01 ޖޫން 2021
ނެށުމަކީ ދުވަހަކު ވެސް ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށާއި އެއީ މިހާރު އޭނާގެ ހަޔާތުގެ ކޮންމެ ދުވަހެއްގެ ވެސް ވަރަށް މުހިއްމު ބައެއް ކަމަށް ބޮލީވުޑްގެ މަޝްހޫރު ކޮރިއޮގްރާފަރު ބޮސްކޯ ލެސްލީ މާޓިސް ބުނެފި އެވެ.
ނެށުމަކީ ދުވަހަކު ވެސް ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށާއި އެއީ މިހާރު އޭނާގެ ހަޔާތުގެ ކޮންމެ ދުވަހެއްގެ ވެސް ވަރަށް މުހިއްމު ބައެއް ކަމަށް ބޮލީވުޑްގެ މަޝްހޫރު ކޮރިއޮގްރާފަރު ބޮސްކޯ ލެސްލީ މާޓިސް ބުނެފި އެވެ.
ބޮލީވުޑްގައި މިހާރު ތިބި އެންމެ ހުނަރުވެރި އަދި ކާމިޔާބު ކޮރިއޮގްރޯފަރުންގެ ތެރޭގައި ހިމެނޭ ބޮސްކޯ އަކީ މިހާތަނަށް އެތައް ފިލްމެއްގެ ލަވަތަކަށް ނެށުން ތައްޔާރުކޮށް ދިފައިވާ ފަންނާނެކެވެ. މި ފަހުން އޭނާ ކޮރިއޯ ހެދި ލަވަތަކުގެ ތެރެއިން އެންމެ ބޮޑު މަޝްހޫރުކަމެއް ހޯދި އެއް ލަވަ އަކީ ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފްގެ ފިލްމު "ވޯ" ގެ "ގުނގުރޫ ޓޫޓްގައޭ" އެވެ. އެ ލަވައިގެ އިތުރުން ވެސް މީގެ ކުރިން ބޮސްކޯ އަކީ އެތައް ތަރިންނަކަށް ސިގްނޭޗާ އެތައް ސްޓެޕްތަކެއް ގެނެސްދީފައިވާ ފަންނާނެކެވެ.
ޕިންކްވިލާ އަށް ދިިން އިންޓަވިއުއެއްގައި ބޮސްކޯ ބުނީ ނެށުމަކީ ހަމައެކަނި ހަށިގަނޑަށް ގެންނަ ހަރަކާތްތަކެއް ނޫން ކަމަށެވެ.
"އެއީ މީހާގެ މޫޑް ވެސް ރަނގަޅުކޮށްދޭ އަދި އިހުސާސްތައް ހާމަކޮށްދޭ ހުނަރެއް. މީހާ އުފާވެފައި ހުއްޓަސް ނުވަތަ ހިދްތިކަމެއްގައި ހުއްޓަސް ނެށުމުގެ ތެރެއިން އެ ޝުއޫރުތައް ފާޅުކޮށް ދެވޭނެ،" އޭނާ ބުންޏެވެ. "އަހަރެން ނެށުން ދެކެނީ އާންމު ދިރިއުޅުމުގެ ޒަރޫރީ ކަމެއްގެ ގޮތުގައި. ދުޅަހެޔޮ ސިއްހަތަކަށް ކޮންމެ ދުވަހަކު ކަސްރަތު ބޭނުންވާ އިރު ނެށުމަކީ އެކަން އެންމެ ގަޔާވާ ގޮތަށް ކުރެވޭނެ އެއް ގޮތް. އެހެންވީމަ އަބަދު ވެސް ނެށުމަކީ އަހަރެންގެ ދިރިއުޅުމުގެ އެއްބައި."
