25 މެއި 2021
ސިއްހީ ދާއިރާ އިން މަތީ ތައުލީމު ހާސިލުކުރުމަށް ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ ފައުންޑޭޝަނުން ދިން ހުރިހާ ލޯނުތަކެއް މިއަދު މާފުކޮށްދެއްވައިފި އެވެ.
ސިއްހީ ދާއިރާ އިން މަތީ ތައުލީމު ހާސިލުކުރުމަށް ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ ފައުންޑޭޝަނުން ދިން ހުރިހާ ލޯނުތަކެއް މިއަދު މާފުކޮށްދެއްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުކަން ވެސް ކުރައްވާ އަދި އެތައް ބަޔަކަށް ދީލަތި އެހީތަކެއް ފެށުނީއްސުރެ ދެއްވާ ގާސިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ވިލާ ފައުންޑޭޝަންގެ ސްކޮލަޝިޕް ސްކީމުގެ ދަށުންނާއި އޭނާގެ ލޯނު އެހީގެ ދަށުން މެޑިސިން، ނާސިން، މެޑިކަލް ދާއިރާ އިން ސްކޮލަޝިޕް ލިބި މަތީ ތައުލީމުގެ ސްކޮލަޝިޕް ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުންގެ ލޯނު މާފުކޮށްދެއްވާފައިވާ ކަމަށެވެ.
މެޑިކަލް ދާއިރާތަކުގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި ފާމަސިސިސްޓުންނާއި ލެބޯރެޓަރީ ޓެކްނީޝަނުން އަދި މެޑިކަލް ސައިންސްގެ ދާއިރާ އިން ކިޔެވި ދަރިވަރުންގެ ލޯނުތައް ވެސް ހިމެނެ އެވެ. އެއީ ކިޔަވައި ނިންމުމަށް ފަހު ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި މަސައްކަތްކުރާ ދަރިވަރުން ވެސް ހިމެނޭ ގޮތަށް ކަމަށް އެ ބަޔާނުގައި ގާސިމް ވިދާޅުވި އެވެ.
"އެއީ ކިތައްމެ ބޮޑު އަދަދެއްގެ ފައިސާ ކަމަށް ވިޔަސް އަދި ކުޑަ އަދަދެއް ކަމަށް ވިޔަސްމެ އެވެ،" މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ކޮވިޑްގެ ސަބަބުން ވިލާ ފައުންޑޭޝަނާއި ވިލާ ކުންފުންޏަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ވެފައިވާ މި ދަނޑިވަޅުގައި ވެސް ލޯނުތައް މާފުކޮށްދެއްވަން ނިންމެވީ، ގައުމަށް ދިމާވެފައިވާ މި ނުރައްކާތެރި ބަލިމަޑުކަމުގެ ސަބަބުން ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ދާއިރާގެ މުވައްޒަފުން ވަރަށް ބުރަކޮށް ގިނަ ވަގުތު ކުރާ މަސައްކަތް ބަލައިގަތުމަށް ކަމަށެވެ.
ސިއްހީ ދާއިރާ އަދި ސަރުކާރުން ވެސް ކޮވިޑް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ ގެންދާ މަސައްކަތައް ގާސިމް ޝުކުރު އަދާކުރެއްވި އެވެ.
ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެ، އެ ބަލީގައި އެތައް ބަޔަކު މަރުވަމުންދާ މި ނާޒުކު ދަނޑިވަޅުގައި އެންމެ ބޮޑު ޕްރެޝަރެއް ވެސް އޮތީ ސިއްހީ ދާއިރާ އަށެވެ. ބަލިމީހުންނަށް ހިދުމަތް ކޮށްދޭނެ މީހުން ނެތިގެން ވޮލަންޓިއަރުން ހޯދަން ވެސް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.
އެންމެ ބޮޑު ކޮވިޑް ޓެސްޓް ލެބް ސަން އައިލެންޑްގައި
ހަކުރުބަލި، ލޭމައްޗަށް ދިއުމުގެ ބައްޔަށް ބޮޑު ހޭދައެއް
ލޭ ހަދިޔާކުރުމަކީ އުފަލަކަށް ވާން ޖެހޭ: ނައިބު ރައީސް
ތެލެސީމިއާ ހޮސްޕިޓަލު އަޅަން އެއްބަސްވުމުގައި ސޮއިކޮށްފި
ކެރެލާގައި ފެތުރޭ ބައްޔަށް ދިވެހިން ސަމާލުވާން އެދިއްޖެ
މެނިންގޯކޮކަލްގެ ކޮންޓެކްޓް ޓްރޭސިން ހަދައި، ބޭސް ދެނީ
ރޯގާތައް ފެތުރޭ އަދަދު ކޮންޓްރޯލް ނުވެ އިތުރުވަނީ
މައިގްރޭން ތަދު ކުޑަ ކުރުމަށް ކުރެވިދާނެ ކަންކަން
ފައިލޭރިއާ ޖެހިފައިވާ ތިން ބިދޭސީއަކު ކޫއްޑޫން ފެނިއްޖެ
ޑެންގޫ ހުން ޖެހިގެން ފުރަތަމަ ހަތަރު ދުވަހު 40 ކޭސް