ބްރައުޒާއެއްގެ ގޮތުގައި އިންޓަނެޓް އެކްސްޕްލޯރާ އަކީ މިހާރު މާ ގިނަ ބަޔަކު ބޭނުންކުރާ އެއްޗެއް ނޫނެވެ، ކުރިން ގިނަ ބަޔަކު ބަރޯސާވި އެކްސްޕްލޯރާ އަކީ މި ޒަމާނަށް ބަލާ އިރު މިހާރު މާ ބޮޑަށް މުސްކުޅިވެއްޖެ އެވެ.
22 މެއި 2021
ބްރައުޒާއެއްގެ ގޮތުގައި އިންޓަނެޓް އެކްސްޕްލޯރާ އަކީ މިހާރު މާ ގިނަ ބަޔަކު ބޭނުންކުރާ އެއްޗެއް ނޫނެވެ، ކުރިން ގިނަ ބަޔަކު ބަރޯސާވި އެކްސްޕްލޯރާ އަކީ މި ޒަމާނަށް ބަލާ އިރު މިހާރު މާ ބޮޑަށް މުސްކުޅިވެއްޖެ އެވެ.
އެހެންވެ އެ ހުއްޓައިލުމުގެ ވާހަކަ ދެކެތޭ ގިނަ ދުވަސްތަކެއް ފަހުން މައިކްރޮސޮފްޓުން ބުނި ގޮތުގައި އިންޓަނެޓް އެކްސްޕްލޯރާ "ނިދާނީ" އަންނަ އަހަރުގެ ޖޫން 15 ގަ އެވެ. އެހެންވެ އޭގެ ފަހުން މައިކްރޮސޮފްޓް 10 ގައި ވެސް އެކްސްޕްލޯރާ ބޭނުމެއް ނުކުރެވޭނެ އެވެ.
މި ބްރައުޒާ އަކީ ވިންޑޯސް 95، އާ އެކު 1995 ގައި ވުޖޫދަށް ގެނައި އެއްޗެކެވެ. އޭގެ 26 އަހަރު ފަހުން އިންޓަނެޓް އެކްސްޕްލޯރާ ހުއްޓައިލާ އިރު، މައިކްރޮސޮފްޓް 10 އެކު ދެން އެއްޗަކަށް ވާނީ "މައިކްރޮސޮފްޓް އެޖް" ކިޔާ ބްރައުޒާ އެވެ.
އެ ބްރައުޒާ އަކީ އެންމެ ފުރަތަމަ 2015 ގައި ބޭނުން ކުރަން ފެށި އެއްޗަކަށް ވިޔަސް ވިންޑޯސް 10 އާ އެކު ވަނީ އިތުރަށް ތަރައްގީކޮށް، އެ އާ ކޮށްފައި އެވެ. އެހެންވެ މައިކްރޮސޮޓުން ބުނީ "އެޖް" ބްރައުޒަކީ ބޭނުންކުރަން ފަސޭހަ، ވަރަށް ހަލުވި އެއްޗަކަށް ވާނެ ކަމަށެވެ.
"މިއީ ޒަމާނަށް ފެތޭ، މޮޑަން ބްރައުޒާއެއް. އަވަސްވެފައި ބޭނުންކުރަން އެހާމެ ރައްކާތެރި އެއްޗަކަށް ވާނެ." މައިކްރޮސޮފްޓް އެޖް ޕްރޮގްރާމް މެނޭޖަރު ޝޯން ލިންޑަޒޭ ވިދާޅުވި އެވެ.
އިންޓަނެޓް އެކްސްޕްލޯރާ ނިޒާމުން ގެއްލުމުގެ މަގުމަތީގައި މިހާރު އޮތް އިރު އެ ބްރައުޒާ އަކީ 2000 އާއި 2005 ހިސާބުގައި މާކެޓް ޝެއާގައި 90 ޕަސަންޓާ އެކު ރަސްކަންކުރަމުން ދިޔަ އެއްޗެކެވެ.
ފަހުން ވުޖޫދަށް އައި ބްރައުޒާތަކުގެ ތެރޭގައި ފަޔަފޮކްސް، ކްރޯމް، އޮޕަރާ އަދި ސަފާރީ ހިމެނެ އެވެ.
ވިންޑޯސް 11 އާ އެކު އިންޓަނެޓް އެކްސްޕްލޯރާ ފޮހެލަނީ
މައިކްރޮސޮފްޓް އެޖާއި ކްރޯމް "ތަޅާފޮޅުމެއްގައި"
ފަޔަފޮކްސްގެ މަގުބޫލުކަން ވަރަށް ބޮޑަށް ދަށްވެއްޖެ
އިންޓަނެޓް އެކްސްޕްލޯރާ އަށް އަލްވަދާއު
އެޖް އަންއިންސްޓޯލެއް ނުކުރެވޭނެ: މައިކްރޮސޮފްޓް
މައިކްރޮސޮފްޓް އެޖް ރައްކާތެރިއެއް ނޫން
ސްޓިކީ ނޯޓްސް، އައުޓްލުކަށް އަންނަނީ
މައިކްރޮސޮފްޓް "އެޖް" އަށް އާ ލޯގޯއެއް
އެޖް ބްރައުޒާ ބަލައިގެން ބޭނުންކުރޭ، ބަގެއް އެބަ އުޅޭ
ވިންޑޯޒް ވިސްޓާ ހުއްޓާލައިފި