Roadha Mihaaru
އިންގްލެންޑްގެ ސްކޮޑް އިއުލާންކޮށްފި

އިންގްލެންޑްގެ ސްކޮޑް އިއުލާންކޮށްފި

01 ޖޫން 2021

ލަންޑަން (1 ޖޫން ) ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް އިންގްލެންޑްގެ ކޯޗު ގެރަތު ސައުތުގޭޓް ނެގި 26 ކުޅުންތެރިންގެ ސްކޮޑް މިރޭ އިއުލާންކޮށްފި އެވެ.

ލަންޑަން (1 ޖޫން ) ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް އިންގްލެންޑްގެ ކޯޗު ގެރަތު ސައުތުގޭޓް ނެގި 26 ކުޅުންތެރިންގެ ސްކޮޑް މިރޭ އިއުލާންކޮށްފި އެވެ.

ޔޫރޯ އަށް ސައުތުގޭޓް ނެގި ސްކޮޑުގައި، މި ވަގުތު އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ތިބި މެންޗެސްޓާ ޔުނައިޓަޑް ކެޕްޓަން ހެރީ މެގުއާޔާ އާއި ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން ވަނީ ހިމަނައިފަ އެވެ.

އަދި ލިވަޕޫލްގެ ޓްރެންޓް އެލެކްޒަންޑާ އާނޯލްޑަށް ވެސް ވަނީ ސްކޮޑުން ޖާގަ ދީފަ އެވެ. އާނޯލްޑަށް އިންގްލެންޑްގެ ސްކޮޑުން ޖާގަ ލިބިދާނެކަމާމެދު މީގެ ކުރިން އިނގިރޭސި މީޑިއާ އިން ވަނީ ސުވާލު އުފައްދައިފަ އެވެ.

މީގެ ކުރިން އިއުލާންކުރި ޕްރޮވިޝަނަލް ލިސްޓުން، ސައުތުގޭޓް ވަނީ ހަތް ކުޅުންތެރިއަކު ބާކީކޮށްފަ އެވެ. އެއީ އަނިޔާގެ ސަބަބުން ސްކޮޑުން ވަކިވި ޒުވާން ފޯވަޑް މޭސަން ގްރީންވުޑާއި ޖެސީ ލިންގާޑާއި އެރޮން ރަމްސްޑޭލާއި ބެން ވައިޓާއި ބެން ގޮޑްފްރޭ އާއި ޖޭމްސް ވޯޑް-ޕްރޮއިސް އަދި އޮލީ ވޮޓްކިންސް އެވެ.

ސްކޮޑާ ބެހޭ ގޮތުން ސައުތުގޭޓް ބުނީ އިންގްލެންޑްގައި މޮޅެތި ކުޅުންތެރިންތަކެއް ތިބިއިރު، ފައިނަލް ސްކޮޑެއް ނެގުމަކީ އޭނާ އަށް ފަސޭހަކަމެއް ނޫން ކަމަށެވެ.

ސައުތުގޭޓް ބުނީ އަނިޔާގައި ތިބި ހެންޑަސަން އާއި މެގުއަޔާ ސްކޮޑުގައި ހިމެނީ އެ ދެ ކުޅުންތެރިންގެ ތަޖުރިބާ އަށް ބަލާފައި، "މުބާރާތުގެ ކޮންމެ ވެސް ހިސާބަކުން އެ ދެ ކުޅުންތެރިން" ވެސް ބޭނުންކުރެވޭނެ ކަމަށް ގަބޫލްކުރެވޭތީ ކަމަށެވެ.

ޔޫރޯ މުބާރާތް ފަށަނީ މި މަހުގެ 11 ވަނަ ދުވަހެވެ. މިއީ މިދިޔަ އަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް މުބާރާތެކެވެ. އެކަމަކު ކޮވިޑް-19އާ ގުޅިގެން މި އަހަރަށް މުބާރާތް ފަސްކުރީ އެވެ.

ޔޫރޯ އަށް ނެގި އިންގްލެންޑްގެ 26 ކުޅުންތެރިންގެ ސްކޮޑް:

ގޯލްކީޕަރުން:

ޑީން ހެންޑަސަން (މެންޗެސްޓާ ޔުނައިޓަޑް)، ސޭމް ޖޯންސްޓޯން (ވެސްޓް ބްރޮމް)، ޖޯޑަން ޕިކްފޯޑް (އެވަޓަން)

ޑިފެންޑަރުން:

ޖޯން ސްޓޯންސް (މެންޗެސްޓާ ސިޓީ)، ލޫކް ޝޯ (މެންޗެސްޓާ ޔުނައިޓަޑް)، ހެރީ މެގުއަޔާ (މެންޗެސްޓާ ޔުނައިޓަޑް)، ޓްރެންޓް އެލެކްޒަންޑާ އާނޯލްޑް (ލިވަޕޫލް)، ކައިލް ވޯކާ (މެންޗެސްޓާ ސިޓީ)، ޓައިރޯން މިންގްސް (އެސްޓަން ވިލާ)، ރީސް ޖޭމްސް (ޗެލްސީ)، ކޯނާ ކޯޑީ (ވުލްވްސް)، ބެން ޗިލްވެލް (ޗެލްސީ)، ކިއެރަން ޓްރިޕިއާ (އެތުލެޓިކޯ މެޑްރިޑް)

މިޑްފީލްޑަރުން:

މޭސަން މައުންޓް (ޗެލްސީ)، ޑެކްލަން ރައިސް (ވެސްޓް ހޭމް)، ޖޯޑަން ހެންޑަސަން (ލިވަޕޫލް)، ޖޫޑް ބެލިންގްހަމް (ބޮރޫޝިއާ ޑޯޓްމަންޑް)، ކަލްވިން ފިލިޕްސް (ލީޑްސް)

ފޯވަޑުން:

މާކަސް ރަޝްފޯޑް (މެންޗެސްޓާ ޔުނައިޓަޑް)، ހެރީ ކޭން (ޓޮޓެންހަމް)، ރަހީމް ސްޓާލިން (މެންޗެސްޓާ ސިޓީ)، ޑޮމިނިކް ކެލްވާޓް ލުވިން (އެވަޓަން)، ފިލް ފޯޑަން (މެންޗެސްޓާ ސިޓީ)، ޖެކް ގްރީލިޝް (އެސްޓަން ވިލާ)، ޖޯޑަން ސަންޗޯ (ބޮރޫޝިއާ ޑޯޓްމަންޑް)، ބުކާޔޯ ސާކާ (އާސެނަލް)