Roadha Mihaaru

ފަނޑިޔާރު ފަރުހީޒާގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތެއް ނުވި

ހައި ކޯޓުގެ ފަނޑިޔާރު ފާތިމަތު ފަރުހީޒާއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބެލި މައްސަލަ ސާބިތުނުވާ ކަމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.

ފަނޑިޔާރު ފަރުހީޒާގެ މައްސަލަ ސާބިތެއް ނުވި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

26 ސެޕްޓެމްބަރ 2021

ހައި ކޯޓުގެ ފަނޑިޔާރު ފާތިމަތު ފަރުހީޒާއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބެލި މައްސަލަ ސާބިތުނުވާ ކަމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.

ފަނޑިޔާރު ފަރުހީޒާއާ ގުޅޭގޮތުން މިދިޔަ ޖެނުއަރީ މަހު ޖޭއެސްސީން މައްސަލަ ބަލަން ފެށީ އޭނާ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމުގެ ކުރިން ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓަކަށް ހުންނެވިއިރު ހިނގި ކަމަކާ ގުޅިގެންނެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލަ ސާބިތުނުވާ ކަމަށް މިދިޔަ އާދިއްތަ ދުވަހު އެ ކޮމިޝަންގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލާގެ އެއްވެސް ތަފްސީލެއް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ފަރުހީޒާ އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.

ފަރުހީޒާއަކީ ހަައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ހަމައެކަނި އަންހެން ބޭފުޅާ އެވެ.