލަކާއި އައްޑު އަށް ކުރައްވާ މި ދަތުރުފުޅުގައި ސިޓީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި އެ ރަށްރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް ބައްދަލުކުރަން ވަނީ ހަމަޖެހިފަ އެވެ.
އެ ރަށްރަށުގެ ތަރައްގީއަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބައެއް މަޝްރޫއުތައް ފައްޓަވައި ދެއްވުމާއި ނިމިފައިވާ ބައެއް މަޝްރޫއުތައް އިފުތިތާހުކޮށްދެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އައްޑުއަށް ވަޑައިގަންނަވާއިރު، އައްޑޫ ސިޓީން ހުޅުދު އާއި މީދޫ ވަކިކޮށް، އެ ދެ ރަށަށް ވެސް ވަކި ދެ ކައުންސިލެއް އުފައްދަން އެމަނިކުފާނު ރޭ ވަނީ ނިންމަވައިފަ އެވެ. އެގޮތަށް ރައީސް ނިންމެވީ، އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން ވަކިވާން އައްޑޫގައި އެއްފަސްކޮށް އުފެދިފައިވާ ރަށްރަށާއި މުޅިން ވަކިން އޮންނަ މީދު އާއި ހުޅުދޫގެ އިތުރުން ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް މިދިޔަ މަހުގެ 25 ގައި ނެގި ފެންނަ/ނުފެންނަ ވޯޓުގެ ނަތީޖާއަށް ރިއާޔަތް ކުރައްވައި ނެރުއްވި ގަރާރެއްގަ އެވެ.
ރައީސް އޮފީހުން ބުނީ މިއީ ރައީސް މުއިއްޒުގެ ވައުދާ އެއްގޮތަށް، ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ބެއްލެވުމަށާއި މި ރިޔާސީ ދައުރުގެ ތެރޭގައި ދެ ފަހަރު މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ޒިޔާރަތް ކުރެއްވުމަށް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ސިލްސިލާކޮށް ކުރިއަށް ގެންދަވާ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
ފުވައްމުލަކާއި އައްޑުއަށް ރައީސް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި، އެނބުރި މާލެ ވަޑައިގަންނަވާނީ މާދަމާ އެވެ. އެ މަނިކުފާނު އެންމެ ފަހުން މިދިޔަ މަހު ވަޑައިގަތީ ޅ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްރަށަށެވެ.
10 އަހަރަށް ބޭނުންވާ ކަރަންޓު ކެޕޭސިޓީ އައްޑޫ، ފުވައްމުލަކުގައި ގާއިމްކުރަނީ!
ރައީސް މުއިއްޒު ދެކުނުގެ ހަތަރު އަތޮޅަށް
ގޫގުލް އިން ރާއްޖޭގައި ސަބްމެރިން ކޭބަލް ސްޓޭޝަނެއް
ހިތަދޫ މޫލެކެޑެ ނުހިއްކަން އެދި ރައީސަށް ސިޓީއެއް
އައްޑޫގެ ބޮޑު ތިން ވައުދަށް ވެސް ބޮޑެތި ކާމިޔާބީތަކެއް
އައްޑޫގެ ރަށްތަކުގައި 200 ހައުސިން ޔުނިޓް އަޅަނީ
އައްޑޫގައި 1000އެނދުގެ އައްސޭރިޓޫރިޒަމްގެ މަޝްރޫއެއް
އައްޑޫ ލިންކް ރޯޑާއި ހައިވޭ އަލުން ހަދަން ފަށައިފި
ޝަންގްރިއްލާގެ މަސައްކަތްތައް ރައީސް ބައްލަވާލަައްވައިފި
ވަރުގަދަ އަސްކަރީ ބާރެއް އޮންނަންޖެހޭ: ރައީސް