Roadha Mihaaru
ވަކިވަކި ސިފައިން މަޖިިލީހަށް ޖަވާބުދާރީ ނުކުރެވޭނެ:ދީދީ

ވަކިވަކި ސިފައިން މަޖިިލީހަށް ޖަވާބުދާރީއެއް ނުކުރެވޭނެ: ދީދީ

04 ޖޫން 2021

ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ގެންގޮސް، ތަހުގީގު ނުހިންގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު އަދި ސިފައިންގެ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ގެންގޮސް، ތަހުގީގު ނުހިންގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު އަދި ސިފައިންގެ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގާ ތަހުގީގަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުވާނެ ކަމަށް އެމްއެންޑީއެފުން ބުނުމުން އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ގެންދަވަނީ އެކަމަށް ފާޑު ވިދާޅުވަމުންނެވެ. އަދި މަޖިލީހުުގެ ރައީސް ނަޝީދު ވެސް ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.

ކުރިން އެމްއެންޑީއެފްގައި މަސައްކަތް ކުރެއްވި ކުރީގެ ބްރިގޭޑިއާ ޖެނެރަލް ދީދީ ކުރެއްވި ޓްވީޓެއްގައި ވަނީ ސިފައިންގެ ގާނޫނު އޮންނަ ގޮތުން ސިފައިންނާ ގުޅޭ ކަންކަމުގައި މަޖިލީހަށް ޖަވާބުދާރީވާނީ ޑިފެންސް މިނިސްޓަރު ކަމަށެވެ. އަދި މަޖިލީހަށް މީހުން ހާޒިރު ކުރުމުގެ ބާރު ގާނޫނު އަސާސީގެ ދަށުން ލިބިފައި އޮތަސް، އެ ބާރަކީ ވަކިވަކި ސިފައިން މަޖިލީހަށް ގެންގޮސް ތަހުގީގު ހިންގުމުގެ ބާރު އޮތުން ނޫން ކަމަށާއި އެ ޒިންމާ އޮތީ ޑިފެންސް މިނިސްޓަރަށް އެކަނި ކަމަށް ދީދީގެ ޓްވީޓްގައިވެ އެވެ.

"ސިފައިންގެ ގާނޫނުގެ 10 ވަނަ މާއްދާގައި އެ ތަކްލީފް އެ ވަނީ މިނިސްޓަރަށް މަތިކޮށްފައި،" ސިފައިންގޭގައި 22 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން މަސައްކަތް ކުރެއްވި ދީދީ ވިދާޅުވި އެވެ.

ކުރީގެ ބްރިގޭޑިއާ ޖެނެރަލް ޑީޑީގެ ޓުވީޓް

ވަކިވަކި ސިފައިން މަޖިލީހަށް ގެންގޮސް، ޖަވާބުދާރީ ކުރުވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނެރެފައިވާ އިސްތިޝާރީ ލަފައެއްގައިިވެ އެވެ.

ނަޝީދަށް އަމާޒުކޮށް އެފަދަ ހަމަލާއެއް ރާވަމުންދާ ކަމުގެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް މަޖިލީހުގެ މެމްބަރަކު ކުރިން އޮތީ ދެއްވައިފަ އެވެ. ނަމަވެސް ފުލުހުން ބުނާގޮތުން އެފަދަ މައުލޫމާތެއް ފުލުހުންނާ ހިއްސާ ކޮށްފައެއް ނުވެ އެވެ. އެހެންވެ، އިންޓެލިޖެންސް މައުލޫމާތު ބަދަލު ކުރާ ގޮތުގެ އޮޑިޓެއް ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރު ވަނީ އަންގަވައިފަ އެވެ.

ނަޝީދަށް އަމާޒުކުރި ހަމަލާއާ ގުޅިގެން ހަ މީހަކު ހައްޔަރު ކޮށްފައިވާއިރު، އެ މީހުންގެ މައްޗަށް ތަހުގީގު މިހާރު ދަނީ ހިންގަމުންނެވެ.