ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު މަރުވަމުންދާތީ، ކުރީގެ ރައީިސް އަބްދުﷲ ޔާމީން ހުންނެވީ ގައުމާ މެދު ކަންބޮޑުވެވަޑައިގެންފައި ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ބުނެފި އެވެ.
24 މެއި 2021
ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު މަރުވަމުންދާތީ، ކުރީގެ ރައީިސް އަބްދުﷲ ޔާމީން ހުންނެވީ ގައުމާ މެދު ކަންބޮޑުވެވަޑައިގެންފައި ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ބުނެފި އެވެ.
އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު، އިދިކޮޅު ލީޑަޝިޕަށް ދެ ގަޑިއިރެއް ހާއިރަށް ޔާމީންއާ ބައްދަލުވުމުގެ ފުރުސަތު ލިބުނު ކަމަށެވެ.
މިދިޔަ މަހުގެ 19 ވަނަ ދުވަހު ޔާމީން، ވަގުތީ ގޮތުން ޖަލުން ގެއަށް ބަދަލުކުރި ފަހުން، އެ މަނިކުފާނުގެ ގެކޮޅަށް އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން ވަޑައިގެން ޔާމީންއާ އެކު ބޭއްވި ބައްދަލުވުމުގެ ބައެއް މެސެޖުތައް ޔާމީންގެ ފަރާތްޕުޅުން ޝިޔާމް މިއަދު ނޫސްވެރިންނާ ހިއްސާކުރެއްވި އެވެ.
އޭނާ ވިދާޅުވީ، ޔާމީން ހުންނެވީ ވަރަށް ގަދަކޮށް ކަމަށެވެ. އެކަމަކު، ރާއްޖޭގެ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ އެ މަނިކުފާނު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެންފައި ކަމަށް ވިދާޅުވި އެވެ.
"ކޮވިޑްގެ ކަންތައްތައް މެނޭޖް ކުރެވެމުންދާ ގޮތާ މެދު [ޔާމީންގެ] ވަރަށް ބޮޑަށް ކަންބޮޑުވުންތައް ހުރި،" ޝިޔާމް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑްގައި އެތައް ބަޔަކު މަރުވެ، ކަންކަން ގޯހުންގޯހަށް ދާއިރު، ސަރުކާރުން އެކަން މެނޭޖު ކުރުމުގައި ފެއިލް ވެފައިވާ ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. ހާއްސަކޮށް މި ހާލަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އިސް ސަފަށް ނުކުމެވަޑައިގެން ކަންކަން އޮޅުން ފިލުއްވައި ނުދެއްވާ މައްސަލަ ވެސް ވަރަށް ބޮޑެވެ.
ޕީޕީއެމްއަކީ ސިޔާސީ ޕާޓީއެއް ނަމަވެސް ގައުމު އަބަދުވެސް އިސްކޮށްގެން މަސައްކަތްކުރާ ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެ މަނިކުފާނު ތަކުރާރުކޮށް އެދިވަޑައިގަތް"--- ޝިޔާމް
ޝިޔާމް ވިދާޅުވިގޮތުގައި، މި ހާލަތުގައި ވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ބުރޫއަރާ ފަދަ ކަންތައްތައް ކުރިމަތިވަމުންދާތީ، ވާދަވެރި ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ކުރާ މަސައްކަތް އިތުރަށް ފުޅާކުރުމަށް ވެސް ޔާމީން އެދިވަޑައިގަތެވެ.
"ޕީޕީއެމްއަކީ ސިޔާސީ ޕާޓީއެއް ނަމަވެސް ގައުމު އަބަދުވެސް އިސްކޮށްގެން މަސައްކަތްކުރާ ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެ މަނިކުފާނު ތަކުރާރުކޮށް އެދިވަޑައިގަތް. އަދި ސިޔާސީ ގޮންޖެހުންތަކާއި ކުރިއަށް ކުރަން ހުރި ކަންކަމުގެ ވެސް އެ މަނިކުފާނުގެ މަޝްވަރާ ދެއްވި،" ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވި އެވެ.
އޭނާ މިއަދު ވެސް ވަނީ ޔާމީން ނުހައްގުން ޖަލަށްލާފައި ކަމަށް ވިދާޅުވާވިދާޅުވުން ތަކުރާރުކުރައްވައިފަ އެވެ. އަދި ޔާމީން ޖަލަށް ލާފައި ހުންނަތާ 18 މަހާ ގާތްވެފައިވާއިރު އަދުލު އިންސާފު ފެއިލްވެފައި އޮތް މިންވަރާ މެދު ވެސް އެ މަނިކުފާނާއެކު އިިދިކޮޅު ލީޑަޝިޕުން މަޝްވަރާކުރި ކަމަށް ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ޔާމީންއާ އެކު އޮތް ބައްދަލުވުމަށް ފަހު ޕީޕީއެމް/ޕީއެންސީ އަށް ވަނީ އިތުރު ހިތްވަރެއް ލިބިފަ އެވެ.
ޝިޔާމް ވިދާޅުވީ، ޔާމީން މިނިވަންކުރަން ކުރަން ޖެހުނު ހުރިހާ މަސައްކަތެއް ކުރުމުގެ ހިތްވަރު އިދިކޮޅުގެ އެބަހުރި ކަމަށާއި އެ މަސައްކަތްތައް ހުއްޓާލާނީ ވެސް ކާމިޔާބު ހޯދުމަށް ފަހު ކަމަށެވެ. އަދި 2023 އިން ފެށިގެން ރާއްޖޭގެ އާ ރައީސަކަށް ވާނީ ޔާމީން ކަމަށް ވެސް ވިދާޅުވި އެވެ.
އިދިކޮޅުގެ ޖަވާބު ބަދަލު ނުވާނެ "ކެންޑިޑޭޓަކީ ޔާމީން"
ޕީޕީއެމުން ކޯލިޝަނަށް ތައްޔާރު، އެކަމަކު ޝަރުތުތަކެއް
އިންޑިއާގެ އެއްބަސްވުންތައް ހާމަކޮށް، އުވާލާނެ: ޝިޔާމް
ޔާމީން ދެން ނުހިފެހެއްޓޭނެ، 2023 ނޫން ގޮތެއް ނެތް
ހިޔާ ފްލެޓްތަކަށް ވަންނަން ކުރި ހަރަދު ދޭނަން: ޝިޔާމް
"ޔާމީން ގެއަށް ބަދަލުކޮށް، އިސްތިއުނާފް އަވަސްކޮށްދީ"
މިނިމަމް ވޭޖަކީ 6،000ރ. ކަމަށް ބުނެ ފާޑުކިއުން!
"އެއްވުމަކުން ހައްޔަރުކުރި މީހަކު ބަންދުކުރީ ގޯސްކޮށް"
ޔާމީނަށް އިންސާފު ލިބޭނެ ކަމަކަށް ނުދެކެން: ސައީދު
ވަކިން ކޮމިޓީއެއް ނުހެދޭނެ، ފިޔަވަޅު އަޅާނަން: ޝިޔާމް