Roadha Mihaaru
ކާނިވާ ސަރަހައްދުން ހުޅުމާލޭގެ ބަސް ދަތުރު ފަށައިފި

ކާނިވާ ސަރަހައްދުން ހުޅުމާލޭގެ ބަސް ދަތުރުތައް ފަށައިފި

12 ފެބުރުއަރީ 2020

މާލޭގެ ކާނިވާ ސަރަހައްދުގައި ބަސް ސްޓޮޕެއް ހަދައި އެ ސަރަހައްދުން ފެށިގެން މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރަން އެމްޕީއެލް އިން އިއްޔެ ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގެ ކާނިވާ ސަރަހައްދުގައި ބަސް ސްޓޮޕެއް ހަދައި އެ ސަރަހައްދުން ފެށިގެން މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރަން އެމްޕީއެލް އިން އިއްޔެ ފަށައިފި އެވެ.

އެ ކުންފުނިން ބުނީ، މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ހިދުމަތް ފުޅާކުރަން މާލެ އާއި ހުޅުމާލެއާ ދެމެދު އާ ބަސް ރޫޓެއް ފަށާފައިވާ ކަމަށެވެ. އެ ރޫޓުގައި މާލެ އިން ދެ ތަނަކަށް އަދި ހުޅުމާލެ އިން ވެސް ދެ ތަނަކަށް ބަސް ހުއްޓާނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ.

އެއީ މާލެ އިން ކާނިވާ ސަރަހައްދުގެ ބަސް ސްޓޮޕާއި ހެންވޭރު ވޮލީކޯޓު ކުރިމައްޗާއި ހުޅުމާލޭގެ ރެޑްވޭވް ކުރިމަތި އަދި ހުޅުމާލޭގެ ސެންޓްރޯ މޯލް ކުރިމައްޗެވެ.

މާލޭގެ ކާނިވާ ސަރަހައްދުން ފެށިގެން މާލެ-ހުޅުމާލޭ އާ ބަސް ރޫޓުގެ ދަތުރުތައް ފެށުމުގެ ގޮތުން މާލޭގެ މޭޔަރު ޝިފާ އާއި އެމްޕީއެލްގެ އެމްޑީ ޝާހިދު އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދިލް އެހެން ބައެއް އޮފިޝަލުންނާ އެކު، ބަސް ދަތުރެއް ތަޖުރިބާ ކުރައްވަނީ.---ފޮޓޯ: އެމްޕީއެލް

ބަސް އަނބުރާނެ ޖާގަ ހެދުމަށް، ކުރިން ލައިސަންސް ނަގަން ވެހިކަލްތައް ދުއްވި ބިން ހުސްކޮށް އެ ސަރަހައްދަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

ކާނިވާ ސަރަހައްދުން ފެށިގެން ހުޅުމާލެ އަށް ބަސް ދަތުރުތައް ފަށަން އެންމެ ފުރަތަމަ ނިންމީ މިދިޔަ އަހަރުގެ ރޯދަ މަހުގެ ކުރިންނެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ އެކަން އޮތީ ނުވެ އެވެ.

އެމްޕީއެލްގެ ބަސް ދަތުރުތައް މީގެ ކުރިން ހަމަޖައްސާފައި ވަނީ ހުޅުމާލެ އިން ފެށިގެން މާލޭގެ އިންޑަސްޓްރިއަލް ޒޯނުގައި ހަދާފައިވާ ބަސް ޓާމިނަލާއި ބަސް ސްޓޮޕްތަކަށެވެ.