Roadha Mihaaru
ބަޔާން ދޫކޮށް އަލަބާ ރެއާލަށް

ބަޔާން ދޫކޮށް އަލަބާ ރެއާލަށް

29 މެއި 2021

މެޑްރިޑް (28 މެއި) - މި ސީޒަނަށް ފަހު ބަޔާން މިއުނިކް ދޫކޮށްލި އޮސްޓްރިއާގެ ޑިފެންޑަރު ޑޭވިޑް އަލަބާ ރެއާލް މެޑްްރިޑަށް ސޮއިކޮށްފައިވާ ކަމަށް އެ ކްލަބުން އިއުލާންކޮށްފި އެވެ.

މެޑްރިޑް (28 މެއި) - މި ސީޒަނަށް ފަހު ބަޔާން މިއުނިކް ދޫކޮށްލި އޮސްޓްރިއާގެ ޑިފެންޑަރު ޑޭވިޑް އަލަބާ ރެއާލް މެޑްްރިޑަށް ސޮއިކޮށްފައިވާ ކަމަށް އެ ކްލަބުން އިއުލާންކޮށްފި އެވެ.

އަލަބާ ،28، ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ރެއާލާ ގުޅިފައިވާ ކަމަށް އެ ކްލަބުން ވަނީ މިރޭ ކަށަވަރުކޮށްދީފަ އެވެ.

ރެއާލް އިން އަލަބާ ގެންދިޔައީ އިނގިރޭސި ޕްރިމިއާ ލީގުގެ ބޮޑެތި ކްލަބުތަކަކުން ވެސް އޭނާ އަށް ފާރަލަމުންދަނިކޮށެވެ. އަލަބާ ސޮއިކުރިކަން ރެއާލް އިން މި އިއުލާންކުރީ އެ ކްލަބުގެ ކޯޗުކަމުން ޒިނެދީން ޒިދާން ވަކިވިތާ އެއް ދުވަސް ފަހުންނެވެ.

ރެއާލް އިން ބުނީ އަލަބާ ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ތައާރަފްކުރާނީ ކުރިއަށް އޮތް ޔޫރޯ މުބާރާތަށް ފަހު ކަމަށެވެ.

ބަޔާންއާއެކު ހަދާފައިވާ ކޮންޓުރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވުމާއެކު، އެ ކްލަބު ދޫކޮށްލާނެކަން އަލަބާ ވަނީ މި އަހަރުގެ ފެބްރުއަރީ މަހު ބުނެފަ އެވެ. ބަޔާން އިން އަލަބާގެ ކޮންޓުރެކްޓް އާކުރަން މަސައްކަތްކުރި ނަމަވެސް، ދެ ފަރާތަށް އެއްބަސްވުމަކަށް އާދެވޭ ގޮތެއްނުވި އެވެ.

ބަޔާންގައި އޭނާ ހޭދަކުރި 13 އަހަރުގެ ތެރޭގައި، ގިނަ ކާމިޔާބީތަކެއް ވަނީ ހޯދައިފ އެވެ. ބަޔާނާއެކު އަލަބާ ވަނީ ޖަރުމަން ލީގު 10 ފަހަރު އަދި ޗެމްޕިއަންސް ލީގު ދެ ފަހަރު އުފުލާލައިފަ އެވެ. -- އޭއެފްޕީ