މި އަހަރުގެ ފުރަތަމަ ކުއާޓާގައި ޓޫރިޒަމްގެ ހިދުމަތް ދޭ ތަންތަނުން ގްރީން ޓެކްސް އަށް 214 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
30 މެއި 2021
މި އަހަރުގެ ފުރަތަމަ ކުއާޓާގައި ޓޫރިޒަމްގެ ހިދުމަތް ދޭ ތަންތަނުން ގްރީން ޓެކްސް އަށް 214 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އެންމެ ގިނައިން ގްރީން ޓެކްސްގެ ގޮތުގައި އާމްދަނީ ލިބުނީ މާލެ އަތޮޅުންނެވެ. މާލެ އަތޮޅަކީ އެންމެ ގިނަ ރިސޯޓުތަކާއި ގެސްޓްހައުސްތައް ވެސް ހިންގަމުން އަންނަ އަތޮޅެވެ.
ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓުތަކުން 203 މިލިއަން ރުފިޔާ ލިބުނު އިރު ގެސްޓްހައުސްތަކުން ލިބުނީ ހަތަރު މިލިއަން ރުފިޔާ އެވެ. ބާކީ އާމްދަނީ ލިބުނީ ސަފާރީތަކާއި ހޮޓާތަކުންނެވެ.
ގްރީން ޓެކްސް އިން ލިބޭ އާމްދަނީ ސަރުކާރުން ހޭދަކުރަނީ ތިމާވެށި ރައްކާތެރިކުރުމަށް ހިންގާ ޕްރޮޖެކްޓްތަކަށެވެ. މީގެ ތެރޭގައި ނަރުދަމާގެ މަޝްރޫއުތަކާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި ފެނުގެ ހިދުމަތް ދިނުމުގެ ޕްރޮޖެކްޓްތައް ހިމެނެ އެވެ. މިދިޔަ ޖެނުއަރީ މަހު ގްރީން ޓެކުހުން ލިބުނު އާމްދަނީގެ ތެރެއިން 12.8 މިލިއަން ރުފިޔާ ޕްރޮޖެކްޓްތަކަށް ހޭދަކުރި އިރު ފެބްރުއަރީ މަހު 58 މިލިއަން ޕްރޮޖެކްޓްތަކަށް ހޭދަކޮށްފައިވެ އެވެ. އަދި މާޗު މަހު 31 މިލިއަން ރުފިޔާ ޕްރޮޖެކްޓްތަކަށް ހޭދަކުރި އެވެ.
ގްރީން ޓެކްސް ނަގަން އެންމެ ފުރަތަމަ ފެށީ 2015 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ ނަގަން ފެށީ ރިސޯޓުތަކާއި ހޮޓާތަކުގެ އިތުރަށް ސަފާރީތަކުގައި ތިބޭ ބޭރުގެ ޓޫރިސްޓުންގެ އަތުންނެވެ. ދިވެހިންނާއި ރެޒިޑެންޓް ވިސާގައި ރާއްޖޭގައި ތިބޭ ބޭރު މީހުން ފިޔަވައި އެހެން ބިދޭސީންގެ އަތުން ދުވާލަކަށް ހަ ޑޮލަރުގެ މަގުން ނަގާ މި ޓެކްސް ގެސްޓް ހައުސްތަކުން ނަގަން ފެށީ އޮކްޓޫބަރު 2016 އިން ފެށިގެންނެވެ.
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
ގްރީން ފަންޑުން 350 މިލިއަން ރުފިޔާ ތިމާވެއްޓަށް!
ގްރީން ޓެކްސްގެ އާމްދަނީ ހަަތަރު މިލިޔަނަށް ވުރެ ދަށަށް
ގްރީން ޓެކްސްއަށް އޭޕްރީލްގައި ލިބުނީ 35.7 މިލިއަން
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް
ހއ. އަތޮޅުގައި 600 މިލިއަން ޑޮލަރުގެ ރިސޯޓެއް
ރާއްޖޭގެ ވެލްނަސް ޓޫރިޒަމަށް އެއް ބިލިއަން ޑޮލަރު
އާ އަހަރަށް ޓޫރިޒަމްގެ ހިސާބުތައް ދައްކަނީ ކިހިނެއް؟
އަހަރު ނިމުމުގެ ކުރިން 2 މިލިއަން ޓޫރިސްޓުން ހަމަވާނެ
އަންނަ އަހަރު ރިޒާވް 705 މިލިއަން ޑޮލަރަށް އަރާނެ