ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި ދައުވާތައް ބޭރުކޮށްލި މައްސަލައިގައި ގާޒީ އިސްމާއިލް ރަޝީދުގެ މައްޗަށް ތަހުގީގު ހިންގީ ގާނޫނާ އެއްގޮތަށް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.
30 މެއި 2021
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި ދައުވާތައް ބޭރުކޮށްލި މައްސަލައިގައި ގާޒީ އިސްމާއިލް ރަޝީދުގެ މައްޗަށް ތަހުގީގު ހިންގީ ގާނޫނާ އެއްގޮތަށް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބަށް ކުރި ހަތް ދައުވާއެއް ނުބެލޭނެ ކަމަށް މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ނިންމި މައްސަލާގައި ގާޒީ އިސްމާއިލް ފަނޑިޔާރު ކަމުން ވަކިކުރަން ޖޭއެސްސީން ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ. މަޖިލީހަށް އެ މައްސަލަ ފޮނުވާފައި ވަނިކޮށް އިސްމާއިލް ވަނީ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވައިފަ އެވެ.
އެ މައްސަލައިގައި ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވަނީ އެ ކޮމިޝަނުން ތަހުގީގު ކުރިއަށް ގެންދިޔައީ ވަކީލެއްގެ ފުރުސަތު ދިނުމަށް ފަހު ކަމަށާއި އެކުލަވައިލި ތަހުގީގު ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު އިސްމާއިލް އަށް ދިނުމުން އެ ފުރުސަތު އޭނާ ދޫކޮށްލެއްވީ ކަމަށެވެ. ތަހުގީގުގެ އެންމެ ފަހު އަޑުއެހުމަށް ހާޒިރުވާން އެންގުމުން އެ ފުރުސަތު އަމިއްލަ އަށް ދޫކޮށްލެއްވި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ޖޭއެސްސީން ބުނިގޮތުގައި، އެ ކޮމިޝަންގެ ތަހުގީގު ކޮމިޓީން ހުރިހާ އިޖްރައާތުތަކެއް ފުރިހަމަކުރި އެވެ. އަދި ގާނޫނުގައި ބަޔާންކުރާ ހުރިހާ ފުރުސަތެއް އިސްމާއިލް އަށް ދީފައިވާނެ ކަމަށާއި އެ ކޮމިޝަނުން ހިންގާ ހުރިހާ ތަހުގީގެއްގައި ވެސް، އެއްވެސް ފަނޑިޔާރެއްގެ ހައްގަށް އުނިކަން އަންނަ ގޮތަށް އަމަލު ނުކުރާނެ ކަމަށް ވެސް އބަޔާނުގައިވެ އެވެ.
އިސްމާއިލް ވަކިކުރަން ނިންމީ އަދީބުގެ މައްސަލަ އޭނާ ނިންމީ މާ ކުރިން ހުކުމް ތައްޔާރުކޮށް، ޕެންޑްރައިވެއްގައި ސޭވްކުރުމަށް ފަހު އެގޮތަށް އަދީބުގެ މައްސަލަ ނިންމި ކަމަށް ބުނެ އެވެ. އަދި ދައުވާ ހުށަހެޅުމާ ހަމައަށް ނުދަނީސް، ހުކުމް ތައްޔާރު ކުރުމަކީ އެ އަމަލުތަކާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ޖޭއެސްސީން ނިންމާފައިވެ އެވެ.
އަދީބުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމުމުން އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން އެންގީ މައްސަލަ އަލުން ބެލުމަށެވެ. އަލުން މައްސަލަ ބެލުމަށްފަހު އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް މިދިޔަ އަހަރު ވަނީ އިއްވައިފަ އެވެ.
ފަނޑިޔާރު ފަރުހީޒާގެ މައްސަލަ ސާބިތެއް ނުވި
ރާޣިބްގެ ތުހުމަތުތައް ޖޭއެސްސީން ދޮގުކޮށްފި
ހައި ކޯޓުގެ ފަސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަނީ
އިބުރާ ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމްކޯޓުން ނުބެލި
ހައި ކޯޓުގެ ފަނޑިޔާރު ދީބާނާޒުގެ މައްސަލައެއް ބަލަނީ
ފަނޑިޔާރު ވަކިކުރަން ނިންމީ ހިޔާލީ ކަންކަމަށް ބިނާކޮށް
ފަނޑިޔާރުންގެ މަގާމާ ގުޅޭ މައްސަލަ ކޯޓަށް ބެލޭނެ
ވަރިވާން ދިޔަ މީހަކަށް ގުޅި ގާޒީގެ އެހެން މައްސަލައެއް
ކުޅުދުއްފުށީ އިސް މެޖިސްޓްރޭޓް އަނެއްކާވެސް ސަސްޕެންޑް
ހުކުމްކުރުން ލަސްވުމުން މެޖިސްޓްރޭޓަކު ސަސްޕެންޑްކޮށްފި