Roadha Mihaaru
ސަލްޓަންޕާކުގެ ގަހެއް ވެއްޓި ލިލީމަގު ބަންދުވެއްޖެ

ސަލްޓަންޕާކުގެ ގަހަކުން ބައެއް ވެއްޓި ލިލީމަގު އެއްކޮށް ބަންދުވެއްޖެ

28 މެއި 2021

ގަދަވަޔާ އެކު، ސަލްޓަން ޕާކުގެ ގަހެއް ވެއްޓި، ލިލީ މަގު އެއްކޮށް ބަންދުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގަދަވަޔާ އެކު، ސަލްޓަން ޕާކުގެ ގަހެއް ވެއްޓި، ލިލީ މަގު އެއްކޮށް ބަންދުވެއްޖެ އެވެ.

މާލޭ ސިޓީގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި ސަލްޓަން ޕާކުގެ ބޮޑު ގަހެއް ގޮފިތައް ބިނދިގެން ވެއްޓުމާ ގުޅިގެން މުޅި ލިލީ މަގުގައި ދަތުރު ނުކުރެވޭ ގޮތަށް އޮތީ ބަންދުވެފަ އެވެ. ގަހުގެ ގޮފިތައް ވެއްޓުނީ މިއަދު ހެނދުނު 9:30 ހާއިރު އެވެ.

ލިލީ މަގުން ސަލްޓަން ޕާކަށް ވަންނަ ދޮރާ ދިމާލުގައި ހުރި ބިޔަ ގަހެއްގެ ގޮފިތަކެއް މަގުމައްޗަށް ވެއްޓި މުޅި މަގު ބަންދުވެފައިވާއިރު އެ މަގަކީ ދެކޮޅަށް ދުއްވޭ މަގެކެވެ. އެހެންވެ، ގަސް ނަގައި މަގު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެ ސަރަހައްދަށް ގަސް ވެއްޓިފައި އޮތް މަންޒަރު ފެންނަ ފޮޓޯއެއް މުއިއްޒު ހިއްސާކުރެއްވިއިރު އެއިން ފެންނަ ގޮތުގައި ސަލްޓަން ޕާކުގެ ކުރިމައްޗަށްވާ ގޮތަށް ހުންނަ، ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގެ ފުރާޅަށް ވެސް ކޮންމެވެސް ވަރަކަށް ގަހުގެ ގޮފިގަނޑު ވެއްޓިފައި އޮތެވެ.

ވައިގަދަވެ މާލޭގެ އިތުރު އެހެން ސަރަހައްދަކަށް ގެއްލުންވިކަން އަދި ސާފެއް ނުވެ އެވެ.

ރާއްޖެއަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކުރާ ގޮތުގައި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ އެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މިވަގުތު އޮތީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ.