29 މެއި 2021
ތުން ހިމަ ފުޅިއެއްގެ ފުލުގައި އޮތް ފެންފޮދު ބޯލަން ކާޅެއް އޭގެ ތެރެއަށް ހިލަކޮޅު ވައްޓައިގެން ކުރި މަސައްކަތަކީ މަޝްހޫރު ވާހަކައެކެވެ.
ތުން ހިމަ ފުޅިއެއްގެ ފުލުގައި އޮތް ފެންފޮދު ބޯލަން ކާޅެއް އޭގެ ތެރެއަށް ހިލަކޮޅު ވައްޓައިގެން ކުރި މަސައްކަތަކީ މަޝްހޫރު ވާހަކައެކެވެ.
ސޯޝަލް މީޑިއާގައި މިހާރު ވަރަށް ބޮޑަށް ވައިގައި ހިފާފައިވާ ވީޑިއޯއެއްގައި ވެސް ފެންނަނީ މި ޒާތުގެ މަސައްކަތެކެވެ. ބިން މަތީގައި ހުރި ފެންޓާ ފުޅިއެއްގެ މަތިގަނޑު ނައްޓަން ދެ ކުޅަނދުރު ކުރާ މަސައްކަތް ފެނިފައި ގިނަ ބަޔަކު ތިބީ އަންތަރީސްވެފަ އެވެ.
Well, that's it for humanity. We've had a decent run but if bees have mastered the screw-top lid I think this is the beginning of the end. pic.twitter.com/XyHonJ2q73
— Michael Moran (@TheMichaelMoran) May 25, 2021
ޓްވިޓާ އާއި ޔޫޓިއުބްގައި ވެސް މިލިއަނަކަށް ވުރެ ގިނަ ވިއުސް ލިބިފައިވާ މި ވީޑިއޯގައި ފެންނަނީ ކުޑަ ދެ ކުޅަނދުރު ފުޅީގެ މަތިގަނޑު ނަގަން އެކީގައި މަސައްކަތްކޮށް، މަތިގަނޑު އަނބުރަމުން ގޮސް އެކަން ކާމިޔާބުކުރާ ތަނެވެ.
ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި ވީޑިއޯ އަކީ ބްރެޒިލްގެ ސައޮ ޕޯލޯގައި ނަގާފައިވާ ވީޑިއޯއެކެވެ. ގިނަ ބައެއްގެ ސަމާލުން ވީޑިއޯ އަށް ލިބި، ކުޅަނދުރުތަކުގެ ކުޅަދާނަކަމުގެ ވާހަކަ ދައްކާފައިވެ އެވެ.
ކުޅަނދުރަކީ އޭގެ ޒާތުގައި ވެސް ވަރަށް ކުޅަދާނަ އެއްޗެކެވެ. އިންސާނުންނަށް އެ އެއްޗެހި ފޯރުކޮށްދޭ މާމުއި އުފައްދަން ކުރާ އާދަޔާހިލާފު މަސައްކަތުން ވެސް އެކަން އެނގޭނެ އެވެ.
ޝާހުއަށް މަލާމަތްކުރުމުން މައްސަލަ ހޫނުވެއްޖެ
ބްރެޒިލްގައި "އެކްސް" މަނާކޮށްފި، މަސްކް ފާޑުކިޔަނީ
އެކްސްގައި ލައިކް ދޭ މީހުން ނުފެންނަ ގޮތް ހަދައިފި
އެކްސް ބޭނުންކުރާ ނަމަ އެއް ޑޮލަރު ނަގަން ފަށަނީ
އެކްސްގައި ހެޑްލައިން ނުފެންނަ ގޮތް ހަދައިފި
ދޮގު ޚަބަރު ރިޕޯޓްކުރެވޭ ފީޗާ އެކްސް އިން ނަގައިފި
"އެކްސް" އިން އެންމެންގެ އަތުން ފީ ނަގަން ފަށަނީ
"ހަސަން ކުރުސީ" އެކައުންޓް ސަސްޕެންޑުކޮށްފި
"ޓްވިޓާ" ގައި ބްލޮކްކުރާ ފީޗާ އުވާލަނީ
ޓުވިޓާގެ ނަން "އެކްސް" އަށް ބަދަލުކޮށްފި