ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރާ ބިމުގެ ސަރަހައްދަށް 853،937 އަކަފޫޓު އިތުރުކުރަން ޕްލޭނިން މިނިސްޓްރީން ހުށަހަޅައިފި އެވެ.
07 ޖޫން 2021
ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރާ ބިމުގެ ސަރަހައްދަށް 853،937 އަކަފޫޓު އިތުރުކުރަން ޕްލޭނިން މިނިސްޓްރީން ހުށަހަޅައިފި އެވެ.
އެ މިނިސްޓްރީން މިދިޔަ މާޗު މަހު ފޮނުވި ސިޓީއެއްގައި ބުނީ، އެއާޕޯޓު ތަރައްގީކުރަން ބޭނުންވާ ބިމުގެ ތެރެއިން އެމްއެންޑީއެފްގެ ނޯދާން އޭރިޔާ ހެޑްކުއާޓާސް އަޅާނެ ބިން ވެސް އެ ސަރަހައްދުގެ ތެރެއިން ކަނޑައަޅަން ކަމާބެހޭ އިދާރާތަކުން ނިންމާފައިވާ ކަމަށެވެ. އެހެންވެ، އެ ލޭންޑް ޔޫސް ޕްލޭނާ މެދު ހަނިމާދޫ ކައުންސިލަށް ފެންނަ ގޮތެއް އަންގައި ދިނުމަށް، މާޗު 23 ގައި ފޮނުވި ސިޓީގައި އެދިފައި ވެ އެވެ.
"ނަމަވެސް ދަންނަވަމެވެ. އެއާޕޯޓު އެކްސްޓެންޝަނަށް ޒޯން ކޮށްފައިވާ ބިމުގެ ތެރެއަށް ރަށުގެ ޕިކްނިކް ސަރަހައްދު ގޮތުގައި ފާހަގަކުރެވިފައިވާ ބިން ހިމެނޭކަން ފާހަގަކުރެވިފައިވާތީ މި ބިން ރަށުގެ އެހެން ސަރަހައްދަކުން ފާހަގަކުރުމަށް ފަހު ރަށުގެ ލޭންޑު ޔޫސް ޕްލޭނުގައި ހިމެނުމަށް ފަހު މި މިނިސްޓްރީއަށް ހުށަހެޅުމަށް ދަންނަވަމެވެ،" އެސިސްޓެންޓް ޑިރެކްޓަރު ނިހާޒާ އަނީސް ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ވެ އެވެ.
އެ ސިޓީއާ ގުޅޭގޮތުން ހަނިމާދޫގެ އޭރުގެ ކައުންސިލުން އޮތީ ޖަވާބު ފޮނުވައިފަ އެވެ.
އެ ޖަވާބުގައި ބުނީ، ވަގުތީ ކައުންސިލަކަށް ވުމުން ބިމާ ގުޅޭގޮތުން ގޮތެއް ނިންމުމުގެ ބާރެއް ނެތް ކަމަށެވެ. އޭގެ ފަހުން ވެސް ޕްލޭނިން މިނިސްޓްރީން ވަނީ އެއާޕޯޓު އެކްސްޓެންޝަނާ ގުޅޭ ސިޓީއެއް ފޮނުވައިފަ އެވެ. އެކަމާ ގުޅޭގޮތުން ކައުންސިލުން ދިން ޖަވާބެއް ނޭނގެ އެވެ.
ކައުންސިލްގެ ރައީސްކަމާ މިދިޔަ މަހުގެ 17 ގައި ހަވާލުވެވަޑައިގެންނެވި އަބްދުއްސައްތާރު ހަސަން މިއަދު ވިދާޅުވީ މަސައްކަތަށް ހުރަސް އެޅޭތީ އެއާޕޯޓު ބިމާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރެވެން ނެތް ކަމަށެވެ.
ނަމަވެސް ބިން އިތުރުކުރުމާ ގުޅޭގޮތުން ގޮތެއް ނިންމަން ކައުންސިލުން މިދިޔަ ބުދަ ދުވަހު ބައްދަލުވުމެއް ބޭއްވިކަން އެނގިފައި ވެ އެވެ. އެ ބައްދަލުވުމުގައި ނިންމީ، ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ފަހު ޕްލޭނިން މިނިސްޓްރީގެ ސިޓީ އަށް ޖަވާބު ދިނުމަށެވެ.
އިންޑިއާގެ އެހީގައި އެއާޕޯޓު ތަރައްގީކުރަން ނިންމުމުން އިދިކޮޅު ކޯލިޝަނުން މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ އެކި ނަންނަމުގައި މި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ބޭނުމަކީ ބޭރުގެ ސިފައިން ރާއްޖޭގައި ވަޒަންވެރިކުރުވުމުގެ މަސައްކަތް ކަމަށެވެ. ރަށަކުން 400 ގޯތިދެވޭ ވަރުގެ ބޮޑު ބިމެއް ހަމަޖެއްސުމުގައި ބޮޑެތި ކަންބޮޑުވުންތައް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.
"މުސްތަގުބަލުގައި ގޯތި ދެވި، ރަށުގެ ރައްޔިތުންނަށް ބޭނުންކުރެވޭނެ ސަރަހައްދެއް އެއީ،" ހަނިމާދޫން ބޮޑު ސަރަހައްދެއް ދޫކުރަން ނިންމި މައްސަލައިގައި ޝިޔާމް ވިދާޅުވި އެވެ.
ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމަށް އަންނަ މަހު އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފައި ވެ އެވެ. އެ ކޮމިޝަނުން މިދިޔަ މަހު އާންމުކުރު ލިޔުމުގައި ބުނީ މި ޕްރޮޖެކްޓްގެ މިހާރު ކުރިއަށް ގެންދަނީ ޕްރީ-ކޮލިފިކޭޝަން މަރުހަލާގެ މަސައްކަތެވެ. އެ މަރުހަލާގައި މި ފަދަ މަޝްރޫއުއެއް ފުރިހަމަކުރުމުގެ ތަޖުރިބާ އާއި ޓެކްނިކަލް ގާބިލްކަމާއި މާލީ ތަނަވަސްކަން ލިބިފައިވާ އިންޑިއާގެ ކުންފުނިތަކުން ބައިވެރިވާ ކަމަށް ބުންޏެވެ.
ހަވާ އާއި ޖާފަތާއެކު ހަނިމާދޫ އެއާޕޯޓް މިރޭ ހުޅުވަނީ
ހަނިމާދޫގައި ބޭރުގައުމެއްގެ ސިފައިންނެއް ނުތިބޭނެ:ރައީސް
ހަނިމާދުއަށް ވައިގެ ދަތުރު އިތުރުކުރަން މަޝްވަރާކޮށްފި
"ހަނިމާދޫ އެއާޕޯޓަކީ ގުޅުމަށް ލިބުނު ކުރިއެރުމެއް"
ހަނިމާދޫ އެއާޕޯޓުގެ ނިމުނީ 72 ޕަސެންޓް: ޝަރީފް
"ހަނިމާދޫ އެއާޕޯޓުގެ ތަރައްގީއަކީ ރަނުގެ ފުރުސަތެއް"
ހަނިމާދޫ އެއާޕޯޓް ހުޅުވަން މޯދީގެ ހާއްސަ މަންދޫބެއް
"ހަނިމާދޫ އެއާޕޯޓަށް ފައިދާ އޮތީ ބަޔަކަށް ދޫކޮށްގެން"
ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއު ރަސްމީކޮށް ފަށަނީ
ޑިސެމްބަރުގައި ބްރިޖުމަތިން ވިލިމާލެއަށް ދެވޭނެ