ބޮސްކޯ ބުނި ގޮތުގައި އޭނާ ނަށާ ވީޑިއޯތައް އިންސްޓަގްރާމްގައި އާންމުކޮށް ޕޯސްޓްކުރާތީ އެ އެއްޗެހި ބަލައިގެން ހިތްވަރު ހޯދައިގެން ނަށާ މީހުން ވަރަށް ގިނަ އެވެ. އަދި ގިނަ މީހުން އެކަން ކުރަނީ ހަމައެކަނި ނެށުމުގެ ބޭނުމުގައި ނޫން ކަމަށާއި އެކަން ކުރަނީ ސިއްހަތަށް ކުރެވޭ މުހިއްމު ކަމެއްގެ ގޮތުގައި ކަމަށް ބުންޏެވެ.
"އެހެންވީމަ މިއީ ހަގީގަތުގައި އަހަރެންގެ މޯޓިވޭޝަން ވެސް އިތުރުކޮށްދޭ ކަމެއް. އަހަރެން އަބަދު ވެސް ބޭނުން ވަނީ ނެށުމުގެ ތެރެއިން ގިނަ ބަޔަކަށް އިންސްޕިރޭޝަނަކަށްވާން." ބޮސްކޯ ބުންޏެވެ.
ބޮސްކޯގެ ނެށުންތަކުން އަބަދު ވެސް އެންމެ ފާހަގަކުރެވޭނެ އެއް ކަމަކީ ފަޔަށް ގެންނަ ވަރަށް ތަފާތު އުނދަގޫ ހަރަކާތްތަކެވެ. އެެހެންވެ ބޮސްކޯގެ ނެށުމެއް ދަސްކުރުމަކީ ވެސް ގިނަ ބަޔަކަށް އެހާ ފަސޭހަކަމެއް ނޫނެވެ.
ނެށުމުގެ ދާއިރާ އިން 2011 ގެ ފިލްމު "ޒިންދަގީ ނާ މިލޭގީ ދުބާރާ" ގެ ލަވަ "ސެނޮރީޓާ" ގެ ނެށުން ތައްޔާރުކޮށް ދީގެން މޮޅު ނެށުމުގެ ނެޝަނަލް އެވޯޑާއި އިންޑިއާގައި ދޭ މަޝްހޫރު އެތައް އެވޯޑެއް ހޯދާފައިވާ ބޮސްކޯ އަކީ ޑާންސް ޝޯތަކުގެ ޖަޖެއްގެ ގޮތުގައި ވެސް ފެންނަ މީހެކެވެ. އޭނާ އެންމެ ފަހުން ޖަޖްކަން ކުރި ޝޯ އަކީ ޒީޓީވީގެ ޑާންސް އިންޑިއާ ޑާންސް (ޑިއައިޑީ) ގެ 7 ވަނަ ސީޒަނެވެ.
ބޮސްކޯ މިހާރު އަންނަނީ އަލަށް ފިލްމެއް ވެސް ޑައިރެކްޓްކުރަމުންނެވެ. އެއީ ބިރުވެރި ވާހަކައެއްގެ ތެރެއިން ނެށުންތަކެއް ގެނެސްދޭ "ރޮކެޓް ގޭންގް" އެވެ. އެ ފިލްމުގެ ތަރިންނަކި އަދިތިޔާ ސީލް އާއި ނިކިތާ ދައްތާ އެވެ.
އާޔޫޝް ފުރަތަމަ ބެކް ޑާންސަރެއްގެ ގޮތުގައި
ގޯވިންދާއަށް ނެށުން ތައްޔާރުކުރަން ފެންވަރެއްނެތް: ފަރާ
ޓައިގާގެ ފެވަރިޓަކީ ޑިޝާއެއް ނޫން، މަދޫރީ
ކޮރިއޮގްރާފަރު ސަރޯޖްގެ ބައޮޕިކް ހަދާނީ ޓީ ސީރީޒުން
އިޝާން: ނެށުމުގައި ބޭބެ ޝާހިދާ އެއްވަރު
ނޯރާ އަށް ވަރަށް ހާއްސަ އެވޯޑެއް
ނޯރާ "އޭބީސީޑީ 3" އަށް
ކަޅުވެގެން ކުރި މަލާމާތަކީ ލިބުނު ހިތްވަރެއް: ރެމޯ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ރެމޯ، ސަރޯޖް ޚާންގެ ބައޮޕިކެއް ހަދައިފާނެ