Roadha Mihaaru
އައްޑޫގައި 100،000 ރުއް އިންދުމުގެ ޕްރޮގްރާމެއް

އައްޑޫގައި 100،000 ރުއް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި

05 ޖޫން 2021

މިއަދު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން، އައްޑޫގައި 100،000 ރުއް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިއަދު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން، އައްޑޫގައި 100،000 ރުއް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

މިއީ އައްޑޫ ސިޓީ ކައުންސިލާއި އެންވަޔަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ އިތުރުން އައްޑޫ ނޭޗާ ޕާކް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިއަދު ހެނދުނު، ހިތަދޫގައި ހުންނަ ނަ އައްޑޫ ނޭޗާ ޕާކްގައި ބޭއްވި ރަސްމިއްޔާތެއްގައި ހުރިހާ ކައުންސިލަރުންނާ ބައިވެރިވެ ރުއް އިންދުމާ އެކު އައްޑޫގެ ނާސަރީގައި ވެސް ގަސް އިންދާފައިވެ އެވެ.

އައްޑޫގައި 100،000 ރުއް އިންދަން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ހުރިހާ އަވަށެއްގައި ވެސް ރުއް އިންދަން ހަމަޖެހިފައިވެ އެވެ.

މީގެ ކުރިން 2019 ގައި ވެސް އައްޑޫގައި ރުއް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔަ އެވެ. އެއީ މިހާރުގެ ސިޓީ ސްކެއާ ސަރަހައްދު ތަރައްގީކުރަން އެތަނުން ނެގި ރުއްތަކުގެ ބަދަލުގަ އެވެ. އަދި ފޭދޫގެ ހިއްކި ބިމުގައި ވެސް ރުއް އިންދުމުގެ ޕްރޮގްރާމެއް ކުރިން ކުރިއަށް ގެންގޮސްފައިވެ އެވެ.