މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި މަރުވި މަޝްހޫރު ކޮރިއޮގްރާފަރު ސަރޯޖް ޚާންގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދައިފާނެކަމުގެ އިޝާރާތެއް ޑައިރެކްޓަރު/ކޮރިއޮގްރާފަރު ރެމޯ ޑި ސޫޒާ ދީފި އެވެ.
03 ޑިސެމްބަރ 2020
މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި މަރުވި މަޝްހޫރު ކޮރިއޮގްރާފަރު ސަރޯޖް ޚާންގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދައިފާނެކަމުގެ އިޝާރާތެއް ޑައިރެކްޓަރު/ކޮރިއޮގްރާފަރު ރެމޯ ޑި ސޫޒާ ދީފި އެވެ.
ބޮލީވުޑްގެ އެތައް ފިލްމެއްގެ 2000 އެއްހާ ލަވައިގެ ނެށުންތައް ތައްޔާރުކޮށްދިން ސަރޯޖްގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދާ ނަމަ އެކަން ކުރާނެ މީހަކީ ރެމޯކަމުގެ ވާހަކަތަކެއް ސަރޯޖްގެ ދުނިޔޭގައި އޭނާ ދައްކާފައިވާ ކަމަށް މީޑިއާތަކުން ވެސް ރިޕޯޓްކޮށްފައިވެ އެވެ.
މިކަމާ ބެހޭ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ރެމޯ ބުނީ ސަރޯޖަކީ އޭނާ އަބަދު ވެސް އިންސްޕިރޭޝަނަކަށް ބެލި ޝަހުސިއްޔަތެއް ކަމަށާއި ހަޔާތުގެ ވާހަކަ ކިޔައިދޭ ފިލްމެއް ހެދުމަކީ ސަރޯޖްގެ ދެކެމުން އައި ހުވަފަނެއް ކަމަށެވެ. އެހެންވެ އެފަދަ އެފަދަ ފިލްމަކަށް މަސައްކަތްކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަމާ ދޭތެރޭ އަބަދުވެސް ސީރިއަސްކޮށް ވިސްނާނެ ކަމަށް ބުންޏެވެ.
Saroj Khan ge vaahaka film akah hadhaifaane https://t.co/Af8JdadPPu
— Adhushan (@Adhushan1) December 2, 2020
މިދިޔަ އަހަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން "ކަލަންކް" ގައި ހިމެނޭ މަދޫރީ ޑިކްސިޓްގެ ކްލަސިކަލް ނެށުންތައް ފެނިގެން ދިޔަ ލަވަ "ތަބާ ހޯ ގައީ" ގެ ނެށުންތައް ތައްޔާރުކުރުމުގެ ޝަރަފު ވެސް ރެމޯ އަށް ސަރޯޖާ އެކު ލިބިފައިވެ އެވެ. ނެށުންތައް ތައްޔާރުކޮށް ދިނުމުގެ ދާއިރާ އިން ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ރެމޯ ބުނީ ގޮތުގައި އޭނާ އަށް މިއަދު އާދެވިފައި ހުރި ހިސާބަށް ދެވުމުގެ އެއް ސިއްރަކަށް ސަރޯޖްގެ ކެރިއަރުން ނަމޫނާ ނެގުން ހިމެނެ އެވެ. އަދި އޭނާ ކާމިޔާބު މީހަކަށްވާން ކުރި ދަތުރު އެންމެ ގާތުން ފެނުނު އެކަކަށް ވެސް ސަރޯޖް ވާނެ ކަމަށް ބުންޏެވެ.
ރެމޯ 2013 ގައި ޑައިރެކްޓްކުރި ފިލްމު "އޭބީސީޑީ" ގެ ލަވައެއްގައި ސަރޯޖް ހާއްސަ ފެނިލުމަކުން ހިއްސާވެފައިވެ އެވެ.
ސަރޯޖްގެ ބައޮޕިކްގެ އިޝާރާތެއް ދިން ނަމަވެސް އެ ފިލްމު ގެނެސްދޭނެ އިރަކާ ބެހޭ ގޮތުން ރެމޯ އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އޭނާ ބުނީ އެ ފުރުސަތު ފަހިވާނެ އިރަކަށް އިންތިޒާކުރާ ކަމަށާއި އެއީ އޭނާ އަށް ވަރަށް ހާއްސަ ފިލްމަކަށް ވާނެ ކަމަށެވެ.
ހާޓްއެޓޭކެއް ޖެހިގެން 71 އަހަރުގައި ސަރޯޖް މަރުވީ ޖުލައި މަހުގެ 3 ގަ އެވެ.
ރަންވީރުގެ "ދުރަންދަރު"އަށް ބޮޑު ތަރުހީބެއް
ދަނުޝް އާއި ކްރިތީގެ ފިލްމަށް 100 ކްރޯޑް ރުޕީސް
އަކްޝޭގެ ކޮއްކޮގެ ދަރިފުޅު ވެސް ބޮލީވުޑަށް
ރަންވީރުގެ "ދުރަންދަރު" ރިލީޒްކުރުމުގެ ހުއްދަ ދީފި
ދަނުޝް އާއި ކްރިތީގެ ފިލްމަށް ރަނގަޅު ފެށުމެއް
ރަންވީރުގެ އާ ފިލްމު ރިލީޒްކުރުން ހުއްޓުވަން ކޯޓަށް
ދަރޭ ނެތަސް "އަޕްނޭ 2" ގެނެސްދޭނެ: ޕްރޮޑިއުސަރު
"ހައްގު"އަށް ތައުރީފު، ބޮކްސް އޮފީހުގައި ކާމިޔާބު
ރަންދީޕާއި ޝްރައްދާ އެކުގައި ފިލްމެއް ކުޅެނީ
އަނުޝްކާގެ ކްރިކެޓް ފިލްމު ރިލީޒްކުރަނީ؟