ވިންޑޯޒް ބޭނުންކުރާ މީހުންނަށް "ސްޓިކީ ނޯޓްސް" އަލެއް ނުވާނެ އެވެ. މައިކްރޮސޮފްޓް ވިންޑޯޒް 7، ވިންޑޯޒް 8 އަދި ވިންޑޯޒް 10 ބޭނުންކުރާ ނަމަވެސް، ސްޓިކީ ނޯޓްސް އަކީ، ނޯޓް ނަގަން ފަސޭހަ އަދި އަތަށް ލުއި އެޕްލިކޭޝަނެއް ގޮތުގައި ފާހަގަކުރެވިފައި ވާނެ އެވެ.
11 ޑިސެމްބަރ 2019
ވިންޑޯޒް ބޭނުންކުރާ މީހުންނަށް "ސްޓިކީ ނޯޓްސް" އަލެއް ނުވާނެ އެވެ. މައިކްރޮސޮފްޓް ވިންޑޯޒް 7، ވިންޑޯޒް 8 އަދި ވިންޑޯޒް 10 ބޭނުންކުރާ ނަމަވެސް، ސްޓިކީ ނޯޓްސް އަކީ، ނޯޓް ނަގަން ފަސޭހަ އަދި އަތަށް ލުއި އެޕްލިކޭޝަނެއް ގޮތުގައި ފާހަގަކުރެވިފައި ވާނެ އެވެ.
ސްޓީކީ ނޯޓްސް އައުޓްލުކް އަންނަނީ އެވެ. އަދި އެ ވެސް ވެބް އައުޓްލުކަށެވެ. މިއީ ވެބް އައުޓްލުކް ބޭނުންކުރާ މީހުންނަށް، އޮބިނޯންނަ ވަރުގެ ފަސޭހައަކަށް ވާނެ އެވެ.
ސްޓީކީ ނޯޓްސް ވެބް އައުޓްލުކް އަށް ދޫކޮށްލުމުގެ ކުރިން، މައިކްރޮސޮފްޓުން ވަނީ ޓެސްޓްތަކެއް ކޮށްފަ އެވެ. އެއީ ވިންޑޯޒް 10 ޑެސްކްޓޮޕް، މޮބައިލް ޑިވައިސްތައް އަދި "ވަންނޯޓް" ގައި ގާއިމުކޮށް ވަނީ ވެބް ބްރައުޒާގައި ރަނގަޅަށް މަސައްކަތްކުރޭތޯ ބަލާފަ އެވެ.
މައިކްރޮސޮފްޓްގެ ހުރިހާ އެޕްލިކޭޝަނެއް ޝާމިލްވާ ގޮތަށް، އެޕްލިކޭޝަންތަކުގެ މެދުގައި، ސްޓިކީ ނޯޓްސް ބޭނުންހިފުމަށް މި އެޕްލިކޭޝަނަށް ގިނަ ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. ސްޓިކީ ނޯޓްސް ގައި ލިޔާ ނޯޓްތައް "އޮންލައިން ސިންކް"ކުރެވޭ ގޮތް ވެސް ވަނީ ހަދާފަ އެވެ. މާނަ އަކީ ވިންޑޯޒް 10 ގައި ނަގާ ނޯޓްތައް، ވެބް އައުޓްލުކް އަދި ވަންނޯޓުން ވެސް ކިޔައި އަދި ބަދަލުގެނެވުމެވެ.
ސްޓިކީ ނޯޓްސްގެ އެންމެ ހިތްގައިމު ސިފަ އަކީ، ވިންޑޯޒް ޑެސްކްޓޮޕްގެ އެކި ތަންތަނުގައި، ކުދި ކަރުދާ ނޯޓްތަކެއްހެން، ނޯޓްތައް ތަތްކޮށްލެވުމެވެ.
މައިކްރޮސޮފްޓް އެޖާއި ކްރޯމް "ތަޅާފޮޅުމެއްގައި"
ވިންޑޯސް 11 އާ އެކު އިންޓަނެޓް އެކްސްޕްލޯރާ ފޮހެލަނީ
އިންޓަނެޓް އެކްސްޕްލޯރާ ހުއްޓާލާނީ ޖޫން 2022 ގައި
ވިންޑޯޒް ކަލްކިޔުލޭޓަރުގައި "ގްރާފިން މޯޑް" ހިމަނަނީ
އެޖް ބްރައުޒާ ބަލައިގެން ބޭނުންކުރޭ، ބަގެއް އެބަ އުޅޭ
ގޫގުލް އަށް ވިންޑޯޒް އިން ބަގެއް ފެނިއްޖެ
ވިންޑޯޒް 11 ނެރުން އަވަސްކޮށް، އަންނަމަހުގެ 5 އަށް
ވިންޑޯޒް 11 އާ އެކު "ޕެއިންޓް" އާކުރަނީ
ވިންޑޯޒް 11: އަޕްޑޭޓިންގައި މަސައްކަތެއް ނުހުއްޓޭނެ
ވިންޑޯޒް 10ގެ ނިމުން 2025 ގައި