Roadha Mihaaru
ގެރެތު ސައުތުގޭޓުގެ "ނަސީބު"ގެ ޓައި

ގެރެތު ސައުތުގޭޓުގެ "ނަސީބު"ގެ ޓައި

11 ޖުލައި 2021

ލަންޑަން (ޖުލައި 11) - ޔޫރޯ 2020 ގައި އިންގްލެންޑް ކުޅުނު އެއް މެޗު ފިޔަވައި ހުރިހާ މެޗެއްގައި ވެސް އިންގްލެންޑުގެ ކޯޗު ގެރެތު ސައުތުގޭޓް އަޅާފައި ވަނީ ޕޮލްކާ ޑޮޓް ޖެހި ޓައިއެކެވެ.

އިބްރާހިމް ރާއިދު އިބްރާހިމް ރާއިދު

ލަންޑަން (ޖުލައި 11) - ޔޫރޯ 2020 ގައި އިންގްލެންޑް ކުޅުނު އެއް މެޗު ފިޔަވައި ހުރިހާ މެޗެއްގައި ވެސް އިންގްލެންޑުގެ ކޯޗު ގެރެތު ސައުތުގޭޓް އަޅާފައި ވަނީ ޕޮލްކާ ޑޮޓް ޖެހި ޓައިއެކެވެ.

ސައުތުގޭޓް މި ޓައީ އަޅައިގެން ހުރެ ކުޅުނު މެޗެއްގައި އަދި ބަލިވެފައެއް ނުވެ އެވެ. ހަމަ އެކަނި މި ޓައި އަޅާފައި ނުވަނީ އިންގްލެންޑާއި ސްކޮޓްލޭންޑް ބައްދަލުކުރި މެޗުގަ އެވެ. އެ މެޗު ވެސް ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

ސައުތުގޭޓް ވަނީ ސެމީ ފައިނަލްގައި ޑެންމާކްއާ ބައްދަލު ކުރި މެޗުގައި ވެސް މި ޓަައި އަޅައިފަ އެވެ.

ބްރިޓިޝް ބުޓީކް ލޭބަލެއް ކަމަށްވާ ޕާސިވަލްގެ މި ޓައި އެ ކުންފުނީގެ ވެބްސައިޓުން މިހާރު ވިއްކަން ވެސް ފަށައިފައި ވަނީ ސައުތުގޭޓްގެ ލަކީ ޓައިގެ ނަމުގަ އެވެ.

މިރޭގެ މި މެޗުގައި އިންގްލޭންޑްގެ ސަޕޯޓަރުންނަށް މި ޓައި ފެނުމަކީ ހިތްހަމަޖެހުމަކަށް ވެސް ވެދާނެ އެވެ.

ބޮޑެތި މުބާރާތްތައް ކުޅޭއިރު އެކި މީހުންގެ ލޮލުގައި އަޅައިގަންނަނީ އެކި ކަންކަމެވެ. އިނގިރޭސި ފުޓުބޯޅަ ތަރި ޖޯން ޓެރީ ވެސް އޭނާގެ ކެރިއަރުގެ 10 ސީޒަން ނިންމާލީ އެއް ޝިން ގާޑް އަޅައިގެންނެވެ. ހަމައެފަދައިން މެސުތު އޮޒިލް އަަބަދުވެސް ކަނާތު ފަޔަށް އިސްކަންދީގެން ބޫޓަށް އެރުން ވެސް ވަނީ ސަމާލުކަމަށް އައިސްފަ އެވެ.