24 މެއި 2021
ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި ސްކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވާދެމުން އަންނަ މި ވަގުތު، ދަރިވަރުންނާއި ޓީޗަރުންނަށް ޑޭޓާ ލިބޭނީ ހަމައެކަނި ދިރާގުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި ސްކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވާދެމުން އަންނަ މި ވަގުތު، ދަރިވަރުންނާއި ޓީޗަރުންނަށް ޑޭޓާ ލިބޭނީ ހަމައެކަނި ދިރާގުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި އެންގުމެއްގައި ބުނީ އޮންލައިންކޮށް ކިޔެވުމަށް މީގެ ކުރިން ދިރާގާއި އުރީދޫން ޑޭޓާ ފޯރުކޮށްދިން ނަމަވެސް މިހާރު ދެން ޑޭޓާ ލިބޭނީ ދިރާގުން އެކަނި ކަމަށެވެ.
އެ މިނިސްޓްރީން ބުނީ އާ އުސޫލުގެ ދަށުން، ޑޭޓާ ބޭނުންވާ ފަރާތްތަކުން ދިރާގު ނަންބަރެއް ސްކޫލާ ހިއްސާކުރުމުން ޑޭޓާ ލިބޭނެ ކަމަށެވެ.
މިދިޔަ މާޗް މަހުން ފެށިގެން އޭޕްރީލްއާ ހަމައަށް ދިރާގާއި އުރީދޫން ވެސް ދިޔައީ ސްކޫލުތަކަށް ހިލޭ ޑޭޓާ ދެމުންނެވެ. ކޮންމެ ދަރިވަރަކަށް ފަސް ޖީީބީ ހިލޭ ދިން އިރު ޓީޗަރުންނަށް ދިހަ ޖީބީ ހިލޭ ދިނެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި މިގޮތަށް ހިލޭ ޑޭޓާ ދިނުމަށް ހިދުމަތްދޭ ކުންފުނިތަކަށް ވެސް ބޮޑު ގޮންޖެހުމެއް ކުރިމަތިވެ އެވެ.
މިގޮތަށް ހިލޭ ޑޭޓާ ދިނުމަށް ދިރާގާއި އުރީދޫން ވެސް މަހެއްގެ މައްޗަށް ހަތަރު މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. "،މިހާރު" އަށް އެނގިފައިވާ ގޮތުގައި ދިގު މުއްދަތެއް ވާންދެން އުރީދޫން ހިލޭ ޑޭޓާ ދިނުމަށް ފަހު ހުއްޓިފައި އޮތުމުން، އެތަނުން ހިލޭ ޑޭޓާ ހޯދުމަށް ޓެލެކޮމިއުނޭޝަނާ ގުޅޭ މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކޮވިޑާ ގުޅިގެން ދިރިއުޅުމަށް އައި ބަދަލާ އެކު އާއްމު ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް އިންޓަނެޓަށް ބަރޯސާވާ މިންވަރު އެތައް ގުނައެއް ވަނީ އިތުރުވެފަ އެވެ. އެއާއެކު، ސަރުކާރުން އިންޓަނެޓްގެ އަގު ހެޔޮކޮށް އެކަން މާދަމާ އިއުލާނު ކުރަން ވަނީ ނިންމާފަ އެވެ.
ޓެލެކޮމް ދާއިރާއިން ރާއްޖެ ކުރިއެރުވި ދިވެހި ކުންފުނި
ދިރާގު ޕްރިޕެއިޑް ޑޭޓާ ސިމްތަކުން ތިން ގުނަ ޑޭޓާ
ދިރާގު ފައިބަ ބްރޯޑްބޭންޑް ޕެކޭޖުތަކުގެ އަގު ހެޔޮކޮށްފި
އިންޓަނެޓް ހެޔޮކުރީ އާ އޮޕަރޭޓަރުން ނުގެންނަގޮތަށް
ކުދިންނަށް ހެޔޮއަގުގައި އިންޓަނެޓް ދޭން އެއްބަސްވީ ދިރާގުން
ޖުލައި 1 އިން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮކުރަނީ
މަބްރޫކް ދައްކަވަނީ ހިޔާލީ ވާހަކައެއް: މަލީހު
ދިރާގުގެ މެސެޖް:އިންޓަނެޓް ބޭނުންކުރާ އިރު ރައްކާތެރިވޭ
ސްކޫލުތަކަށް އަނެއްކާވެސް ޑޭޓާ އެލަވަންސް ދެނީ
ދިރާގު ފައިބާ ބްރޯޑް ބޭންޑް ހިލޭ ގުޅައިދެނީ