Roadha Mihaaru
ކޮވިޑް: އައްޑޫން 22 މީހަކު ރަނގަޅުވެއްޖެ

ކޮވިޑް-19: އައްޑޫން 22 މީހަކު ރަނގަޅުވެއްޖެ، އެޑްމިޓް ކޮށްފައި ވަނީ ދެ މީހެއް

19 މެއި 2021

އައްޑޫގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން 22 މީހަކު އެ ބަލިން އިއްޔެ ރަނގަޅުވެފައިވާ ކަމަށާއި އެޑްމިޓް ކޮށްގެން މިހާރު ފަރުވާ ދެނީ ދެ މީހަކަށް ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން މިއަދު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން 22 މީހަކު އެ ބަލިން އިއްޔެ ރަނގަޅުވެފައިވާ ކަމަށާއި އެޑްމިޓް ކޮށްގެން މިހާރު ފަރުވާ ދެނީ ދެ މީހަކަށް ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން މިއަދު ބުނެފި އެވެ.

އެތަނުން ބުނީ، އައްޑޫގައި ކޮވިޑް ޖެހިފައިވާ މީހުންގެ މިހާރުގެ އަދަދަކީ 112 ކަމަށެވެ. އެ ބައްޔަށް އިއްޔެ ޕޮޒިޓިވްވީ އެންމެ މީހެކެވެ. އެކަމަކު އޭގެ ކުރީ ދުވަހު 26 މީހަކަށް އަލަށް އެ ބަލި ޖެހުނެވެ.

އައްޑޫގައި މިދިޔަ މަހުން ފެށިގެން ކޮވިޑް ޖެހޭ މީހުން އިތުރުވަމުންދާއިރު، 134 މީހަކު ވަނީ މިހާތަނަށް އެ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.

ހިތަދު އާއި ހުޅުދޫން ކޮންމެ އަވަށަކުން 45 މީހަކު ކޮވިޑަށް ޕޮޒިޓިވް އެވެ. މީދޫން ޕޮޒިޓިވް މީހުންގެ އަދަދު އަށަކަށް ދަށްވެފައިވާ އިރު ފޭދޫގެ ކޭސްތައް ފާއިތުވި ދެ ދުވަހު ވެސް ހުރީ 12 ގަ އެވެ.

މަރަދޫފޭދު އާއި ބަންދުކޮށްފައިވާ ޝަންގްރިއްލާ ވިލިނގިިލި ރިސޯޓުން ކޮންމެ ތަނެއްގައި އުޅެނީ އެއް ކޭހެވެ..

އައްޑޫން އަނެއްކާވެސް ކޮވިޑް ފެނި، މި މަހުގެ 1 އިން ފެށިގެން މުޅި އެ ސިޓީ މޮނިޓަރިންގެ ހާލަތުގައި އޮތްއިރު މިހާތަނަށް 2،273 ސާމްޕަލް ނަގާފައިވެ އެވެ. ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދަކީ 383 އެވެ.