އެހެން މީހަކު ޖާމިނުކުރުމަށް ފަހު ރާއްޖެ އިން ބޭރަށް ފުރަން ހުއްދަ ނުދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
04 ޖޫން 2021
އެހެން މީހަކު ޖާމިނުކުރުމަށް ފަހު ރާއްޖެ އިން ބޭރަށް ފުރަން ހުއްދަ ނުދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދު ކުރިން އޮންނަ ގޮތުން ޖިނާއީ ދައުވާއެއް އުފުލިފައިވާ މީހަކު ރާއްޖެ އިން ބޭރަށް ދާން ބޭނުންވާ ހާލަތުގައި، އޭނާ އަނބުރާ އަންނާނެ ކަމުގެ ޔަގީން ކަމެއްގެ ގޮތުން އެހެން މީހަކު ޖާމިނު ކުރުވުމަށް ފަހު، އެ މީހަކަށް ފުރަން ހުއްދަ ދެވިދާނެ އެވެ. ނަމަވެސް ޖިނާއީ އިޖްރައާތުގެ ގާނޫނުގައި މީހުން ޖާމިނު ކުރެވޭ ގޮތަށް އޮންނަނީ ބަންދުގައި ތިބޭ މީހުން ބަންދުން ދޫކޮށްލުމުގައި އެކަންޏެވެ.
ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދު މުރާޖައާ ކުރުމަށް ފަހު އެ ގަވާއިދަށް މިދިޔަ އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ގެނައި ބައެއް ބަދަލުތަކުގެ ތެރޭގައި، ޖާމިނު ކުރުވުމަށް ފަހު ފުރަން ހުއްދަ ދެވޭ މާއްދާ އެ ގަވާއިދުން ވަނީ އުނިކޮށްފަ އެވެ. އެކަމަކު، ބަންދުން ދޫކޮށްލުމުގައި މީހުން ޖާމިނު ކުރެވޭ ގޮތަށް މި ފަހަރުގެ ގަވާއިދުގައި ވެސް ހިމަނާފައިވެ އެވެ.
ސުޕްރީމް ކޯޓުން އެ ބަދަލު ގެނައީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް، އެހެން މީހަކު ޖާމިނު ކުރުވުމަށް ފަހު އަލީ ވަހީދު ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން ކްރިމިނަލް ކޯޓުން ހުއްދަ ދީފައި ވަނިކޮށެވެ. އަލީ ވަހީދުގެ ބޭސްފަރުުވާއަކަށް މިދިޔަ ފެބްރުއަރީ މަހު އޭނާ ރާއްޖެ އިން ބޭރަށް ވަޑައިގަތީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނު ކުރުވުމަށް ފަހު އެވެ.
އަލީ ވަހީދު ފުރަން ކްރިމިނަލް ކޯޓުން ހުއްދަ ދިން މައްސަލަ ދައުލަތުން އިސްތިއުނާފް ކުރިޔަސް، އަލީ ވަހީދު މިހާރު އުޅޭ ތަނެއް ނޭނގޭތީ އެ މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ. ދައުލަތުން ބުނެފައިވާ ގޮތުން އަލީ ވަހީދު މިހާރު ހުންނެވި ގައުމެއް ދައުލަތަކަށް ނޭނގެ އެވެ. އެހެންވެ، ދައުލަތުން މިހާރު ވަނީ އަޑުބަރޭ އަށް ފިޔަވަޅު އަޅަން ކްރިމިނަލް ކޯޓުގައި އެދިފަ އެވެ.
ފަސޭހަ އިއުތިރާފުން ކުށް ސާބިތުކުރުން ނިމުމަކަށް؟!
އެއް ކުށެއް، އެކަމަކު އެކި މީހުންނަށް އެކި ގޮތް؟!
ގަސްދުގައި ހެދި ގޯހަކުން ނޫނީ ދެން ދުލެއް ނުވާނެ
ވާނުވާގެ "ވެކްސިނު"ން ފަރުވާއެއް ނެތް!
"ވާނުވާ" ރިވިއު ކުރުމުގެ މައްސަލަ ސުޕްރީމް ކޯޓަށް
ސިއްރުން ހެކިބަސް ނެގޭނެ: ސުޕްރީމް ކޯޓު
ސިއްރު ހެކީގެ މައްސަލަ: ގިނަ ސުވާލުތައް ދައުލަތަށް
ޖިނާއީ ޝަރީއަތާ ބެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފި
ނަޒާހާއަށް ސުޕްރީމް ކޯޓުން ވެސް ނާކާމިޔާބު
"ވާނުވާގައި" އަދިވެސް އޮތީ ވާހަކަ، ނެތީ ހައްލެއް!