18 މެއި 2021
ނ. ކުޑަފަރީގެ ފެނާއި ނަރުދަމާގެ ނިޒާމުގެ 31 ޕަސެންޓު މަސައްކަތް އެމްޑަބްލިއުއެސްސީން ނިންމާލައިފި އެވެ.
ނ. ކުޑަފަރީގެ ފެނާއި ނަރުދަމާގެ ނިޒާމުގެ 31 ޕަސެންޓު މަސައްކަތް އެމްޑަބްލިއުއެސްސީން ނިންމާލައިފި އެވެ.
މި މަޝްރޫއުގެ ދަށުން، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގްގެ 58 ޕަސެންޓާއި 9.5 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކްގެ 93 ޕަސެންޓު މަސައްކަތް ވެސް ވަނީ ނިންމައިފަ އެވެ.
ކުޑަފަރީގެ ނަރުދަމާގެ މަޝްރޫއަށް 38 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވެ އެވެ.
އެ ރަށުގައި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާނގީ ބަހައްޓާނެ އެވެ. އަދި 169 ގެއަކަށް ފެނުގެ ކަނެކްޝަން ގުޅައިދީ، ފެންމީޓަރު ބަހައްޓައި ދިނުމާއި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެ އެވެ.
މި މަޝްރޫއުގެ ނަރުދަމާ ނިޒާމުގައި ހިމެނޭ 8.1 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ 50 ޕަސެންޓު އަދި ޕަންޕިން ސްޓޭޝަންތަކުގެ 44 ޕަސެންޓު މަސައްކަތް ވަނީ ނިންމައިފަ އެވެ. ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކުޑަފަރީގައި 650 މީޓަރުގެ ޕަމްޕިން ލައިން އެޅުމާއި އެއް ސީ އައުޓް ފޯލް ހަދާނެ އެވެ.
މި ޕްރޮޖެކްޓްގެ ދަށުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ، ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭނެ އެވެ. އަދި ފެނާއި ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރާއި ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ވެސް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެ އެވެ.
ކުމުންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއު ނިންމާލައިފި
ޕަމްޕް ސްޓޭޝަންތަކުގައި ވަސް ކޮންޓްރޯލް ކުރާ ސިސްޓަމެއް
މާފުށީގެ ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށަނީ
ކެންދޫގައި ނަރުދަމާގެ މަސައްކަތް ފަށަނީ
ހަތަރު ރަށެއްގެ ފެނާއި ނަރުދަމާ ނިންމާލައިފި
ކުޑަފަރީގެ ފެނާއި ނަރުދަމާގެ ބޮޑު ބައި ނިންމާލައިފި
ހިރިމަރަދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް
ހިމަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް
ތަކަންދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރިއަށް
އެމްޑަބްލިޔުއެސްސީ:ރައްޔިތުންގެ ހިދުމަތުގައި 26 އަހަރު