އިންޑިއާގެ ސަރުކާރުން ރާއްޖެ އަށް ދީފައިވާ ހެލިކޮޕްޓަރުތަކުގައި ތިބި އެ ގައުމުގެ ސިފައިން ދިވެހި އަސްކަރިއްޔާ އަށް ނޭނގި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުަވސްވަރު ފްލައިޓެއް އަޅާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
11 މެއި 2024
އިންޑިއާގެ ސަރުކާރުން ރާއްޖެ އަށް ދީފައިވާ ހެލިކޮޕްޓަރުތަކުގައި ތިބި އެ ގައުމުގެ ސިފައިން ދިވެހި އަސްކަރިއްޔާ އަށް ނޭނގި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުަވސްވަރު ފްލައިޓެއް އަޅާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
އެ ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަމުން އައި އިންޑިއާގެ ހުރިހާ ސިފައިން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖެ އިން ފޮނުވާލާފައިވާތީ، އެކަމާ ގުޅޭ މައުލޫމާތު ނޫސްވެރިންނަށް ދިނުމަށް ބޭއްވި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވި ގޮތުގައި ހެލިކޮޕްޓަރުގެ މައްސަލަތައް މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބެލި އިރު ސިފައިންނަށް ނޭނގި ފްލައިޓެއް އަޅާފައިވާ މައްސަލަ ފެންމަތިވި އެވެ.
އޭރު އޭނާއަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރެކެވެ.
"އަޅުގަނޑު ރައްޔިތުންގެ މަޖިލިހުގައި މަސައްކަތް ކުރި މިދިޔަ ފަސް އަހަރުގެ ތެރޭގައި 241 ކޮމިޓީން އޮންނާނެ ބަލާފައި ދިވެހިންގެ ހުއްދަ ނެތި ފްލައިޓެއް އަޅާފައި އޮތް ކަން. ދިވެހިންގެ ހުއްދަ ނެތި ހެލިކޮޕްޓަރެއް އޭރު އޮތީ ދުއްވާފައި. އެއީ ތިމަރަފުއްޓަށް ލޭންޑްކުރި އިންސިޑެންޓެއް،" އެކަމަކު، މި ސަރުކާރުގައި ރާއްޖޭގެ ކޮމާންޑިން ކޮންޓްރޯލުން ބޭރުން ދަތުރެއް ނުކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވަމުން ޣައްސާން ވިދާޅިވި އެވެ.
ޑިފެންސް މިނިސްޓަރު ޣައްސާން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
އެކަމުގެ ތަފްސީލް ދެއްވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ވިދާޅުވީ އިންޑިއާ ސިފައިން ހެލިކޮޕްޓަރު ޖެއްސީ ތިމަރަފުށީ އެއާޕޯޓަށް ކަމަށެވެ.
އެ މައްސަލާގައި އެމްއެންޑީއެފްގެ ހުއްދަ ނެތި ހެލިކޮޕްޓަރާއި ޑޯނިއާ ނުއުދުއްސޭނެ ކަން އިންޑިއާގެ ސިފައިންނަށް އެންގި ކަމަށް ވެސް ހިލްމީ ވިދާޅުވި އެވެ.
"ހެލިކޮޕްޓަރު ޑޯނިއާ ވެސް އުދުއްސޭނީ [ދިވެހި] އަސްކަރިއްޔާގެ ހުއްދަ ލިބިގެން ކަމަށް އެ ފަރާތަށް އެންގުނު،" ހިލްމީ ވިދާޅުވި އެވެ.
އެ ހާދިސާ ހިނގީ ކޮން އިރަކު ކަމެއް ހިލްމީ ވިދާޅެއް ނުވެ އެވެ. އެ މައްސަލާގައި ސަރުކާރުން އެޅި ފިޔަވަޅެއް ވެސް ހާމައެއް ނުކުރެ އެވެ.
އަޅުގަނޑު ރައްޔިތުންގެ މަޖިލިހުގައި މަސައްކަތް ކުރި މިދިޔަ ފަސް އަހަރުގެ ތެރޭގައި 241 ކޮމިޓީން އޮންނާނެ ބަލާފައި ދިވެހިންގެ ހުއްދަ ނެތި ފްލައިޓެއް އަޅާފައި އޮތް ކަން. ދިވެހިންގެ ހުއްދަ ނެތި ހެލިކޮޕްޓަރެއް އޭރު އޮތީ ދުއްވާފައި.--- ޣައްސާން
ހެލިކޮޕްޓަރުތައް އެމްއެންޑީއެފްގެ ހުއްދަ ނެތި ފްލައިޓުތައް އަޅާ ކަމުގެ ތުހުމަތު އޭރު ވެސް ވަރަށް ބޮޑަށް އޮތެވެ. ނަމަވެސް އޭރު އެމްއެންޑީއެފްގެ ވެރިންނާއި ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ އެ ހެލިކޮޕްޓަރުތަކަށް އެމްއެންޑީއެފްގެ ފުރިހަމަ ކޮމާންޑް އޮންނަ ކަމަށެވެ.
މި ސަރުކާރުން ވަނީ ހެލިކޮޕްޓަރުތައް އިޕަރޭޓް ކުރަމުން އައި އިންޑިއާގެ އަސްކަރިއްޔާގެ 76 އޮފިސަރެއް ފޮނުވާލުމަށް ފަހު ހެލިކޮޕްޓަރު އުފެއްދި ކުންފުނީގެ މީހުން އެ މަސައްކަތާ ހަވާލުވުމަށް ގެނެސްފަ އެވެ.
އެއާ އެކު އެ އުޅަނދުތަކުގެ ފުރިހަމަ ކޮމާންޑް އެންޑް ކޮންޓްރޯލް ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފަށް ލިބިފައިވާ ކަމަށް ޣައްސާން ވިދާޅުވި އެވެ.
"ސެނަހިޔާގައި ތިބޭ ޑޮކްޓަރުންގެ އަސްކަރީ ރޯލެއް ނެތް"
އުޅަނދުތައް ދުއްވަން އިންޑިއާ ސިވިލިއަނުން ރާއްޖެއަށް!
އިންޑިއާ އައުޓް: މާރިޔާގެ ހަމަލާތައް ޔާމީނަށް!
އުތުރު ތިލަފަޅުގެ އެއްބަސްވުން ހޯދަން މަޖިލީހުން އެދެނީ
މިނިސްޓަރު މާރިޔާ ވެސް މަޖިލިހަށް ހާޒިރު ކުރަނީ
ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވުމުން މާރިޔާ ހޫނު ފެނަށް
ސިއްރު އެއްބަސްވުމެއްގައި ސޮއެއް ނުކުރަން: މާރިޔާ
ޑޯނިއާ ދުއްވޭނެ ސިފައިންގެ ޕައިލެޓެއް ނެތް: ޑިފެންސް
ސިވިލިއަނުން ގެންނަނީ އިންޑިއާ ސިފައިން ތިބި އަދަދަށް
ބޮޑު ހަތިޔާރު ނަގައިގެން ބޯޑަރު ނުބެލެހެއްޓޭނެ: އީވާ