Roadha Mihaaru
ބަހުގައި ދެން ދަތުރު ކުރެވޭނީ ހާއްސަ ހުއްދައާއެކު

އެމްޕީއެލްގެ ބަސްތަކުގައި ދެން ދަތުރު ކުރެވޭނީ ހާއްސަ ހުއްދަ އޮންނަ މީހުންނަށް އެކަނި

25 މެއި 2021

މާލެ، ހުޅުލެ އަދި ހުޅުމާލޭގައި އެމްޕީއެލް އިން ދެމުން އަންނަ ބަހުގެ ހިދުމަތްތައް މާދަމާ އިން ފެށިގެން މެދުކަޑައިލަން ނިންމާފައިވާ ކަމަށް ގްރޭޓާ މާލެ ޓްރާންސްޕޯޓް ލިންކުން ބުނެފި އެވެ. އެކަމަކު، ކޮވިޑް-19 އާ ގުޅިގެން މާދަމާ އިން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން، ހާއްސަ ހުއްދަ އޮންނަ މީހުންނަށް ބަސްތަކުގައި ދަތުރުކުރެވޭނެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ގްރޭޓާ މާލެ ޓްރާންސްޕޯޓް ލިންކުން ބުނީ އަލުން ބަހުގެ ހިދުމަތް ފަށާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.

ބަސްތަކުގެ އާންމު ދަތުރުތައް މެދުކަނޑައިލި ނަމަވެސް ހާއްސަ ހުއްދަ އޮންނަ މީހުންނަށް ވަކި ވަގުތުތަކެއްގައި ހިދުމަތް ދޭނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ.

ހާއްސަ ހުއްދަ އޮންނަ މީހުންނަށް ބަހުގައި ދަތުރު ކުރެވޭނީ ހެނދުނު 6:30 އާއި 7:00 އާއި 8:00 އާއި 11:00 ގަ އެވެ. މެންދުރު 2:00 އާއި 3:00 އާއި 4:00 ގައި ބަހުގެ ހިދުމަތް ލިބޭއިރު ރޭގަނޑު 10:30ގަ އާއި 11:30ގައި ބަސް އޮންނާނެ އެވެ.

ބަހުގެ ހިދުމަތަށް ބަދަލު ގެނައީ މާދަމާ އިން ފެށިގެން މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރު ކުރުން މަނާ ކުރުމާއެކުގަ އެވެ. ނަމަވެސް ވަޒީފާ އަށް ދާންޖެހޭ މީހުންނާއި އެހެނިހެން މުހިންމު ކަންކަމުގައި ކޮންމެހެން މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރަން ޖެހޭ މީހުންނަށް ހާއްސަ ހުއްދައެއް ދޫކުރާނެ އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން މާދަމާއިން ފެށިގެން ކޮންމެ ގެއަކުން ބޭރުގައި އުޅެވޭނީ ޕާމިޓު ދޫކުރާ ދެ މީހަކަށެވެ. އެ ޕާމިޓާއެކު މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރު ނުކުރެވޭނެ އެވެ. އަދި ކާފިއު ވަގުތު ބޭރުގައި ވެސް ނޫޅެވޭނެ އެވެ.

މާލެ ސަރަހައްދުގައި މާދަމާއިން ފެށިގެން ހަވީރު 4:00 އިން ހެނދުނު 8:00 އަށް ކާފިއު ހިންގާނެ އެވެ.